Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްފަންވަތް ކޮލަމް

އޭރުވެސް މިހާރުވެސް "ކަލް ދޯބަޖޭ އާއޯ"

21 ޖެނުއަރީ 2022 | ހުކުރު 16:09

ފަނޑިޔާރުގެޔަށް ހުށައެޅޭ ބައެއް މައްސަލަތައް ކުރިއަށް ނުގޮސް ކަލް ދޯބަޖޭ އާއޯގައި ތާށިވެފައި އަހަރު ދެއަހަރުވެސް އޮވެދާނެ

| 21 ޖެނުއަރީ 2022 | ހުކުރު 16:09
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް | ރާއްޖެއެމްވީ

ވޯރާވިޔަފާރިވެރިން ރާއްޖޭގައި ގާއިމުވެގެން ތިބި ޒަމާނުގައި އެމީހުންގެ ވިޔަފާރިއާ ގުޅޭ ވަރަށް ގިނަ މައްސަލަ މައްސަލަ ފަނޑިޔާރުގެޔަށް ހުށައެޅެއެވެ. އާއްމުގޮތެއްގައި ދަރަނީގެ މައްސަލަތަކެވެ. އެމީހުން ހުށައަޅާ މައްސަލަތަކާއި އާއްމުންގެ ފަރާތުން ހުށައަޅާ މައްސަލަތަކެވެ. ވޯރާއިންނަކީ އިންޑިޔާގެ ބޮމްބޭއަށް ނިސްބަތްވާ ބައެކެވެ. ބުންބާ މީހުންނޭ ކިޔަނީ އެހެންވެގެންނެވެ. ބަހަކީ ހިންދުސްތާނު ބަހެވެ. މުސްކުޅި ބަންޑާރައިންގެ ރަސްކަމުގެ ދައުރުން ފެށިގެން ވެލާނާގޭ އިބްރާހިމް ނާސިރުގެ ވެރިކަމުގެ މެދަކާ ހަމަޔަށް ގާތްގަޑަކަށް ސަތޭކަ އަރެއްހައި ދުވަހު ރާއްޖޭގައި ތިއްބެވެ. ހިންދުސްތާނު ބަހަށް ދިވެހީން އެންމެ ފުރަތަމަ ލޯހުޅުވުނީ މިދެންނެވި ދުވަސްވަރުގައެވެ.

އެދުވަސްވަރު ދިވެހި ފަނޑިޔާރުގޭގައި އިސްކޮށް ހުންނަވާނީ ފަނޑިޔާރު މަނިކުފާނެވެ. އެއީ މިޒަމާނުގައިނަމަ އުއްތަމަ ފަނޑިޔާރެވެ. ދެން ތިއްބަވާނީ ނާއިބު ބޭކަލުންނެވެ. އާއްމުގޮތެއްގައި ސަރީއަތްތައް ކުރިއަށް ގެންދަވާނީ ނާއިބު ބޭކަލުންނެވެ. ވޯރާއިންނާ ގުޅޭ މައްސަލަތައް ފަނޑިޔާރުގޭގައި ތާވަލް ކުރީމާ އެ މައްސަލަތައް ކުރިއަށްދާލެއް ނިކަން ލަސްވާނެއެވެ. ކޮންމެ ދުވަހަކުވެސް އެމީހުން ދިޔައީމާ ސަރިޔަތް ކުރައްވާން އިންނަވާ ނާއިބު ބޭކަލަކު ވިދާޅުވާނެއެވެ. ކަލް ދޯބަޖޭ އާއޯއެވެ. މާދަމާ ދޭއްޖަހާއިރު އަންނާށެވެ. އެދުވަހެއްގެ އަޑުއެހުން ކުރިއަށް ނުގެންދެވި ލަސްކުރާން މެދުވެރިވަނީ ބަނޑޭރިގެއިން ނުވަތަ މާލިއްޔާއިން ވަޑައިގަންނަވާންޖެހޭ ބޭފުޅަކު ހާޒިރު ނުވެގެން ނުވަތަ އެޒާތުގެ އެހެން ކޮންމެވެސް ކަމެއް ދިމާވެގެންނެވެ. އަބަދުވެސް ކޮންމެވެސް ކަމެއް އޮންނަނީ ދިމާވެފައެވެ.

ފަނޑިޔާރުގެޔަށް ހުށައެޅޭ ބައެއް މައްސަލަތައް ކުރިއަށް ނުގޮސް ކަލް ދޯބަޖޭ އާއޯގައި ތާށިވެފައި އަހަރު ދެއަހަރުވެސް އޮވެދާނެއެވެ. ކޮންމެ ދުވަހަކުވެސް ނާއިބު ބޭކަލަކު ވިދާޅުވާނެއެވެ. ކަލް ދޯބަޖޭ އާއޯއެވެ. މާދަމާވެސް ދޭއްޖަހާއިރު އަންނާށެވެ. މިޒާތުގެ މައްސަލަތައް ގިނައިން ތާވަލް ކުރެވޭނީވެސް މެންދުރުފަހަށެވެ. މެންދުރުފަހު މި ސަރިޔަތްތަކާ ހަވާލުވެގެން ތިއްބަވަނީވެސް ޚާއްސަ ނާއިބު ބެއިކަލުންނެވެ. ކޮންމެއަކަސް ދިވެހިރާއްޖޭގެ ފަނޑިޔާރުގެޔާއިމެދު އޭރު ބުނެވޭ އެންމެ އާންމު ބަހަކަށް ވެފައި އޮންނަނީ ކަލް ދޯބަޖޭ އާއޯއެވެ. މައްސަލައެއް ނުނިމޭނޭ ކަމާއި ނުނިމި ދިގުލައިގެން ދިޔުމުގައި ކޮންމެވެސް ނުފޫޒެއް ނުވަތަ މަސްލަހަތެއް ހިމެނޭކަމާއި އިންސާފު ލަސްވުން ސިފަކުރުމަށް އެންމެންވެސް ބޭނުންކުރި ބަހަކީ ކަލް ދޯބަޖޭ އާއޯއެވެ.

ޒަމާން މިއޮތީ ބަދަލުވެފައެވެ. މިހާރު ވޯރާއިންނެއް ނެތެވެ. ނާއިބު ބޭކަލުންނެއްވެސް ނެތެވެ. މިހާރު ހުރީ އެކި ނަންނަން ކިޔާ އެކި ފަންތީގެ ކޯޓުތަކެވެ. ތިއްބެވީ ސަނަދުވެރި ފަނޑިޔާރުންނާއި ވަކީލުންނެވެ. މިބޭބޭފުޅުންގެ ކަންކަމުގެ މައްޗަށް ފާރަވެރިވެ ކަންކަން އިސްލާހު ކުރުމަށް އެކިއެކި ކޮމިޝަންތަކާއި ކައުންސިލްތައް އުފެދިފައިވެއެވެ. ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ވައުދަކީ އަދުލުއިންސާފުގެ ޔަގީންކަން ރައްޔިތުންނަށް ދިނުމެވެ. އެހެންނަމަވެސް ހިތާމަޔަކީ ދިވެހި ފަނޑިޔާރުގެ އަދިވެސް ކަލް ދޯބަޖޭ އާއޯގައި އޮންނަ އޮތުމެވެ. ޒަމާން ބަދަލުވިޔަސް އަދިވެސް އުސޫލަކީ ކަލް ދޯބަޖޭ އާއޯއެވެ. މިކަމުން ނެއްޓޭތަނެއް ނާދެއެވެ. އިސްލާހީ މަސައްކަތްތައް ފެށުމުގެ ކުރިންވެސް ކަލް ދޯބަޖޭ އާއޯއެވެ. އެ މަސައްކަތްތަކަށް އެތައް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް ކަލް ދޯބަޖޭ އާއޯއެވެ.

އަޅުގަނޑުވެސް އެއްބަހެވެ. ކަލް ދޯބަޖޭ އާއޯ ބުނާގޮތް ތަފާތުވެއްޖެއެވެ. އިބާރާތް ތަފާތުވެއްޖެއެވެ. އެކަމަކު އަދިވެސް ބުނެވެނީ އެހެންނެވެ. ތަފާސްހިސާބުތަކަށް ބަލައިލީމާ އެކަން ޔަގީންވެސްވެއެވެ. ބޮޑެތި ބޮޑެތި ސަރިޔަތްތަކުގެ އަޑުއެހުންތައް ކެންސަލްވުންހުރީ ވަރަށް މަތީ ދަރަޖައެއްގައެވެ. މުޅި ގައުމުގެ ސަމާލުކަން ހުއްޓޭ ސަރިޔަތްތައް ކޯޓުތަކުގައި ތާވަލް ކުރެވި އަޑު އެހުންތައްވެސް ތަރުތީބު ކުރެވިފައިވަނިކޮށް ދެން އިވެނީ އަޑުއެހުން ކެންސަލްވި ވާހަކައެވެ. ހާޒިރުވާންޖެހޭ ކޮންމެވެސް މީހަކު ހާޒިރުނުވެގެން ނުވަތަ ކޮންމެވެސް ލިޔުމެއް ފުރިހަމަ ނުވެގެންނެވެ. އަބަދުވެސް ކޮންމެވެސް ސަބަބެއް އޮވެއެވެ. މިހެން ކެންސަލްވަމުން، އަލުން ތާވަލް ކުރަމުން، ލަސްވަމުންގޮސް އަހަރު ދުވަސް ފާއިތުވާތަންވެސް އާދެއެވެ. މިއީ ކަލް ދޯބަޖޭ އާއޯއަކަށް ނުވޭތޯއެވެ.

ގާނޫނީ އިލްމުގެ ދާއިރާގެ ފުންނާބު އުސް ބޭފުޅުން ވިދާޅުވާ އަޑު އަހަމެވެ. އިންސާފު ލަސްކުރުމަކީ އިންސާފުން މަހުރޫމް ކުރުމެކެވެ. ކަލް ދޯބަޖޭ އާއޯއަކީ އިންސާފު ލަސްކުރުމެކެވެ. އެހެންވީމާ އެކަން އެފެތެނީ އިންސާފުން މަހުރޫމުކުރުމުގެ ގިންތިއަށެވެ. މިހާ ތަރައްގީވެފައިވާ ޒަމާނެއްގައި، ރައްޔިތުންގެ ބޭނުންތައް މިހާ ބޮޑުވެފައިވާ ޒަމާނެއްގައި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫހު ދައުލަތުގެ މުއައްސަސާތަކުގައި މިހާ ބޮޑު ޒަމާނެއްގައި ކަލް ދޯބަޖޭ އާއޯގެ ތެރެއިން ސަރިޔަތްތައް ކެންސަލްވުމަކީ ބަލައިގަންނަން ފަސޭހަކަމެއް ނޫނެވެ. އެއީ ދެރަކަމެކެވެ. ކިތަންމެހާވެސް ދެރަ ކަމެކެވެ. ފަނޑިޔާރުގެ އިސްލާހުކޮށް ޒަމާނީކުރާކަމަށް ވެއްޖެނަމަ އެންމެފުރަތަމަވެސް ދޫކޮށްލަންޖެހެނީ ކަލް ދޯބަޖޭ އާއޯގެ އުސޫލެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 ޖުލައި 2026

ރައްޔިތުންގެ މަޖިލީހަކީ ޕްރީ ސްކޫލެއްތަ؟

22 ޖުލައި 2026
ރައްޔިތުންގެ މަޖިލީހަކީ ޕްރީ ސްކޫލެއްތަ؟
21 ޖުލައި 2026

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް 10 މީހުން ކުރިމަތިލައިފި

21 ޖުލައި 2026
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް 10 މީހުން ކުރިމަތިލައިފި
14 ޖުލައި 2026

ޖޭއެސްސީއަށް "ފެނިއްޖެނަމަ" ސަބަބެއް ނެތިވެސް އިސްފަނޑިޔާރުން މަގާމުން ދުރުކުރެވޭ ގޮތް ހަދައިފި

14 ޖުލައި 2026
ޖޭއެސްސީއަށް "ފެނިއްޖެނަމަ" ސަބަބެއް ނެތިވެސް އިސްފަނޑިޔާރުން މަގާމުން ދުރުކުރެވޭ ގޮތް ހަދައިފި
08 ޖުލައި 2026

ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ސަސްޕެންޑްކޮށްފި

08 ޖުލައި 2026
ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ސަސްޕެންޑްކޮށްފި
08 ޖުލައި 2026

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި

08 ޖުލައި 2026
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި
06 ޖުލައި 2026

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!

06 ޖުލައި 2026
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!
03 ޖޫން 2026

ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު

03 ޖޫން 2026
 ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު
22 މެއި 2026

އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި

22 މެއި 2026
އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި
18 މެއި 2026

ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި

18 މެއި 2026
ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި
11 މެއި 2026

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް

11 މެއި 2026
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް