Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުރީގެ ރައީސް ޔާމީނާއި ރައީސް ޑރ. މުއިއްޒު

ތިޔަހެން ނުހައްދަވާށޭ އިނގޭތޯ ވެރީ ސޮރީ!

ޔާމީނު އެދިވަޑައިގަތް ކަންތައްތަކަށް ސަރުކާރުން ޖެހީ ނޯ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2023 | އާދީއްތަ 04:35
ކުރީގެ ރައީސް ޔާމީނާއި ރައީސް ޑރ. މުއިއްޒު

ކުރީގެ ރައީސް ޔާމީނާއި ރައީސް ޑރ. މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ދެމެދު އޮތް ގާތް ގުޅުމަށް ވީ ގޮތަކީ ކޮންމެ މީހަކަށް ވެސް އިބުރަތެއްކަން ޔަޤީނެވެ. ކިތަންމެ ގާތް މީހަކަށް ވެސް އިތުބާރު ކުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަން އެ ގުޅުމުން ދޭހަވާ ކަހަލައެވެ. ޔާމީން ދޫކޮށްލައްވާނެ ކަމުގެ ދޮގު ވައުދުތައް ރައީސް މުއިއްޒު ވެވަޑައިގެންނެވިއެވެ. ސިޔާސީ ގޮތުން ބާރުވެރިކަން ލިބުނުހާ އަވަހަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވާނެކަމަށް އޭރު ރައީސް މުއިއްޒު ވިދާޅުވިއެވެ. ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވައުދު ވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް އެކަން އެގޮތަކަށް ނުވިއެވެ. އެކަމަކު އެދުވަހެއް ނައެވެ.

ވެރިކަމަށް މަހެއްވެގެން ދިޔައީއެވެ. ރައީސް ޔާމީން އަދިވެސް ހުންނެވީ ޖަލު ބަންދުގައެވެ. މިިނިވަނެއް ނުވެއެވެ. ރައީސް މުއިއްޒުމެން ކުރިން ވިދާޅުވިފަދައިން އެމަނިކުފާނު ހުންނެވީ "ބޮޑު ހަރާން ހުކުމެއް" ގައެވެ. އެ ހުކުމުގައި އެމަނިކުފާނު ހުންނެވިއިރުވެސް އެކުވެރި ޔާމީން އެދިވަޑައިގަންނަވާ ކަންތައްތަކަށް މި ސަރުކާރުން ޖަހަނީ "ނޯ" އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުގެ ހުއްދައަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގައި އެދިވަޑައިގެންނެވިކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވިއެވެ. ޔާމީނުގެ ވަކީލު އާދަމް ޝަމީމް ވިދާޅުވީ، ކަރެކްޝަންސްއިން ޔާމީނާއެކު ވެފައިވާ އިޤުރާރުގައި މަނާކޮށްފައިވަނީ ހަމައެކަނި ޓީވީ ސްޓޭޝަންތަކަށް ވަޑައިގެން ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. ނަމަވެސް ފަހުން ހުއްދައަށް އެދިވަޑައިގެންފައިވަނީ ޔާމީނުގެ ގެކޮޅަށް ނުވަތަ އޮފީހަށް ނޫސްވެރިއަކު ގޮސް ދަންނަވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށާއި، ބަސްދީގަތުން ދެއްވުމަށްކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އެ ހުއްދަ ކަރެކްޝަންސްއިން ދީފައެއް ނުވެއެވެ. ޔާމީނުގެ ފަރާތުން ދެވަނަ ކަމަކަށް އެދިވަޑައިގެންނެވީ އެމަނިކުފާނާ ބައްދަލު ކުރަން އެދޭ މީހުންނާ އަމިއްލަ ގެކޮޅުން ބައްދަލު ކުރެއްވުމަކީ އެންމެ ފަސޭހަ ގޮތްކަމަށް ނުވާނެތީ، އެފަދަ މީހުންނާ އެމަނިކުފާނު ނިސްބަތްވާ ޕާޓީ އޮފީހުގައި ބައްދަލު ކުރެއްވުމުގެ ހުއްދައަކަށެވެ. ނަމަވެސް އެކަމަށްވެސް ކަރެކްޝަންސްއިން ހުއްދަ ދީފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ، މިހާރު ދީފައިވާ ލުއިތަށް ދިން ގޮތަށް، މި ލުއިތަށް ދިނުމަކަށް ވެސް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ރައީސް ޔާމީނަކީ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމުގެ ކުރިންވެސް ވަރަށް ބަލައިގަންނަ ޝަހްސިއްޔަތެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެހެން ޕާޓީއެއްގައި ހުންނަވައިގެން ވެސް އެމަނިކުފާނު ވިދާޅުވި ހުރިހާ މަސައްކަތެއް ކުރައްވާފައިވާނެ ކަމަށާއި އެފަދައިން މަސައްކަތް ކުރެއްވީ ޔާމީނާމެދު ހިތްޕުޅުގައި އޮތް ލޯތްބާއި ގަދަރުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. މިއަދު އެ ލޯބި ކޮބައިތޯއެވެ. އާރާ ބާރު ލިބިވަޑައިގެންނެމުން އެ ލޯބި ހިތުން ފަނޑުވެގެންދިޔައީތޯއެވެ. ލޯބީގެ މުއްދަތު ހަމަވީތޯއެވެ.

ރައީސް މުއިއްޒު ވިދާޅުވި ހަނދާނެއް ވެއެވެ. އެންމެ ބޮޑަށް އެދިވަޑައިގަންނަވަނީ ޔާމީނަށް އިންސާފު ލިބުން ކަމަށާއި އެމަނިކުފާނު މިނިވަންވުމަށް ދުޢާ ކުރައްވާނެ ކަމަށެވެ. މިހާރު ރައީސް މުއިއްޒުގެ ވާހަކަފުޅުތަކުން ރައީސް ޔާމީންގެ ނަން ފޮހެލެއްވީއެވެ. ރައީސް ޔާމީނަށް ދެއްކެވީ ފޮނި ހުވަފެންފުޅުތަކެވެ. ކަންތައްތައް ވެގެން މިދިޔައީ ރައީސް މުއިއްޒު ވިދާޅުވި ގޮތާއި ޚިލާފަށެވެ. ރައީސް ޔާމީނަށް ޖެހިވަޑައިގެންނެވީ އެންމެފަހުން އަމިއްލަފުޅު ޕާޓީ ވެސް ދޫކޮށް ވަޑައިގަންނަވާށެވެ. ރައީސް މުއިއްޒަށް އެމަނިކުފާނު އިތުބާރު ކުރެއްވީ އެއްވެސް ހާލެއްގައި މި ދުވަސް ފެނިދާނެ ކަމަށް އުންމީދު ކުރައްވައިގެނެއް ނޫނެވެ. އެކަމަކު މިއަދު މި އޮތީ އެ ހަޤީޤަތާއި އެމަނިކުފާނަށް ކުރިމަތިލައްވަން ޖެހިފައެވެ. ވެރިކަން ލިބިވަޑައިގަތުމާއެކު ޑރ. މުއިއްޒު، ރައީސް ޔާމީން މަތިން ހަނދުމަފުޅު ނެތުނީއެވެ. ވި ވައުދާއި ކުރި އަހުދުތައް ވެސް ހަނދާން ނެތުނީއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައީސް ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު