Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކޮމަންޑޫ ދާއިރާއަށް ތަރައްގީގެ ފަހި ދުވަސްތަކެއް

އިންތިޚާބުތަކާއި ތަރައްގީގެ މަޝްރޫއުތައް ބައެއްފަހަރު ގުޅިގެންދޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2022 | އާދީއްތަ 13:57
ށ. ކޮމަންޑޫ ޕްރޮޖެކްޓް - މަތި ކޮމަންޑޫގެ ބިން ހިއްކާ، ކޮމަންޑޫއާއި ބްރިޖަކުން ގުޅުވާލާނެ

ށ. ކޮމަންޑޫ ޕްރޮޖެކްޓް - މަތި ކޮމަންޑޫގެ ބިން ހިއްކާ، ކޮމަންޑޫއާއި ބްރިޖަކުން ގުޅުވާލާނެ

ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ދެބައިވެގެން ގޮސްފައިވަނިކޮށް ކުރިމަތިލާން ޖެހުނު ބައި އިލެކްޝަން ވެގެން މިދަނީ، ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް އައި ތަރައްގީގެ ފަހި ދުވަސްތަކަކަށެވެ. އެތައް ދުވަހެއް ވަންދެން ފެށޭނެ ކަމުގެ އިންތިޒާރުގައި ތިބި މަޝްރޫއުތަކުގައި އަމަލީ ސިފަ ޖެހި ފެށިގެން ދިޔައީއެވެ. ރަށުގެ ޒުވާނުންނާއި, ކުދި ބޮޑު އެންމެންގެ އުންމީދުތަކެކެވެ. އެއްދާއިރާއެއްގައި އެންމެ ގިނަ އަދަދަކަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ އަދި އެ ދާއިރާއަކަށް ބޮޑެތި ވައުދުތައް ވަމުން އަންނަ ދާއިރާއަކަށް ހަމަ ގައިމުވެސް ކޮމަންޑު ދާއިރާ ވެގެންދާނެއެވެ.

ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ތަރައްގީގެ ބައެއް މަޝްރޫއުތައް ކުރިޔަށް ދިޔަނަމަވެސް، ރައްޔިތުން އެކަމަކަށް އެދިއެދި ތިބި ބޮޑެތި ބައެއް ކަންކަން ހުރީ ތަންފީޒީ މަރުހަލާގައެއް ނޫނެވެ. އެހެންނަމަވެސް ބައި އިލެކްޝަނާއެކު މިކަންކަމުގައި އަމަލީ ސިފަ ޖެހިގެން ގޮސްފިއެވެ. ޕްލޭންކޮށް ނުކުރެވި ހުރި ކަންކަމާއި, މިހާރުވެސް ރައްޔިތުން އެކަމަކަށް އެދިއެދި ތިބި ކަންކަންވެސް ހިމެނޭގޮތަށް ބޮޑު އެތައް މަޝްރޫއެއް ފެށިގެން ގޮސްފިއެވެ. އިންތިޚާބާ ދިމާކޮށް ސަރުކާރުގެ މައި ޕާޓީ, އެމްޑީޕީގެ މެމްބަރުންނާއި, ދައުލަތުގެ ވަޒީރުންނާއި, އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް ދަނީ އެ ދާއިރާއަށް ޒިޔާރަތް ކުރައްވަމުންނެވެ. އެއާއެކު ކޮންމެ ބައްދަލު ވުމެއްގައި ރައްޔިތުން އެދޭ ކަންކަން ރައްޔިތުން ދަނީ ހިއްސާ ކުރަމުންނެވެ.

މިގޮތުން އެންމެ ފާހގަކޮށްލެވެނީ, ދާއިރާގައި ހިމެނޭ އެންމެ ބޮޑު ރަށް ކަމުގައިވާ، ކޮމަންޑޫގެ ރައްޔިތުން އެދެމުން އައި ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވައިދޭ ބްރިޖް މަޝްރޫއެެވެ. މިއަހަރަށް ބަޖެޓް ކުރެވިފައި ނެތް މި މަސައްކަތްވެސް މިހާރު ވަނީ ފެށިފައެވެ. އެމްޑީޕީގެ ކަންޑިޑޭޓްގެ ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ޖަލްސާގައި މި މަޝްރޫއު ފަށްޓަވައި ދެއްވާނެ ކަމުގެ ޔަގީކަން ރައީސް ދެއްވިއެވެ. އެއާއެކު ހަފްތާއެއްގެ ތެރެގައި މި މަޝްރޫއު އެވޯޑް ކުރެވި, އަމަލީ މަސައްކަތް މިވަނީ ފަށާފައެވެ. މި އަހަރަށް ބަޖެޓް ކުރެވިފައި ނެތް ނަމަވެސް ބަޖެޓްގެ ތެރެއިން މި މަޝްރޫއަށް 249 މިލިއަން ރުފިޔާ ވަނީ ހަމަޖައްސަވާފައެވެ. މިއީ އައުކަމެއް ނޫނެވެ. ބަޖެޓް ރާވާފައިވަނީ, އެއިރަކަށް ބޭނުންވާ މުހިއްމު ކަންކަމަށް ބަޖެޓްގެ ތެރެއިން އެޖަސްޓް ކުރެވޭގޮތަށެވެ. ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތްވެސް ނިމިގެންދާނެއެވެ.

މީގެ އިތުރުންވެސް ކޮމަންޑޫގައި ހިއްކާފައިވާ ބިންކޮޅުން ގޯތި ދޫކުރުމާއި, އަތޮޅު ތެރޭގެ ރަށްތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއުގެ ބައެއް ކޮމަންޑޫގައި ވެސް ކުރިއަށް ގެންދިއުމަށް ނިންމުމާއި، ކޮމަންޑޫ ކައިރީގައި އޮތް ރަށްފަތި ކިޔާ ރަށެއްގައި ޓޫރިޒަމް ފެށުމާއި، ކޮމަންޑޫގެ ބަނދަރުގެ ބޭރުތޮށީގައި ކުދި ޑިންގީ އެޅޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ރަށުގެ ރައްޔިތުން އެދޭތީ މިއަހަރު އެ މަސައްކަތް ފެށުމާއި، ކޮމަންޑޫގައި އައިސް ޕްލާންޓެއް ގާއިމުކުރުމަށް އެރަށުގެ މަސްވެރިން އެދޭތީ އެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ އިތުރުން، މިއަހަރަށް މިހާރުވެސް ބަޖެޓް ކުރެވިފައިވާ، ކޮމަންޑޫ ސްކޫލު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާ ދެއްވާނެކަމަށް ޚުދު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމަންޑޫގެ ރައްޔިތުންނަށް ވައުދުވެ ވަޑައިގެންފައެވެ.

އެ ދާއިރާގެ ފޯކައިދޫގައި ފުޓްސަލް ދަނޑެއް ނެތިފައި ވަނިކޮށް، އެރަށުގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރުވަނީ ފައްޓަވާ ދެއްވާފައެވެ. މީގެ އިތުރުން ފޯކައިދޫގެ ޕޮލިސް ސްޓޭޝަނާއިި، ސިއްހީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށްވެސް ކޮމަންޑޫ ދާއިރާއަށް ރައީސް ސާލިހު ކުރެއްވި ދަތުރުފުޅުގައި ވަނީ ވިދާޅުވެފައެވެ. އަދި ފޯކައިދޫގެ ޗަކަ ބިމަށް ވެލިއަޅައި އެތަނުން ގޯތި ދޫކުރުމަށް ފޯކައިދޫ ރައްޔިތުން އެދޭތީ އެމަސައްކަތްވެސް ސަރުކާރުން މިއަހަރު ކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ އެންމެ ކުޑަ ރަށް ކަމުގައިވާ މަރޮށީގައި ބަނދަރު ހެދުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިއަހަރަށް ބަޖެޓް ކުރެވިފައިވާ، އެރަށުގެ ސިއްހީ މަރުކަޒާއި ސްކޫލުގެ ސައިންސް ލެބްގެ މަސައްކަތްތައް މިއަހަރު ފައްޓަވާ ދެއްވާނެކަމަށްވެސް ރައީސް ސާލިހުވަނީ އެމްޑީޕީގެ ބައި އިލެކްޝަން ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވައުދުވެވަޑައިގެންފައެވެ.

މިއީ ސަރުކާރުން މިދާއިރާއަށް އެކަނި ކުރަމުން އަންނަ ކަންކަމުގެ ކުރު ޚުލާސާއެކެވެ. ދެން އޮތީ, ވާދަވެރިންގެ ވައުދު ތަކެވެ. އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކުރުމަށް ނުކުންނަ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓްގެ ކެމްޕެއިނަށް ވަޑައިގެން ކުރީގެ ރައީސް ޔާމީން ވިދާޅުވީ, ޕީޕީއެމްގެ ދެން އުފެދޭ ސަރުކާރެއްގައި، ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި ކީކިމިނީ ފެކްޓްރީގެ ފައިދާ ލިބޭ ގޮތަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި އެ ދާއިރާގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވިކަމަށް ވިދާޅުވިއެވެ.

ކޮންމެއަކަސް ކޮމަންޑޫ ދާއިރާއަށް މިއޮތީ ތަރައްގީގެ އީދެއް އައިސްފައެވެ. ބައި އިލެކްޝަންތަކާ މަދުން ނޫނީ ކުރިމަތިލާން ނުޖެހެއެވެ. މަދުން ނޫނީ ކުރިމަތިލާން ނުޖެހޭ މި އިންތިޚާބުތަކާ ތަރައްގީގެ މަޝްރޫއުތަކާ ގުޅިލާމެހިފައިވާ މިންވަރު އެބަހާމަވެއެވެ. ރައްޔިތުންގެ އެތައް ދުވަހެއްގެ އުންމީދުތައް ހަގީގަތަކަށް ވެގެން އެދަނީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.

ށ.ކޮމަންޑޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2025
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

29 އެޕްރީލު 2024
ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް

ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް

26 ޖޫން 2023
ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި

ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި

28 ފެބުރުއަރީ 2023
3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ

3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ

10 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު