Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން

ދާއިރާގެ ތަރައްޤީއަށް މަންމަ އާއި ބައްޕަ ވާދަކުރިއަސް އެމްޑީޕީ ކެންޑިޑޭޓަށް ވޯޓުދޭން ޤާސިމް ގޮވާލައްވައިފި

ރާޝިދު އަށް ވޯޓުދޭންވީ އެއީ އެމްޑީޕީ ކެންޑިޑޭޓަށް ވުމަކުން ނޫން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2022 | ބުރާސްފަތި 03:38
ޤާސިމް އިބްރާޙިމް ކޮމަންޑޫ ދާއިރާގެ ކެމްޕެއިންގައި މަރޮށީގައި ވާހަކަދައްކަވަނީ

ޤާސިމް އިބްރާޙިމް ކޮމަންޑޫ ދާއިރާގެ ކެމްޕެއިންގައި މަރޮށީގައި ވާހަކަދައްކަވަނީ

ދާއިރާގެ ތަރައްޤީ އާއި ކުރިއެރުމަށްޓަކައި މަންމަ އާއި ބައްޕަ ވާދަކުރިކަމުގައި ވީނަމަވެސް އެމްޑީޕީން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓަށް ވޯޓުލުމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ޤާސިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައިވަނީ އަންގާރަ ދުވަހުއެވެ. ކޮވިޑާއި ގުޅިގެން ގާތްގަނޑަށް ދެ އަހަރު ދުވަހު ވަންދެން އެކަހެރިވެވަޑައިގެން އުޅުއްވުމަށްފަހު ޖޭޕީގެ ވަފުދަކާއެކު ކޮމަންޑޫ ދާއިރާގައި ހިމެނޭ މަރޮއްޓަށް ވަޑައިގެން ޤާސިމް ވަނީ ކުރިޔަށް އޮތް ބައި އިލެކްޝަންގައި އެދާއިރާގެ ރައްޔިތުން އެމްޑީޕީ ކެންޑިޑޭޓަށް ވޯޓުދޭން ޖެހޭ ސަބަބުތައް ކިޔާދެއްވާފައެވެ. އެގޮތުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) ހޮވަންޖެހޭ މައިގަނޑު ސަބަބެއްކަމެއް ޤާސިމް ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތުމެވެ.

Advertisement - newsAdvertisement

ޤާސިމް ވިދާޅުވީ ރާޝިދު އަށް ވޯޓުދޭންވީ އެއީ އެމްޑީޕީ ކެންޑިޑޭޓަށް ވުމުން ނޫންކަމަށެވެ. އަދި އަނެއް ދެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭންވީ އެއީ ވަކި ޕާޓީއަކަށް އެ ދެކެންޑިޑޭޓުން ނިސްވާތީ ނޫންކަމަށެވެ. އަދި އެމްޑީޕީއަށް ވޯޓުދޭންޖެހެނީ މިހާރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ގޮނޑި ނެތިގެންވެސް ނޫންކަމަށެވެ. މިހާރުވެސް އެމްޑީޕީގެ 64 ގޮނޑި މަޖިލީހުގައި އޮތްކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ އެމްޑީޕީއަކީ މަޖިލީހުގައި މެޖޯރިޓީ ޕާޓީކަމަށެވެ.

ޤާސިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ރާޝިދުއަށް ވޯޓުދޭންޖެހެނީ ކުރިޔަށް އޮތް ދެ އަހަރުވެސް ދާއިރާގެ ރައްޔިތުންނަށް އަޅާލުމެއް، އިހުސާންތެރިކަމެއް ނުވަތަ ޕްރޮޖެކްޓެއް ހިނގާނީ ދިވެހި ސަރުކާރުގެ ރުހުމާއި ރައީސްގެ ލޯތްބާއި އިހުސާންތެރިކަން ރައްޔިތުންނަށް އޮވެގެން ކަމަށްވާތީކަމަށެވެ.

ޤާސިމް ވަނީ އެހެން ވިދާޅުވާ ސަބަބު އަމިއްލަފުޅު ތަޖުރިބާއިންވެސް ހިއްސާކޮށްދެއްވާފައެވެ. އެގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އަމިއްލަ ޚަރަދުގައި ދެ ކޮމަންޑޫ ގުޅުވާލައިދެއްވާނެކަމަށް ރައްޔިތުން އަރިހު ވިދާޅުވިކަމަށާއި އޭރުގެ ސަރުކާރުން ހުއްދަދީފިނަމަ އެކަން އަމިއްލަ ޚަރަދުގައި ކުރައްވާނެކަމަށް ރައްޔިތުން އަރިހު ވިދާޅުވިކަމަށް ޤާސިމް ވިދާޅުވިއެވެ. ނަމަވެސް އެމަޝްރޫޢަށް އޭރުގެ ސަރުކާރުގެ އާނ ބަސް ނުލިބުމުން އެކަން ނުވީކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ ދާއިރާއެއް ތަރައްޤީކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަށް ނޯންނަކަމަށާއި މެމްބަރަށް އެންމެ ބޮޑުވަރަކަށްވެސް ކުރެވޭނެ ކަމަކީ ކަމުގެ ޕްލޭން ސަރުކާރަށް ހުށަހެޅުންކަމަށެވެ.

ޤާސިމް ވިދާޅުވީ ފާއިތުވި 15 އަހަރު ކޮމަންޑޫ ދާއިރާގެ ގޮނޑީގައި އެމްޑީޕީ މެމްބަރަކު އިންނެވިނަމަވެސް ވެރިކަމުގައި އޮތީ އެމްޑީޕީ ނޫންކަމަށެވެ. އެހެންކަމުން ތަރައްޤީ ގެނައުމުގައި ކަންތައްތައް ވެފައި އޮތީ އެއިރެއްގެ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށްކަމަށް ޤާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން މިހާރުވެސް ކޮމަންޑޫ ދާއިރާގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަމަށެވެ.

އެހެންކަމުން ރައީސްކަމުގައި ހުންނަ ބޭފުޅަކު ނުވަތަ ވެރިކަމުގައި އޮތް މައި ޕާޓީ އާއި ކޯލިޝަނާއި ގުޅިފައިވާ ޕާޓީތައް ހިތުގައި ޖައްސާފައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު ހޮވައިގެން ވާނެ މޮޅެއް، ރަނގަޅެއް އޮތްތޯ ޤާސިމް ސުވާލު ކުރެއްވިއެވެ. ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ތަފާތު ކަމަށެވެ. މިހާރު ހުރިހާ ބާރެއް އޮތީ ރައީސްގެ އަތްޕުޅުގައި ކަމަށާއި އެހެންކަމުން ދާއިރާގެ ތަރައްޤީ ބޭނުންނަމަ އެމްޑީޕީ ކެންޑިޑޭޓަށް ވޯޓު ދިނުމަށް ޤާސިމް ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ އިހުލާސްތެރި، އިހުސާންތެރި ވެރިއެއްކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ޤާސިމް ދެއްކެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ސްޕްރީމް ކޯޓުން ހުކުމް ކުރެއްވުމުންވެސް ސިފައިން ފޮނުވައިގެން ކަމެއް ނުކުރައްވާކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކަމާއެކު ސަރުކާރުން ފޯރުކޮށްދެމުންދާ ސެކިޔުރިޓީގައި އުޅުއްވާއިރު ރައީސް ޔާމީންގެ ވެރިކަމުގައި ކަންކަން ދިޔައީ އެހެން ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ.

އެހެންކަމުން އިހުލާސްތެރި، އިހުސާންތެރި ވެރިއަކު ދެއްކި ކެންޑިޑޭޓަކު ހޮވުމަކީ މުހިންމު ކަމެއްކަމަށް ޤާސިމް ވިދާޅުވިއެވެ.

ކޮމަންޑޫ ބައި އިލެކްޝަންޖުމްހޫރީ ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

10 ޑިސެމްބަރު 2023
ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

22 ނޮވެމްބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު