Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

114 މިލިއަން ހަރަދު ކުރި ކޮމަންޑޫގެ ބިން ހިއްކި ގޮތުން އެތަން ބޭނުން ނުކުރެވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2022 | ހުކުރު 12:25
500 މިލިއަން ޚަރަދު ކުރެއްވިކަމަށް ވިދާޅުވެ ޔާމީން ހެއްދެވީ އިތުރުފުޅެއް

500 މިލިއަން ޚަރަދު ކުރެއްވިކަމަށް ވިދާޅުވެ ޔާމީން ހެއްދެވީ އިތުރުފުޅެއް

އިންތިޚާބުގެ ފޯރި ގަދަވެއްޖެއެވެ. އިވެނީ ކޮށްދިން ކަންތަކާއި ނުކޮށްދޭ ކަންތަކުގެ ވާހަކައެވެ. މިލިއަނުން އަދަދުތައް ވެސް ޖައްސަވަން ފައްޓަވައިފިއެވެ. ނަމަވެސް ވެރިމުގައި ކޮށްދިން ކަންކަމާއި ނުކޮށްދޭ ކަންކަން ހަނދާން ނެތޭ ހިސާބަކަށް ވެސް ނުދެއެވެ. ހިޔާލީ ފޮލާގެ މައްޗަށް ރީތި އަދަދުތަކުން މިލިއަން ކިޔަމުން ގޮސް ނުކޮށްދޭ އެތައް ކަމެއްގެ ވާހަކަ ވެސް ދައްކައިފިއެވެ.

ދައްކަން މިއުޅެނީ އިދިކޮޅު ލީޑަރަކަށް ހުންނަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކޮށްދެވުނު ކަންކަން އޮޅިވަޑައިގެން އުޅުއްވާތީއެވެ. ވެރިކަމުގެ 5 އަހަރު ނިންމަވާލައްވާ ދައުރު ހަމަކުރެއްވި އިރުވެސް ދުވަހަކުވެސް ފައިންޕުޅު ބީއްސާނުލައްވާ ކޮމަންޑޫއަށާއި އެ ދާއިރާއަށް ގިނަ ކަންކަން ކޮށްދެއްވި ކަމަށް ވިދާޅުވެ އަޑު ހަރުކޮށް އެމަނިކުފާނު ކޮމަންޑޫއަށް އަމިއްލަފުޅު އެދުންވެރިކަމެއްގައި އަރާ ހުންނަވާ މޮޅެތި “ކަރާ ފަޅުއްވާ” ފިނިފެންމާ ފަރިކުރައްވަމުން ގެންދެވިއެވެ.

ކޮމަންޑޫއަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ 2013 އިން 2018 އަށް ހިންގެވި ޕީޕީއެމްގެ ވެރިކަމުގައި ކޮމަންޑޫ ދާއިރާއަށް 500 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ގެނެސްދީފައިވާނެ ކަމަށެވެ. ހާއްސަކޮށް ކޮމަންޑޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ބިން ހިއްކުމާއި ރިވެޓްމަންޓް ޖެހުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ތެދެކެވެ. ކޮމަންޑޫގެ ބިން ހިއްކާ އީއައިއޭ ކިޔުނު އެއްޗެއް ބޮލާލާ ޖަހާ ރިވެޓްމަންޓް ޖެއްސެވިއެވެ. ބޯހިޔާވަހިކަމަށް ބިން ދޫކުރަން ހިއްކި ބިން ވަޔާއި ރާޅާ ތަޅާ އެތަނުގައި މީހުން އާބާދުވާނެ އެއްވެސް ގޮތެއް ނުވިއެވެ. އަމާ ބުނީތީ ފަރަށްދާ އުސޫލުން އެކަން ކޮށްދެއްވިއެވެ.

ދެން ދެއްކެވީ ކޮމަންޑޫއާއި ކޮމަންޑޫ ދާއިރާއަށް 500 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ގެނެސްދެއްވި ވާހަކައެވެ. ހިސާބު އަކުރުތަކުން މިކަން ކޮމަންޑޫ އަދި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭތީ އެ މަސައްކަތް ފަށައިގަންނާނަމެވެ. ރަށްވެހި ތަރައްގީގައިވާ ގޮތުން 3 ރަށަށް ހަރަދު ކުރީ 154 މިލިއަން ރުފިޔާއެވެ. ވިދާޅުވި އަދަދުގެ ދެބައިކުޅަ އެއްބައި ވެސް ހަރަދުކޮށްފައި ނުވެއެވެ.

ހަރަދު ކުރެއްވި 500 މިލިއަން ރުފިޔާ ޔޯލައެވެ. ނަމަވެސް ޕީޕީއެމްގެ ވެރިކަމުގައި 2013ން 2018ށް އެކުލަވާލި ރަށްވެހި ތަރައްގީ ކިޔުނު ފޮތުގައިވާ ގޮތުން ކޮމަންޑޫއަށް ހަރަދުކޮށްފައިވަނީ 114،608،677 (ސަތޭކަ ސާދަ މިލިއަން ހަލައްކަ އަށްހާސް ހަސަތޭކަ ހަތްދިހަ ހަތް) ރުފިޔާއެވެ. މި 114 މިލިއަންގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދިޔައީ އެތަނެއް ހަދާފައި އޮތް ގޮތުން ބޭނުން ނުކުރެވި އޮތް ހިއްކި ބިމަށެވެ. އެއީ 90.6 މިލިއަން ރުފިޔާއެވެ. ދެން އެންމެ ގިނައިން ހަރަދުކުރިކަމަށް އެ ފޮތުގައި ބަޔާންކުރާ ށ. އަތޮޅު ތައުލީމީ މަރުކަޒުގެ 6 ކްލާސް ރޫމަކީ ވޯލްޑް ބޭންކުން ދިން ފައިސާއެވެ.

ދެން އޮތީ ށ. ފޯކައިދޫއެވެ. އެރަށަށް ހަރަދު ކުރީ އެންމެ 23.3 މިލިއަން ރުފިޔާއެވެ. މިލިއަނަކުން ގުނާކެވެން ކުރީ ސްކޫލްގެ 4 ކްލާސްރޫމްގެ އަޕްޑޭޓިންގ މަސައްކަތެވެ. މަރޮއްޓަށް ވެސް އޮތީ މިފަދަ ހާލެކެވެ. އެންމެ 17 މިލިއަން ރުފިޔާއެވެ. މިލިއަން ރުފިޔާއެއްވަރު އަދަދެއް ޖަހާފައި އިނީ 187.8 މިލިއަން ރުފިޔާއެވެ. އެއީވެސް 13 ރަށެއްގެ އިއާދަކުރަނިވި ހަކަތައަށް ހޭދަކުރާ ޖުމްލަ އަގެވެ. ރީއްޗަކަށް ބޮޑު އަދަދެއްވީމަ ޖަހާލީ ކަންނޭގެއެވެ.

ޖުމްލަ މި 3 ރަށަށް ޔާމީންގެ ވެރިކަމުގެ 5 އަހަރުގައި ހަރަދު ކުރީ 154.9 މިލިއަން ރުފިޔާއެވެ. ނަމަވެސް ޔާމީން ވިދާޅުވީ 500 މިލިއަން ހަރަދު ކުރެއްވި ކަމަށެވެ. އެހެންކަމުގައިވާނަމަ ބާކީ 346 މިލިއަން ރުފިޔާއަށްވީ ގޮތެއް އެ ދާއިރާގެ 4300ށް ވުރެ ރައްޔިތުން އެނގެން ބޭނުންވެއެވެ. އެ ފައިސާ ގެންދިޔައީ އަރިހުގައި އުޅުއްވި ކުދިންކޮޅުތޯ ނުވަތަ ގޯނި ގޯނީގައި އެ ފައިސާ ދޫވެއްސައް ވެއްދެވީތޯ ވެސް ސާފުކުރަން އެ ރައްޔިތުން ބޭނުންވެއެވެ. އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫންކަމަށް ވިދާޅުވި އެ މަނިކުފާނު އެ ދައްކަވާ ފައިސާގެ ތެރޭގައި ކޮމަންޑޫ ދާއިރާގެ ބާކީ 346 މިލިއަން ރުފިޔާ ވެސް ވަނީތޯ އެ ރައްޔިތުން ސުވާލު އުފައްދައެވެ.

ށ.ކޮމަންޑޫކޮމަންޑޫ ދާއިރާރައީސް ޔާމީން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2025
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު