Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓު އިމާރަތް

ކްރިމިނަލް ކޯޓު އިމާރަތް ބާވެ، ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކަށްވެސް ވާރޭވެހެނީ

20 ޖެނުއަރީ 2022 | ބުރާސްފަތި 04:48

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖެނުއަރީ 2022 | ބުރާސްފަތި 04:48
ކްރިމިނަލް ކޯޓު- ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް 10 ސެކްޝަނެއް އޮވޭ

ކްރިމިނަލް ކޯޓު- ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް 10 ސެކްޝަނެއް އޮވޭ

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީގެ މެމްބަރު އަބްދުލް މާނިއު ހަސަން ވިދާޅުވީ، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ވަސީލަތުގެ ދަތިކަން ޙައްލު ކުރުމަށް ޖޭއެސްސީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހިނގާ އަހަރުގައިވެސް އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި އޮތީ ކޯޓުތަކުގެ ވަސީލަތްތައް އިތުރުކުރުންކަމަށް މާނިއު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން، ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން މާނިއު ފާހަގަ ކުރެއްވިއެވެ. އެގޮތުން ކޯޓުގައި އެކި ސަބަބުތަކާހުރެ ލަސްވާ ކަންކަމާއި ގުޅިގެން ކްރިމިނަލް ކޯޓަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްވެސް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެއްވިއެވެ. މާނިއު ވިދާޅުވީ، އެކަންކަމާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިތުރުން ފުލުހުންނާއި ގުޅިގެންވެސް މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރިއަށް މި އޮތް އަހަރު ތެރޭގައި

ގިނަ ޙައްލުތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް މާނިއު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓު އިމާރަތް ބާވެ، ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކަށްވެސް ވާރޭވެހެނީ:

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކޯޓު އިމާރަތް ބާވުމާއި، އިމާރާތުގެ ޝަރީއަތްކުރާ މާލަންތަކުގެ ފާރުތަކުގައި ބޮޑެތި ރެނދުތައް ލާފައިހުރުމާއި ގުޅިގެން ބައެއް މަރާމާތުތައްވެސް ވަނީ ކުރަން ޖެހިފައެވެ. އަދި ބޮޑެތި އަޑުއެހުންތަކަށް ގިނަ މީހުން ކޯޓަށް ހާޒިރުވާއިރު، ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއް ފަހަރު އަޑުއަހަން އަންނަ މީހުންނަށް ޖާގަ ނުލިބި ދާން ޖެހުމާއި، ކޯޓުގެ ވެއިޓިންގ އޭރިއާ ކުޑަވުމުގެ ސަބަބުން ޖިނާއީ މައްސަލަތަކާއި ގުޅިގެން އަންނަ އެކި ފަރާތްތަކާއި ކޯޓަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތައް ބައެއްފަހަރު ކޯޓު ތެރޭގައި ތޮއްޖެހިފައި ތިބެންޖެހުން ފަދަ މައްސަލަތައް ފެންމަތިވެފައިވެއެވެ.

ރާއްޖެއެމްވީން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ 4 ބުރީގެ އިމާރަތް ބާވެ އަރިއަޅާލާފައިވާތީ ބޭރުން ހުންނަނީ ދަގަނޑުތައް ވިއްދާފައެވެ. ސިޑިގޮޅިތަކަށް ފެން ފޭބުމާއި، ޝީޓުތައް ބާވުމުގެ ސަބަބުން ބޮޑެތި ބާގަނޑުތައް ހެދިފައިވާއިރު، މޫސުން ގޯސް ދުވަސްވަރެއް ނަމަ، ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކަށްވެސް ވާރޭ ވެހޭކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން ބައެއް ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކުގެ ސީލިންގާއި ޝީޓުތައް ޙަލާކުވެފައި ހުރުމުގެ ސަބަބުން މޫސުން ގޯސް ދުވަސްވަރެއްނަމަ އެތަނުގައި ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނޯވެއެވެ.

ބައެއް ފަހަރު މޫސުން ގޯސްވުމުގެ ސަބަބުން ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކުގައި ފެން ހިންދަންވެސް ޖެހޭކަމަށް ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.

މީގެއިތުރުން، ކޯޓުގެ ބައެއް ފާޚާނާތަކުގެ ސީލިންގތައް ނެއްޓިފައިވުމާއި، ސީލިންގ ގެ ބެރިތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ފާޚާނާތައްވެސް ބޭނުން ނުކުރެވޭ ޙާލަތަށް ދާން ކައިރިވެފަވެއެވެ.

ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް 10 ސެކްޝަނެއް އޮވެއެވެ. އިދާރީ ސަބަބުތަކާ ހުރެ ކޯޓުގެ ބައެއް ޝަރީއަތްތައް ކެންސަލްކުރަން ޖެހޭއިރު، މިފަދަ އިތުރު ގޮންޖެހުންތައްވެސް އެކޯޓަށް ދިމާވެފަވެއެވެ.

ކްރިމިނަލް ކޯޓްޖޭއެސްސީ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް