Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސީރިއާއަށް ދިޔަ މައްސަލަ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ދިފާއީ ހެކި ހުށައެޅުމަށް ފުރުސަތު ދެއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2022 | ހޯމަ 06:12
ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިޔުމުގެ ކުށުގެ ދައުވާ އުުފުލާފައިވާ ޙަސަން ފައިޒަން

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިޔުމުގެ ކުށުގެ ދައުވާ އުުފުލާފައިވާ ޙަސަން ފައިޒަން

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީ މަގުން ސީރިއާއަށް ދިޔަ މައްސަލައިގައި މއ. މާރަނގަ ޙަސަން ފައިޒަންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ދިފާއީ ހެކި ހުށައެޅުމާއި، ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުމަށް ފުރުސަތު ދެއްވާފައެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދެއްވުމަށް އެދި ހުށައަޅުއްވާފައެވެ. އެގޮތުން 17 ޖެނުއަރީ 2018 ގައި މި މައްސަލައިގެ ދައުވާ ހުށައެޅިއިރުވެސް ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދިފައިވާނެކަން ދައުލަތުން ފާހަގަ ކުރިއެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުމެއްގެ ގޮތުންވެސް ދައުލަތުން ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދިފައެވެ. އެގޮތުން އިންޓެލް ރިޕޯޓުގެ ވަކި މިންވަރެއް ސިއްރު ކޮށްދީ، ދިފާއު އެއްގެ ގޮތުން ހިއްސާ ކުރެވޭ މިންވަރަށް ހިއްސާ ކޮށްދެއްވުމަށް އެދި ދައުލަތުން ވަނީ ހުށައަޅުއްވާފައެވެ. އަދި މި ލިޔުން ސީދާ ދައުވާ ލިބޭ ފަރާތަށް ދޫކުރުމުގެ ބަދަލުގައި، ޝަރީއަތުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ރިޕޯޓު ދިރާސާ ކުރުމަށް ދިފާއަށް ފުރުސަތު ދެއްވުމަށްވެސް ދައުލަތުން އެދެއެވެ.

ދައުލަތުން ވަނީ މި ރިޕޯޓުގައި ޤައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތުތައްވެސް ހިމެނޭކަން ބަޔާން ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ދިފާއީ ވަކީލު ވިދާޅުވީ، ޓެރަރިޒަމް ޤާނޫނުގެ ދަށުން އިންޓެލް ރިޕޯޓަކީ ހެއްކެއްގެ ދަރަޖަ ލިބިގެންވާ އެއްޗެއްކަން ދައުލަތުން ބުނާއިރު، އެގޮތަށް ކަނޑައެޅިގެން ދިޔައީ ކޮން ތާރީޚެއްގައިތޯ ސުވާލުކުރައްވާފައެވެ. ދައުލަތުން އެކަމާއި ގުޅިގެން ބުނީ، އޭރު ދައުވާ ހުށައަޅާފައިވަނީ އޭރުގައި އޮތް ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ކަމަށާއި، އޭރުގެ ޤާނޫނަށް ބަލާއިރު އެފަދަ ލިޔެކިޔުންތަކަކީ ހެއްކެއްގެ ގޮތުގައި ބެލިގެންދާނެކަމަށް މާނަ ކުރެވޭކަމަށެވެ. ސަބަބަކީ އެއީ ތަހުގީގީ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމަކަށްވާތީ ކަމަށް ދައުލަތުން ބުނެއެވެ.

އަދި ފަހުން ގެނައި އިސްލާޙުގައި އިންޓެލް ރިޕޯޓު ހެއްކެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް ސީދާކޮށް ބަޔާންކޮށްފައިވާއިރު، ދެ ޤާނޫނުގެ ދަށުން ބެލި ނަމަވެސް އިންޓެލް ރިޕޯޓަކީ ހެއްކެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދިފާއުން ވަނީ ރިޕޯޓުގެ އެއްވެސް ބައެއް އުނިކުރުމަށް ދެކޮޅު ހައްދަވާފައެވެ. އަދި އިންޓެލިޖެންސް ރިޕޯޓަކީ ރަސްމީ ލިއުމެއް ނޫންކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. ނަމަވެސް ދައުލަތުން ވަނީ އެއް އިދާރާއިން އަނެއް އިދާރާއަށް ހުށައަޅާ ކޮންމެ ލިޔުމަކީ ރަސްމީ ލިޔުމެއް ކަމަށާއި، އެއީ އާންމު މީހަކު އަމިއްލައަށް ތައްޔާރުކުރާ ލިޔުމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

މައްސަލައިގެ ޚުލާސާއެއް:

ޙަސަން ފައިޒަން ނޮވެމްބަރު 2017 ގައި ރާއްޖެއިން ފުރައިގެން ތުރުކީއަށް ގޮސް، ތުރުކީގައި ޙަރަކާތްތެރިވަމުން ދަނިކޮށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރުން އޭނާ ހައްޔަރުކޮށް އަނބުރާ ރާއްޖެއަށް ފޮނުވާލާފައެވެ. ދައުލަތުން ވަނީ އޭނާއަކީ ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ މީހެއްކަމަށް ތުހުމަތުކޮށްފައެވެ. އޭރު ފައިޒަން ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރު ވެސް ކޮށްފައެވެ. ކޯޓުގައި ފައިޒަން ބުނެފައިވަނީ ތުރުކީއަށް ދިޔައީ ޓޫރިސްޓެއްގެ ގޮތުގައި ކަމަށާއި ސީރިޔާއަށް ދާން ގަސްދެއް ނުކުރާ ކަމަށް ބުނެފައެވެ. އަދި ތުރުކީ ސިފައިން އޭނާ އަތުލައިގެންފައިވަނީ އޮޅިގެން ސީރިޔާއަށް އެތެރެވާން އުޅެނިކޮށް ކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިޔުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދައުވާ އުފުލައި އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ 17 ޖެނުއަރީ 2018 ގައެވެ. އެހެންނަމަވެސް ކޯޓުން އޭރު ވަނީ ފައިޒަންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކޮށްފައެވެ.

އެހެންނަމަވެސް، ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ މި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި ހައިކޯޓުން 14 ފެބްރުއަރީ 2021 ގައި ވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ބާތިލުކޮށް، މި ދައުވާ އަލުން ކުރިއަށް ގެންދިޔމަށް ޙުކުމް ކޮށްފައެވެ. އެއާއެކު ކްރިމިނަލް ކޯޓުގައި އަނެއްކާވެސް މި މައްސަލަ މިވަނީ ކުރިއަށް ގެންދަން ފަށާފައެވެ.

ސީރިޔާކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

ސީރިއާ ހިމެނޭހެން، ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކޮށްފި

17 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު