Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަރީފް ޔާމީނަށް ރައްދުދެއްވުން

އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތުނުދީ މަސައްކަތްކުރީ ޔާމީންގެ ހައްގުގައި ކަމަށް ވިދާޅުވެ އާދަމް ޝަރީފް ޔާމީނަށް ރައްދުދެއްވައިފި

ޔާމީން ޖަލަށް ލާފައި ހުރި ދުވަސްވަރު ޕީޕީއެމް/ޕީއެންސީން މުޒާހަރާ ރޭވުމާއި ސަޕޯޓަރުން ކުރި ހުރިހާ މުޒާހަރާތަކެއްގައި ބައިވެރިވެ ވަޑައިގެންނެވިކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 އޮކްޓޯބަރު 2023 | ހުކުރު 00:18
މަޑުއްވަރީގެ ދާއިރާގެ މެމްބަރ އަދި ޔާމީން ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް

މަޑުއްވަރީގެ ދާއިރާގެ މެމްބަރ އަދި ޔާމީން ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް

އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތުނުދީ ކުރެވެން ހުރި ހުރިހާ މަސައްކަތެއްކުރެއްވީ މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ކަމަށް ވިދާޅުވެ، ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައްދު ދެއްވައިފިއެވެ.

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، މިހާރު ގެއަށް ބަދަލުކޮށްފައިވާ ޔާމީނަށް ފަރިވަޅުއެރުވުމަށް ދިޔަ ސަޕޯޓަރުންނާއި ކުޑަދޮރުކައިރީގައި ހުންނަވައިގެން ވާހަކަފުޅުފައްކަވަމުން ޔާމީން ވިދާޅުވީ މިހާރުވެސް ފެނިގެން މިދަނީ އެތައް މަސައްކަތެއް ކުރުމަށްފަހުގައި، ގޭގައި ހުންނަންޖެހުނީމަ ނޫނިއްޔާ ޖަލަށްލީމަ އާދައިގެ އާންމު ރައްޔިތުންތަކެއް، އެމަނިކުފާނު ދެކެ ލޯބިވާ ރައްޔިތުންތަކެއް ނުކުންނަތަން ކަމަށެވެ. ނަމަވެސް ބޮޑެތި ގޮނޑިތަކުގައި ތިއްބެވި ބޭފުޅުންނަށް އެ ފަސޭހަތަކެއް ލިބިގެންދިޔައީ ރައީސް ޔާމީނާއި ޓީމް ކުރެއްވި މަސައްކަތުން ކަމަށެވެ. އަދި އެމަނިކުފާނާއި ސަޕޯޓަރުންގެ މަސައްކަތުން ފިނިކޮޓަރީގައި އިންނަން ފުރުސަތު ލިބުމުން ކަންކަން މަތިން ހަނދާންނެތޭކަމަށް ވިދާޅުވިއެވެ.

ޔާމީންގެ މިވާހަކަތަކަށް ރައްދުދެއްވާ ޕީއެންސީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ދެ ވޯޓުގެ ތަފާތަކުން ނާކާމިޔާބުވެ ވަޑައިގެންނެވި އާދަމް ޝަރީފް ވިދާޅުވީ ޔާމީން ޖަލަށް ލާފައި ހުރި ދުވަސްވަރު ޕީޕީއެމް/ޕީއެންސީން މުޒާހަރާ ރޭވުމާއި ސަޕޯޓަރުން ކުރި ހުރިހާ މުޒާހަރާތަކެއްގައި ބައިވެރިވެ ވަޑައިގެންނެވިކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން ފުލުހުން ބަންދުކުރިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ޝަރީފް ވިދާޅުވީ އެހިތްވަރު އަދިވެސް ހުންނާނެކަމަށެވެ.

ޔާމީން ވިދާޅުވީ މަޖިލީހަށް ނުކުމެވަޑައިގެން، ކެމްޕޭނަށް ވަޑައިގަންނަވާނީ ސަޕޯޓަރުން ކައިރިއަށް ކަމަށެވެ. ޓަކި ޖަހާނީ ސަޕޯޓަރުންގެ ގޭގޭގައި ކަމަށް، ގެކޮޅު ކައިރިއަށް ފަރިވަޅު ހިފައިގެން އައިސް ތިބި ސަޕޯޓަރުންނަށް އިޝާރާތްކުރައްވާ ވިދާޅުވިއެވެ.

ނަމަވެސް ސަޕޯޓަރުން މިއަދު މަގުމައްޗަށް ނުކުމެ ތިބީ އެމަނިކުފާނުގެ ހައްގުގައި ކަމަށާއި، މާލޭގެ ގޮނޑިތަކާއި ރަށްރަށުގެ ގޮނޑިތަކަށް ކުރިމަތިލައްވާ ބޭފުޅުންނާއި "އަޅުގަނޑުމެންގެ" ބޭފުޅުން ސަޕޯޓަރުން ކައިރިއަށް ވަޑައިގަންނަވާނެ ވޯޓު ހޯދަން ދާނެ ކަމަށެވެ. ޔާމީން ވިދާޅުވީ ނުކުމެ ތިބީ ގިނައިން ކަނބަލުން ކަމަށާއި، ތާއިދު ހޯދަން އަންނަ ފަރާތްތަކާއި ސަލާމްކުރައްވާ، ރައީސް ޔާމީންގެ ހައްގުގައި ތިމަންނަމެން ނުކުތީ މައިންބަފައިންނާއި ދަރިން އަދި ފިރިން ގޭގައި ދޫކޮށްލުމަށް ފަހު ކަމަށާއި މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން ތިއްބެވީ އެކިއެކި ފިނިކޮޓަރީގައި ކަމަށް ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ގެއަށް ބަދަލުކުރުމާއި ގުޅޭގޮތުން އިންތިޚާބީ ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިއީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށާއި، މިވަގުތަކީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށެވެ. އަދި ޔާމީން ގެއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމެވީ ގައުމުގެ މަސްލަހަތަށް ބައްލަވާފައި ކަމަށް އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ ޔާމީން ގެކޮޅަށް ބަދަލު ކުރަނީ ވަގުތީ ގޮތުން ކަމަށެވެ. އަދި އެ މަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގައި ކަމަށްވާތީ އަމަލު ކުރަމުން ގެންދާނީ ގައިދީންނާމެދު އަމަލު ކުރާ އުސޫލުގެ މަތިން ކަމަށެވެ.

ރައީސް ޔާމީންއާދަމް ޝަރީފު އުމަރު

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
05 ސެޕްޓެމްބަރު 2025

ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް

05 ސެޕްޓެމްބަރު 2025
ކައުންސިލު އިދާރާތައް އަޅަން އާރުސީސީ އާ ހަވާލު ކުރީ ބައި ބިލިއަނަށް ވުރެ ބޮޑު އަދަދަކަށް
07 އޯގަސްޓު 2025

ރައީސް މުއިއްޒު ކައުންސިލްތަކާއި ބައްދަލުކުރުމަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުން - އާދަމް ޝަރީފް

07 އޯގަސްޓު 2025
ރައީސް މުއިއްޒު ކައުންސިލްތަކާއި ބައްދަލުކުރުމަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުން - އާދަމް ޝަރީފް
12 ޖުލައި 2025

އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ އޯކިޑް ޕްލާޒާ ތަޅާލަނީ

12 ޖުލައި 2025
އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ އޯކިޑް ޕްލާޒާ ތަޅާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު