Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑްގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުން

ކުރިއެރުމަށް ލިބުނު ފުރުޞަތުގައި ވިޔަފާރިތަކަށް އިތުރު ގޮންޖެހުމެއް

އައު ޚިޔާލުތަކާއެކު ހާލަތަށް ފެތޭގޮތަށް ވިޔަފާރިކުރަން ދަސްކުރަންޖެހޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2022 | ބުރާސްފަތި 13:00
ގުދަނަކަށް މުދާ ވައްދަނީ

ގުދަނަކަށް މުދާ ވައްދަނީ

ރާއްޖޭގެ ވިޔަފާރިތަކަށް މި ފަހުގެ ތާރީޚުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19ގެ ބަލިމަޑުކަމެވެ. މިއީ ހަމައެކަނި ރާއްޖޭގެ ވިޔަފާރިތަކަށް ކުރިމަތިވި "ސުނާމީއެއް" ނޫނެވެ. މުޅި ދުނިޔެއަށްވެސް ވަނީ މި ބަލިމަޑުކަމުގެ ނޭދެވޭ އަސަރު ކޮށްފައެވެ. ރާއްޖެއަކީ ގިނަ ތަކެތި ބޭރު ގައުމުތަކުން އިމްޕޯޓުކޮށްގެން ވިއްކާ ގައުމަކަށް ވާއިރު، އެހެން ގައުމުތަކަށް އިޤްތިޞާދީގޮތުން ދިމާވާ ކޮންމެ ހީނަރުކަމަކާއެކު އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެއެވެ. ކޮވިޑުގެ ސަބަބުންވެސް ރާއްޖެއަށް ކަންދިމާވީ މިފަދައިންނެވެ. ބޭރު ޤައުމުތަކުން މުދާ ލިބުމުގައި ދަތިތަކާ ކުރިމަތިވީއެވެ. މިއާއެކު ލިބެންހުރި މަދު މުދާކޮޅުގެ އަގު މައްޗަށް ޖެހިލިއިރު، ބައެއް މުދާ ލިބުން އޭރު މެދުކެނޑުނުވެސްމެއެވެ.

ނުވިތާކަށް ރާއްޖޭގައި ކުރަމުން އައި ގިނަ ވިޔަފާރިތައް އޭރު ވަނީ މުޅިން ހުއްޓާލަން ޖެހިފައެވެ. މާލެ ސަރަޙައްދު ފުރަބަންދު ކުރުމާއެކު ގިނަ ވިޔަފާރިވެރީން ޖެހުނީ އަތް އުރާލައިގެން ގޭގައި ތިބޭށެވެ. އޭގެ ސަބަބުން އެވިޔަފާރިވެރިންނަށް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވެފައެވެ. ވިޔަފާރިން ލިބުނު އާމްދަނީން އަމިއްލަ ދިރިއުޅުން ބިނާކުރަމުން އައި ފަރާތްތަކަށް އެހިސާބުން ގޮތް ހުސްވީއެވެ. ގޭގެ ކުލި ދެއްކޭނެ ގޮތެއް ނެތެވެ. ފެނާއި ކަރަންޓު ބިލް ނުދެއްކިގެން އޮތީ އެޚިދުމަތްތައްވެސް ކަނޑާލާ ހިސާބުގައެވެ. ވިޔަފާރި ކުރިއަށް ނުގެންދެވުނު ނަމަވެސް އިމާރާތަށް ކުލި ދައްކަންވެސް ޖެހުނެވެ.

މި ހުރިހާ ގެއްލުމަކުން ވިޔަފާރިވެރިން ސަލާމަތްކުރުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ގިނަ އެހީތަކެއް ވެދެއްވާފައެވެ. އެގޮތުން ބިލްތައް ދައްކަން ޖެހޭ މުއްދަތު ފަސްކުރުމާއި، ބައެއް މަސްމަހުގެ ބިލްތައް ދައްކަން ނުޖެހޭގޮތަށް ނިންމުމުގެ އިތުރުން، ގިނަ އަދަދެއްގެ ލޯނުތަކެއް ވިޔަފާރިވެރީންނަށް ވަނީ ދީފައެވެ. ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތައް އެއްކޮށް ވުޖޫދުން ނުގެއްލި މިއަދު ފެންނަންހުރި ސަބަބަކީ އެއީއެވެ.

ބޮޑު ފުރަބަންދަށްފަހު ލިބުނު ލުއިތަކާއެކު ވިޔަފާރިތަކުން އަނެއްކާވެސް މަސައްކަތް ކުރަން ފެށީ ލިބުނު ގެއްލުންތަކުން އަރައިގަތުމަށެވެ. ކުޑަ އިންޓަރެސްޓެއްގައި ނަމަވެސް ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށެވެ. ލޯނަކަށްފަހު ލޯނެއް ބޮލުގައި އަޅައިގެން އޭރު އޮތީ ވަގުތީ ޚަރަދުތައް ފޫބައްދަން ޖެހިފައެވެ. އެހެންކަމުން ވިޔަފާރި އައު ހަރުފަތަކަށް ގެންދިއުމަށް ލޯނުގެ އެއްވެސް ބޭނުމެއް ނުހިފުނެވެ. މީގެ ސަބަބުން ލޯނުތައްވެސް ހަގީގަތުގައި ވެގެންދިޔައީ ގެއްލުމަކަށެވެ. އިތުރު ޚަރަދަކަށެވެ.

2020 ވަނަ އަހަރުން ފެށިގެން ވިޔަފާރިތަކުން އަންނަނީ މި ދަތިތަކާ ކުރިމަތިލަމުންނެވެ. ދެ އަހަރު ދުވަހު މިފަދަ ހާލެއްގައި އުޅުމަށްފަހު ގިނަ ބައެއްގެ އުންމީދަކަށް ވެފައިއޮތީ މިއަހަރަކީ ވިޔަފާރިތައް އަލުން ހަމަޔަކަށްއެޅި، ލިބިފައިވާ ގެއްލުންތަކުން އަރައިގަންނާނެ އަހަރެއް ކަމަށެވެ. ނަމަވެސް މި އަހަރު ފެށުމާއެކު އަނެއްކާވެސް މިވަނީ ކޮވިޑުގެ އައު ރާޅަކާ ކުރިމަތިލާން ޖެހިފައެވެ. އޮމިކްރޯން ވޭރިއެންޓާއެކު ކޮވިޑުގެ ކޭސްތަކުގެ އަދަދުތައް ގިނަވާންފެށުމާއެކު އެޗްޕީއޭން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރަމުންނެވެ. އެގޮތުން ރަސްފަންނުގައި ބާއްވަމުންދިޔަ ނައިޓް މާކެޓުވެސް ވަނީ ހުއްޓުވާފައެވެ. މީގެ ސަބަބުން ވިޔަފާރިތަކަށް ވަނީ މިލިއަނުން ގެއްލުންވެފައެވެ. ވިޔަފާރިތައް އަލުން ކޮޅަށް ޖަހަން ލިބުނު ފުރުސަތުގައި އަނެއްކާވެސް ވިޔަފާރިވެރީން ކުރިމަތިލާން މިޖެހުނީ އިތުރު މާޔޫސްކަމަކާއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ ކޮވިޑުގެ ކޭސްތައް އިތުރުވި ނަމަވެސް މީހުންގެ ހާލަތު ގޯސްވެ މަރުވާ މީހުންގެ އަދަދު ގިނަ ނުވާނަމަ ބޮޑެތި ހަރުކަށި ފިޔަވަޅުތަކެއް ނޭޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ފާއިތުވި ދެއަހަރު ތެރޭގައި ވިޔަފާރިތަކަށް އަސަރުކުރާ ނިންމުންތައް ނިންމިއިރު އެފަރާތުގެ ޚިޔާލު ނުހޯދާކަން ފާހަގަކުރިއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި މިފަދަ ނިންމުންތައް ނިންމާއިރު އެޖަމްޢިއްޔާއާވެސް މަޝްވަރާ ކުރުމަށް އެދިފައިވެއެވެ.

ކޮވިޑްގެ ޕެންޑަމިކްގައި މިހާތަނަށް ކުރި ތަޖުރިބާއިން ދަސްވި އެއް ފިލާވަޅެއް އެބައޮތެވެ. ވޭރިއެންޓަކަށްފަހު ވޭރިއެންޓެއް ފެންނަމުންދާއިރު މި ބައްޔާއެކު އުޅެން ދަސްކުރަން އެބަޖެހެއެވެ. އަދި ކޮންމެހެން މަޖުބޫރުވެގެން މެނުވީ ހަރުކަށި ފިޔަވަޅުތައް ނާޅައި، މިބަލިން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުން އެކުގައި މަސައްކަތް ކުރާން އެބަޖެހެއެވެ. އަދި ވިޔަފާރިވެރީންވެސް އައު ޚިޔާލުތަކާއެކު ވިޔަފާރި ކުރިއެރުވޭނެ އައު ގޮތްތައް ހޯދަން އެބަޖެހެއެވެ. އެއިރެއްގެ ހާލަތަށް ފެތޭން ޖެހޭނެއެވެ. ވިޔަފާރިތަކަށް މި އަނދަވަޅުން އަރައިގަނެވެން އޮތީ އޭރުންނެވެ.

ކޮވިޑް-19ވިޔަފާރި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

18 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު