Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނަސްގެ މަރުގެ މައްސަލަ

އަނަސްގެ މަރުގެ ދައުވާ ލިބޭ ޖުނައިޙްގެ ބޭސްފަރުވާގެ ކަންކަމުގައި މައްސަލަތަކެއް އުޅުމާއެކު، ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ނިންމައިފި

20 ޖެނުއަރީ 2022 | ބުރާސްފަތި 06:37

ޖެނުއަރީ 16 އަކީ އޭނާ އޮޕަރޭޝަން ކުރަން އޮތް ތާރީޚު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖެނުއަރީ 2022 | ބުރާސްފަތި 06:37
ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް

ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް

އަނަސްގެ މަރުގެ ދައުވާލިބޭ ޖުނައިޙް އަބްދުﷲގެ ބޭސްފަރުވާގެ ކަންކަމުގައި މައްސަލަތަކެއް އުޅުމާއެކު، ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ނިންމައިފިއެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ބަންދު މުރާޖައާ އަޑުއެހުމެކެވެ. އެގޮތުން ޖުނައިޙްގެ ބޭސްފަރުވާއާ ގުޅޭ ގިނަ މައްސަލަތަކެއް މީގެކުރިންވެސްފެންމަތިވެފައިވެއެވެ.

Advertisement - newsAdvertisement

އަދި އޭނާ ރާއްޖެއިން ބޭރަށް ދިއުމަށް ދޭން ޖެހޭ ހުއްދަވެސް މެޑިކަލް ބޯޑުން ދީފައިވާއިރު، އޭނާއަށް ފުރިފައިނުވަނީ ޕާސްޕޯޓު ލިބުމުގެ ދަތިތަކެއްގެ ސަބަބުންކަން އެނގިފައިވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. އަދި ޖެނުއަރީ 16 އަކީ އޭނާ އޮޕަރޭޝަން ކުރަން އޮތް ތާރީޚުކަމަށްވާއިރު، މިހާރު ލަސްވާ ސަބަބު ސާފުކުރަން ބޭނުންވާކަން ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.

އެކަމާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އޭނާގެ ޓްރެވަލް ޑޮކިއުމަންޓުވެސް މިހާރު ހެދިފައިވާ ކަމަށާއި، ނަމަވެސް އޭނާއާއެކު ފުރުމަށް ހަމަޖެހިފައިވާ އާއިލާ މެމްބަރުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވުމުން ވަގުތު ނަގަމުންދާ ކަމަށެވެ. އަދި ޕާސްޕޯޓު އައު ކުރުމަށްފަހު އާސަންދަ އޮފީހަށް ހުށައެޅުމުން ބޭސްފަރުވާގެ ކަންކަން ހަމަޖެހޭނެކަމަށް ކަރެކްޝަންސްއިން ފޯރުކޮށްދީފައިވާ މައުލޫމާތުތަކާއި ޙަވާލާ ދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެގޮތުން ޖުނައިޙްއާއެކު ފުރަން ހަމަޖެހިފައިވަނީ އޭނާގެ މަންމަ ކަމަށާއި، އޭނާގެ މަންމަގެ ޕާސްޕޯޓުގެ މުއްދަތު ހަމަނުވާކަމަށް ދިފާއުން ބުނެއެވެ. ޖުނައިޙްގެ މަންމަ ޕާސްޕޯޓު ހެއްދީވެސް އޭނާ ގޮވައިގެން ބޭސްފަރުވާއަށް ދިއުމަށްކަމަށްކަން ދިފާއުން ފާހަގަ ކުރެއެވެ.

އެކަމާއި ގުޅޭގޮތުން ދައުލަތުން ބުނީ، އެއީ ކަރެކްޝަންއިން މައުލޫމާތު ދިން ގޮތް ކަމަށެވެ.

މީގެ ކުރިންވެސް މެޑިކަލް ބޯޑުގެ ހުއްދަލިބި، އެކަށީގެންވާ މުއްދަތުގެ ތެރޭގައި ފުރޭގޮތް ނުވުމުގެ ސަބަބުން ބޭސްފަރުވާ މުޅިން ނުނިމެނީސް އަންނަންޖެހުނުކަން ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ. އަދި އޭރުވެސް މުއްދަތު އިތުރުކުރެވުނީ ނުހަނު ގިނަ ގޮންޖެހުންތަކާއެކު ކަމަށްވާއިރު، އެކަށީގެންވާ މުއްދަތެއް ބޭސްފަރުވާއަށް ލިއްބައިދޭންޖެހޭކަމަށް ވަކީލު ވިދާޅުވިއެވެ.

އެކަމާއި ގުޅޭގޮތުން ގާޒީ ވިދާޅުވީ، މި މައްސަލައިގައި ކަރެކްޝަންސްގެ ލަސްތަކެއް ހުރިކަން ފާހަގަވާ ކަމަށެވެ. އެގޮތުން ޝަރީއަތުން މެދުކެނޑުމަކަށްފަހު ޕާސްޕޯޓުގައިވާ ތާރީޚު ދިފާއު މެދުވެރިކޮށް ޗެކް ކޮށްފައިވާއިރު، ޕާސްޕޯޓު ހަދާފައިވަނީ ޖެނުއަރީ 2022ގައިކަން ވަނީ އެނގިފައެވެ. އަދި ދައުލަތުންވެސް ވަނީ ކަރެކްޝަންސް މެދުވެރިކޮށް އެކަމާއި ގުޅޭ ތަފްސީލުތައް ހިއްސާކޮށްފައެވެ. އެ ތަފްސީލުތަކާއި ދިފާއީ ވަކީލުންނަށް އާއިލާއިން ފޯރުކޮށްދީފައިވާ މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ވެއެވެ.

ގާޒީ ވަނީ ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި ޝަރުތުތަކާއެކު ޖުނައިޙް ބަންދުން ދޫކޮށްލުމަށް ނިންމަވާފައެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އޮތް އޮތުން 30 ދުވަހަށް ވަނީ މަޑުޖައްސާލާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

އަނަސްގެ މަރުކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް