Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގދ. ތިނަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވުން

ތިނަދޫގައި ބަލީގެ ހާލަތު ގޯސްވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ކޮވިޑް-19ގެ އައު ވޭރިއަންޓަށް ބަޔަކު ވަނީ ޕޮޒިޓިވްވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖެނުއަރީ 2022 | އަންގާރަ 13:53
ގދ. ތިނަދޫ

ގދ. ތިނަދޫ

ގދ. ތިނަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

ތިނަދޫ ކައުންސިލުން ބުނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާތީ، 24 ޖަނަވަރީން ފެށިގެން 07 ދުވަހުގެ މުއްދަތަށް ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ތިނަދޫން ކޮވިޑް-19ގެ އައު ވޭރިއަންޓަށް ބަޔަކު ޕޮޒިޓިވްވެ، ބަލިޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ އެއްގެއިން އަނެއްގެއަށް ޒިޔާރަތް ކުރުން މަނާކުރުމާއި، ރޭގަނޑު 09:00ން ފެށިގެން ފަތިހު 04:00ށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް ރަށުގައި ބަލިފެތުރުމުގެ ހާލަތަށް ބަލައި މި ފިޔަވަޅުތަކަށް ބަދަލު ގެނެވޭނެކަމަށް ކައުންސިލުން ބުނެއެވެ.

ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައިވާއިރު، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ވަނީ ހުއްޓުވާފައެވެ. އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން މަނާކޮށްފައިވާއިރު، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ވަނީ ބަންދުކޮށްފައެވެ. އަދި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ގިނަ ބަޔަކު ބައިވެރިވެގެން ކުރިއަށްގެންދާ ކަސްރަތުގެ ހަރަކާތްތައް ހިންގުން ވަނީ ހުއްޓުވާފައެވެ.

ކައުންސިލުން ބުނީ ފިހާރަތަކުން ޚިދުމަތް ދޭއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ޢާއްމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމާއި، ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކިލާސްތައް ކުރިޔަށް ގެންދިއުން ހުއްޓައިލުމާއި، ޝިފްޓް ޑިއުޓީ އަދާކުރާ އޮފީސް (ކުންފުނި ތަކުގައިވެސް ވީހާވެސް މަދު މުވައްޒަފުން ބޭނުން ކުރުމާއި، ޒަރޫރީ ބޭނުންތަކަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރު ދަތުރުކުރުމުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު އަމަލުކުރަން ޖެހޭ ކަމަށެވެ.

ކައުންސިލުން ބުނީ މަސްވެރިކަންކުރާ އުޅަނދުތަކަށް ކައުންސިލުން ދޫކުރާ ޚާއްސަ ހުއްދައިގެ ދަށުން މަހަށް ފުރުމާއި، އުޅަނދުތަކުގައި ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނަމަ ލަސްނުކޮށް ކައުންސިލް ނުވަތަ ހޮސްޕިޓަލަށް އަންގަން ޖެހޭނެކަމަށެވެ. އަދި ތިނަދޫއަށް މުދާ ހިފައިގެން އަންނަ އުޅަދު ފަހަރާއި އަދި އެހެން ރަށްރަށަށް ޒަރޫރީ ބޭނުންތަކަށް ކާބޯތަކެތި ފެން/ގޭސް އުފުލާ އުޅަނދުތައް ކުރިއާލައި ތިނަދޫ ހެލްޕް ޑެސްކްގެ ހުއްދަ ހޯދަން ޖެހޭކަމަށެވެ. ތިނަދޫއަށް މުދާ ހިފައިގެން އަންނަ އެއްވެސް އުޅަނދަކުން ބާލާ މުދާތައް އޭގެ ވެރިވަރާތުން ގެންދިއުމުގައި އެޗްޕީއޭގެ މިންގަޑާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައިވާއިރު، ޑެލިވަރީގެ ޙިދުމަތްދޭ މީހުން އެއްވެސް ގޯއްޗެއްގެ ތެރެއަށް ނުވަނުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ދޮންވެލި ނަގާ ފަރާތްތަކަށް ދޫކުރާ ޚާއްސަ ހުއްދައިގެ ދަށުން އެކަމުގައި ހަރަކާތްތެރިވާން ޖެހޭ ކަމަށާއި، ޓެކްސީ ކުރުމަށް އެޗްޕީއޭއިން އެކުލަވާލައިފައިވާ އުސޫލާ އެއްގޮތަށް ޓެކްސީ ދުއްވާ މީހުން އަމަލުކުރަން ޖެހޭ ކަމަށެވެ. އަދި ތިނަދޫއާ ކާޑެއްދޫއާ ދެމެދު ޕަސެންޖަރުން އުފުލާ ސްޕީޑް ބޯޓް ލާންޗްތައް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހަރަކާތްތެރިވުމާއި، ތިނަދޫއިން ފުރާ/އަންނަ ފަަސިންޖަރުން ފިޔަވައި އެހެން ފަރާތްތައް މި އުޅަނދުތަކުގައި ނުއުފުލުމާއި އަދި ފަޅުވެރިންނާއި ސްޕީޑް ބޯޓް/ ލާންޗް ދުއްވާފަރާތް ކާނޑެއްދޫއަށް ނޭރުމަށް ވަނީ އަންގާފައެވެ.

ކައުންސިލުން ބުނީ ތިނަދޫ އިން އަތޮޅުގެ ރަށްރަށް ދަތުރުކުރާ މީހުން ދުރާލައި އެކަމަށް ހުއްދައަށް އެދުމުން އެ ހުއްދަ ދިނުމުގައި ކައުންސިލުން އިތުރު ފިޔަވަޅުތަކާއެކު ހުއްދަ ދޭނެ ކަމަށެވެ.

ގދ. ތިނަދޫކޮވިޑް-19

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
22 ސެޕްޓެމްބަރު 2025

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

22 ސެޕްޓެމްބަރު 2025
ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 ސެޕްޓެމްބަރު 2025

ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް

05 ސެޕްޓެމްބަރު 2025
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް
04 ސެޕްޓެމްބަރު 2025

އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ

04 ސެޕްޓެމްބަރު 2025
 އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު