Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖޭން ބޭރު ހަނގުރާމައިގައި ބައިވެރިވުން

ހަނގުރާމަވެރި ސަރަޙައްދެއްގައި އުފަންވި ކުދިންތަކެއްގެ މަންމައަކީ ދިވެއްސެއްކަމަށް ފެމިލީ ކޯޓުން ފުރަތަމަ ފަހަރަށް ކަނޑައަޅައިފި

ޓެރަރިޒަމް މަނާކުރުމާބެހޭ ޤާނޫނަށް 2021 ވަނަ އަހަރު ގެނެސްފައިވާ އިސްލާޙުގައި ވަނީ އެކަމާގުޅޭ އުޞޫލުތައް ބަޔާންކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2022 | ހޯމަ 12:04
ފެމިލީ ކޯޓް- އެ މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ މަންމަގެ ފަރާތުން

ފެމިލީ ކޯޓް- އެ މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ މަންމަގެ ފަރާތުން

ހަނގުރާމަވެރި ސަރަޙައްދެއްގައި އުފަންވި ކުދިންތަކެއްގެ މަންމައަކީ ދިވެއްސެއްކަމަށް ފެމިލީ ކޯޓުން ފުރަތަމަ ފަހަރަށް ކަނޑައަޅައިފިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފެމިލީ ކޯޓުން ބުނީ، އެއީ އަންހެނަކު ވިހޭ ދެ ދަރިންގެ މަންމައަކީ އޭނާކަން ޘާބިތުކުރުމަށް ކޯޓަށް ހުށައެޅުނު މައްސަލައެއް ކަމަށެވެ. އެގޮތުން އެ މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ މަންމަގެ ފަރާތުންނެވެ.

Advertisement - newsAdvertisement

ޓެރަރިޒަމް މަނާކުރުމާބެހޭ ޤާނޫނަށް 2021 ވަނަ އަހަރު ގެނެސްފައިވާ އިސްލާޙުގައި ވަނީ އެކަމާގުޅޭ އުޞޫލުތައް ބަޔާންކޮށްފައެވެ. އެގޮތުން ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެހި ރައްޔިތުންނަށް އުފަންވެފައިވާ ކުދިން، ކަމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިނުވާނަމަ، އެކުދިން ދިވެހިރާއްޖެއަށް އަނބުރާ އައުމުގެ ކުރިން، އެކުދިންގެ އުފަންވުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، ހަނގުރާމަވެރި ސަރަޙައްދެއްގައި އުފަންވެފައިވާ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމަށް ކަމާބެހޭ ޤާނޫނުގައި ބަޔާންކުރާ ލިޔެކިޔުން ހުށަހަޅާފައި ނުވާނަމަ، އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީ ކޮށްދެވޭނީ، އެ ކުއްޖަކީ، އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ އޭގެ ތެރެއިން އެއް ފަރާތް ކަމަށް ބުނާ ދިވެހި ރައްޔިތަކަށް އުފަން ދަރިއަކު ކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، އެ މާއްދާގައިވާ ގޮތުގެމަތިން ކޯޓަށް މައްސަލަ ހުށަހަޅައި، އެ ކުއްޖެއްގެ އުފަންވުމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުންކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ހުށައެޅޭ ހެކިތަކުގެ ތެރޭގައި ކުއްޖާގެ ޑީ.އެން.އޭ ޕްރޮފައިލާއި ކުއްޖާގެ މަންމަ އަދި ބައްޕަ ކަމަށް ބުނާ ފަރާތުގެ ޑީ.އެން.އޭއާ އަޅައިކިޔައި ހަދާފައިވާ މެޓަރނިޓީ ޑީ.އެން.އޭ އެނަލިސިސް ހިމެނެއެވެ.

ކޯޓުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައިވެސް ޝަރީއަތުން ވަނީ ފުލުހުން ހަދާފައިވާ މެޓަރނިޓީ ޑީއެންއޭ ތަހުލީލު ރިޕޯޓަށް ރިޢާޔަތްކޮށްފައެވެ. މި މައްސަލައިގައި ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ހެއްކާއި ޤަރީނާތަކުން ސާބިތުވާކަމަށް ކޯޓުން މައުލޫމާތު ދެއެވެ. އަދި މިއީ ހަނގުރާމަވެރި ސަރަޙައްދެއްގައި އުފަންވި ކުދިންތަކެއްގެ މަންމައަކީ ދިވެއްސެއްކަމަށް ފެމިލީ ކޯޓުން ފުރަތަމަ ފަހަރަށް ކަނޑައެޅި މައްސަލަކަންވެސް ކޯޓުން ފާހަގަ ކުރެއެވެ.

ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓްރީކޮށްދެވޭނީ އެކުއްޖާއަކީ ދިވެހި ރައްޔިތަކަށް އުފަން ދަރިޔަކުކަމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުންކަމަށް ބަޔާންކޮށް، ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓަރ ކުރުމާބެހޭ އުސޫލެއްވެސް މިހާރު ވަނީ ގެޒެޓުކޮށްފައެވެ. މިޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދުގައި ބުނެފައިވަނީ ކުއްޖާއަކީ ދިވެހި ރައްޔިތަކަށް އުފަން ދަރިޔަކާމެދު ކޯޓުން ގޮތެއް ނިންމާތާ 4 ދުވަހުގެ ތެރޭގައި އެ ކުއްޖާގެ ބެލެނިވެރިޔާ، ނުވަތަ ބެލެނިވެރިޔާގެ ޕަވަރ އޮފް އެޓަރނީއެއް މެދުވެރިކޮށް، ކަނޑައަޅާ ފަރާތަކުން އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރ ކުރުމަށާއި އުފަން ދުވަހުގެ ސެޓުފިކެޓު ހެދުމަށް، ފޯމު މެދުވެރިކޮށް އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަށް ހުށަހަޅަންވާނެ ކަމަށެވެ.

ފެމިލީ ކޯޓް

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

25 ސެޕްޓެމްބަރު 2025
ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި
16 ޖުލައި 2025

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

16 ޖުލައި 2025
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި
16 އެޕްރީލު 2025

ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް

16 އެޕްރީލު 2025
ސިޔާސީ ބޭނުމަށް ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް: ރައީސް ސާލިޙް
15 މެއި 2024

ވަރި ގިނަވަނީ ފިރިމީހާ ވަގުތު ހޭދަނުކުރާތީއާއި އަނބިމީހާ ކިޔަމަންތެރިނުވާތީ: އިސްގާޒީ

15 މެއި 2024
ވަރި ގިނަވަނީ ފިރިމީހާ ވަގުތު ހޭދަނުކުރާތީއާއި އަނބިމީހާ ކިޔަމަންތެރިނުވާތީ: އިސްގާޒީ
18 ސެޕްޓެމްބަރު 2023

ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް އުއްތަމަފަނޑިޔާރު ބައްލަވާލައްވައިފި

18 ސެޕްޓެމްބަރު 2023
ވިއްސާރައިގެ ސަބަބުން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް އުއްތަމަފަނޑިޔާރު ބައްލަވާލައްވައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު