Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީންގެ ބަހުގެ ހަމަލާ

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

މުލީއާގެ މަރާމާތުގެ މަސައްކަތް ނިމެންދެން ދިމްޔާތުގައި ހުންނެވި އިރު ގޭގޭ ޚަރަދަށް މުއިއްޒު ސަރުކާރުން ފައިސާ ނެންގެވި ކަމަށް ޔާމީން ވިދާޅުވި

ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2024 | ހުކުރު 13:18
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު އަދި ކުރީގެ ރައީސް ޔާމީން

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު އަދި ކުރީގެ ރައީސް ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަސްކޮޅު މުލީއާގޭގެ އާބާތުރަ ފިލުވަން ހޭދަވި މުއްދަތުގައި އެމަނިކުފާނު ހުންނެވީ އަމިއްލަފުޅު ގެކޮޅު ދިމްޔާތުގައި ކަމަށާއި އެ މުއްދަތުގައި ދިމްޔާތަށް ސަރުކާރުން ކުލި ނެންގެވި ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

މުލީއާގޭގެ އާބާތުރަ ފިލުވާ ނިމެންދެން "ދިމްޔާތުގައި ހުންނެވި ހުންނެވުމަށް މުއިއްޒު ކްލެއިމް ކުރެއްވި،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ޖަލްސާގައި ހުކުރުވިލޭރޭ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ "މުއިއްޒު އަކީ އެވަރަށް ކްލެއިމް ކުރެއްވި ބޭފުޅެއް," ކަމަށެވެ.

"އެހެންވީމާ މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން،" ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދުތައް ބޮޑުވެ، ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ގޮތައް ދައުލަތުގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ އަންނަ އަހަރު ކުޑަކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވުމާ ގުޅޭ ގޮތުން ރައީސް ޔާމީންވަނީ އެކަމަށްވެސް ހުކުރުވިލޭރޭގެ ޖަލްސާގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ޔާމީން ފާހަގަ ކުރެއްވި ގޮތުގައި މި ސަރުކާރުގެ ކުރީކޮޅު ކޮންމެ ދުވަހަކު ދުވާލަކު ތިން ލައްކަ ރުފިޔާ ރައީސް އޮފީހުގެ ފަރީއްކުޅަށް ވަނީ ޚަރަދު ކޮށްފައެވެ.

"މިވަރުގެ ބަޔަކު އެންމެ ފައިސާ ފޮއްޗެއްވެސް ދޫކޮށްލާނެތޯ؟" ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ.

ދިމްޔާތުގައި ރައީސް ކަމުގައި ހުންނަވައިގެން ޑރ. މުއިއްޒު ހޭދަކުރެއްވި މުއްދަތައް ސޯޅަ މިލިއަން ރުފިޔާ ހޭދަކުރެއްވި ކަމަށް ގާނޫނީ ވަކީލު އާދަމް އާސިފް ހުކުރުވިލޭރޭގެ ޖަލްސާގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު