Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމިކްރޯން ވޭރިއަންޓްގެ ހާލަތު

ބޫސްޓަރ ޑޯޒް ޖެހުމުން އޮމިކްރޯން ވޭރިއަންޓް ޖެހިގެން އުމުރުން 50 އަހަރުން މަތީ މީހުން މަރުވުމުން 95 އިންސައްތަ ސަލާމަތްކޮށްދޭ

ކޮވިޑް-19 ވެކްސިންގެ ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖަހާތާ ހަމަސް ފަހުން އޮމިކްރޯން ވޭރިއަންޓް ޖެހިގެން މަރުވުމާ ހިސާބަށް ދިޔުމުން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް 60 އިންސައްތަ ރައްކާތެރިކަން ލިބިދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 ޖެނުއަރީ 2022 | ހުކުރު 01:05
އިނގިރޭސިވިލާތުގައި މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ

އިނގިރޭސިވިލާތުގައި މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ

ބޫސްޓަރ ޑޯޒް ޖެހުމުގެ ސަބަބުން އޮމިކްރޯން ވޭރިއަންޓް ޖެހިގެން އުމުރުން 50 އަހަރުން މަތީ މީހުން މަރުވުމާއި ހިސާބަށް ދިޔުން 95 އިންސައްތަ ސަލާމަތްކޮށްދޭކަމަށް އިނގިރޭސިވިލާތުގައި ކުރިޔަށްގެންދިޔަ ދިރާސާއަކުން ހާމަވެއްޖެއެވެ.

ޔޫކޭ ހެލްތު ސެކިޔުރިޓީ އެޖެންސީން ބުރާސްފަތި ދުވަހު ބުނެފައިވަނީ ކޮވިޑް-19 ވެކްސިންގެ ކޮންމެ ވައްތަރެއްގެ ވެކްސިނެއްގެވެސް ދެ ވަނަ ޑޯޒް ޖަހާތާ ހަމަސް ފަހުން އޮމިކްރޯން ވޭރިއަންޓް ޖެހިގެން މަރުވުމާ ހިސާބަށް ދިޔުމުން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް 60 އިންސައްތަ ރައްކާތެރިކަން ލިބިފައިވާކަމަށެވެ. ނަމަވެސް ބޫސްޓަރ ޑޯޒް ޖަހާތާ ދެހަފްތާ ފަހުން އެ މީހުންނަށް 95 އިންސައްތަ ރައްކާތެރިކަން ލިބިދޭކަމަށެވެ.

މީގެއިތުރުން ޔޫކޭ ހެލްތު ސެކިޔުރިޓީން ބުނެފައިވަނީ ބޫސްޓަރ ޑޯޒް ޖެހުމުން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުންވެސް ބޮޑުތަނުން ސަލާމަތްކޮށްދޭކަމަށެވެ.

ޔޫކޭ ހެލްތު ސެކިޔުރިޓީ އެޖެންސީގެ ހެޑް އޮފް އިމިޔުނިޒޭޝަން ޑރ މޭރީ ރެމްސޭ ވިދާޅުވީ ދިރާސާއިން އެނގުނުކަމަކީ ވެކްސިނުން ކޮވިޑް-19ން ވާ ގެއްލުން ކުޑަކޮށްދޭކަމެވެ. އަދި ބޫސްޓަރ ޑޯޒާއެކު އުމުރުން ދުވަސްވީ, މުޖުތަމައުގައި ތިބި ބަލި ކަށި މީހުންވެސް ހޮސްޕިޓަލުގައި އެޑްމިޓްކުރާ ހިސާބަށް ދިޔުމާއި ހާލަތު ގޯސްވެ މަރުވާ ހިސާބަށް ދިޔުމުން ސަލާމަތްކޮށްދޭކަމަށެވެ.

އޮމިކްރޯން ވޭރިއަންޓްކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު