Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ވަހީދު ގެނައުމުގެ މަސައްކަތް

އަލީ ގެނައުމަށް އިނގިރޭސި ބަހުން ކޯޓު އަމުރެއް ހޯދަން ފުލުހުން އެދުނު ސިޓީ ބުރާސްފަތި ދުވަހު ހަވީރު ކޯޓަށް ވަނީ ލިބިފައި

މިހާތަނަށް ކޯޓު އަމުރު ލިބިފައިނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖެނުއަރީ 2022 | ހޯމަ 07:19
ކްރިމިނަލް ކޯޓް- އަލީ ވަޙީދުގެ މައްސަލައާއި ގުޅިގެން ބުރާސްފަތި ދުވަހުގެ ހަވީރު 15:55 ގައި ފުލުހުންގެ ސިޓީއެއް ކޯޓަށް ލިބިފައިވޭ

ކްރިމިނަލް ކޯޓް- އަލީ ވަޙީދުގެ މައްސަލައާއި ގުޅިގެން ބުރާސްފަތި ދުވަހުގެ ހަވީރު 15:55 ގައި ފުލުހުންގެ ސިޓީއެއް ކޯޓަށް ލިބިފައިވޭ

އަލީ ވަހީދު ގެނައުމަށް އިނގިރޭސި ބަހުން ކޯޓު އަމުރެއް ހޯދަން ފުލުހުން އެދުނު ސިޓީ ބުރާސްފަތި ދުވަހު ހަވީރު ކޯޓަށް ލިބިފައިވާކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އިންޓަރޕޯލުން ބޭނުންވާ މައުލޫމާތަކާއި، އިނގިރޭސި ބަހުން ކޯޓު އަމުރެއް ހޯދުމަށް އެދި ނިމިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުގައި ސިޓީއަކުން އެދިފައިވާނެ ކަމަށެވެ. އަދި ނިމިދިޔަ ހަފުތާގައިވެސް އިތުރު ސިޓީއެއް ކޯޓަށް ފޮނުވާފައިވާނެ ކަމަށާއި، ނަމަވެސް މިހާތަނަށް ކޯޓު އަމުރު ލިބިފައިނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. އަދި ކޯޓު އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ހޯދުމުގެ މަސައްކަތް ކްރިމިނަލް ކޯޓާ ގުޅިގެން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެކަމާގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އަލީ ވަޙީދުގެ މައްސަލައާއި ގުޅިގެން ބުރާސްފަތި ދުވަހުގެ ހަވީރު 15:55 ގައި ފުލުހުންގެ ސިޓީއެއް ކޯޓަށް ލިބިފައިވާ ކަމަށެވެ. އަދި ސިޓީ އެންޓަރކޮށް، އާދިއްތަ ދުވަހުގެ 11:05 ހާއިރު ސެކްޝަނަށް ލިބިފައިވާކަން އޭނާ ކަށަވަރު ކޮށްދެއްވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ވަނީ ފެށިފައެވެ. ޢަލީ ވަޙީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި، އެދިވަޑައިގަތުމުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްޢަދު ޢަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސް ފާއިތުވެ، ޝަރީޢަތް ފެށުނު އިރު ވެސް ޢަލީ ވަޙީދު އެނބުރި ރާއްޖެއަށް ވަޑައެއްނުގަންނަވައެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.

މި މައްސަލައިގައި އަލީ ވަހީދު ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވާތީ އަލީ ވަޙީދުގެ ފަރާތުން ކޯޓުގައި ޖާމިނުވި އަޑުބަރޭ ވަނީ އެކަން އަންގައި ކްރިމިނަލް ކޯޓަށްވެސް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އޭނާ ވަނީ އޭނާ މި މައްސަލައިގައި ޖާމިނުވީ 4 މަަހަށް ކަމަށް ބުނެ، އެ މުއްދަތުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ކޯޓުން އެއްވެސް އެންގުމެއް އަންގާފައިނުވާކަމަށް ބުނެފައެވެ.

ކޯޓުގައި ހިނގަމުންދާ އެއްވެސް މައްސަލައަކާއި ގުޅިގެން ދައުވާ ލިބޭ ފަރާތް ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް 4 ނޮވެމްބަރު 2021ގައި ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރެއް ނެރެފައިވެއެވެ. ނަމަވެސް އޮންލައިންކޮށް އަލީ ވަހީދު އަޑުއެހުންތަކުގައި ބައިވެރިވެވަޑައިގަތް މައްސަލާގައި، ސުޕްރީމް ކޯޓުގެ އެންގުމާއި އެއްގޮތަށް އޭނާ ކޯޓަށް ހާޒިރުވެފައިނުވާތީ ކޯޓުން ވަނީ އަލީ ވަހީދުގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް އިއްވާފައެވެ.

އަލީ ވަޙީދުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު