Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓިއަރިން ކޮމިޓީ

ރައީސް ޔާމީންގެ އިރުޝާދަށް ސްޓިއަރިން ކޮމިޓީއަކުން ޕީޕީއެމް ހިންގުމާ ހަވާލުވެއްޖެ

22 ނޮވެމްބަރު 2023 | ބުދަ 02:57

ރައީސް ޔާމީން 13 ފޯކަލް ޕޮއިންޓަކަށް 13 ބޭފުޅަކު ހަމަޖައްސަވާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 ނޮވެމްބަރު 2023 | ބުދަ 02:57
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމު އެކުލަަވާލެއްވި ސްޓިއަރިން ކޮމިޓީއަކުން ޕީޕީއެމްގެ ހިންގުމާ ހަވާލުވެއްޖެއެވެ.

އެ ކޮމިޓީން ޕާޓީ ހިންގުމާ ހަވާލުވެ އަންގާރަ ދުވަހުގެ ރޭ ވަނީ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ޕާޓީ އޮފީހުގައި ބާއްވައިފައެެވެ. އެ ބައްދަލުވުމުގައި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލާއި، ކުރީގެ ކަސްޓަމްސް ކޮމިޝަނާ ޖެނެރަލް އައްބާސް އާދިލް ރިޒާގެ އިތުރުން އެ ޕާޓީގެ ސެެނެޓުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު ވިދާޅުވީ ޕާޓީއަށް މެންބަރުން އިތުރުކުރުމާއި އެހެން މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ރައީސް ޔާމީން 13 ފޯކަލް ޕޮއިންޓަކަށް 13 ބޭފުޅަކު ހަމަޖައްސަވާފައިވާ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުން ކުއްލިގޮތަކަށް ބާއްވާފައިވާއިރު ނޫސްވެރިންގެ ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ނޫސްވެރިން ހިމެނޭ ޕީޕިއެމްގެ ގްރޫޕުގައި ހިއްސާކޮށްފައެއް ނުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްބާސް ވަނީ ހީނާ ވަލީދު ސްޕޯކްސްޕާސަން ކަމުން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެފައެވެ. އަދި ދުވަހުން ދުވަހަށް ޕާޓީ ހިންގުމުގެ ކަންތައްތަކުގައި އުޅުއްވުމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް  އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެކަން ރައީސް ޔާމީނަށް އަންގަވައިފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

ނަމަވެސް އައްބާސްގެ އެ ވާހަކަތައް ހީނާ އާއި ތޮލާލް ވަނީ ދޮގުކުރައްވާފައެވެ. މިފަދަ ކަމެއް ފެންމަތިވެފައިވާއިރު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ އަލަށް ގުޅޭ މެމްބަރުންގެ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތަށް އެ ޕާޓީގެ ވަގުތީ އޮފީހެއް ވެސް ވަނީ ޤާއިމުކޮށްފައެވެ. ޕީއެންސީ އުފެދުނީއްސުރެ އެ ޕާޓީގެ އިދާރީ ހުރިހާ މަސައްކަތެއް ކުރަމުން އައީ ޕީޕީއެމްގެ އޮފީހުގައެވެ.

ޕީޕީއެމް އާއި ޕީއެންސީއާ ދެމެދުގައި ދެބަސްވުންތަކެއް އުފެދިފައިވާ ކަމަށް އަޑު ފެތުރިފައި ވީނަމަވެސް މިހާތަނަށް ވެސް ދެ ޕާޓީގެ ލީޑަރޝިޕުން އެ ކަހަލަ ވާހަކައެއް ހާމައެއް ނުކުރެއެވެ.

ޕީޕީއެމްރައީސް ޔާމީން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
19 ސެޕްޓެމްބަރު 2025

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން
13 ސެޕްޓެމްބަރު 2025

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ
21 އޯގަސްޓު 2025

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

21 އޯގަސްޓު 2025
މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!
18 ޖުލައި 2025

ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟

18 ޖުލައި 2025
ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟
17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
17 ޖުލައި 2025

ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު

17 ޖުލައި 2025
ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު
01 ޖުލައި 2025

ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި

01 ޖުލައި 2025
ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި
25 ޖޫން 2025

ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރުން: މިއީ ކައުލްސިލްގެ އަގު ވައްޓާލާ އެމްޑީޕީގެ ކައުންސިލަރުންގެ ބާރު ކަނޑުވާލަން ޕީއެންސީން ކުރިކަމެއް - އެމްޑީޕީ

25 ޖޫން 2025
ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރުން: މިއީ ކައުލްސިލްގެ އަގު ވައްޓާލާ އެމްޑީޕީގެ ކައުންސިލަރުންގެ ބާރު ކަނޑުވާލަން  ޕީއެންސީން ކުރިކަމެއް - އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް