Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރަށު ޚިޔާނާތުގެ މައްސަލަ

އާރަށު ޚިޔާނާތުގެ ޝަރީއަތް ލައިވް ކުރަން ޔާމީން އެދިވަޑައިގެންނެވި ނަމަވެސް، ޔޫސުފް ނައީމު އެކަމަށް އިންކާރު

ޔާމީނުގެ ގާނޫނީވަކީލުން ވަނީ މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2022 | ބުރާސްފަތި 05:52
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޤާނޫނީވަކީލުންގެ ޓީމުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޤާނޫނީވަކީލުންގެ ޓީމުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައި

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒް ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފާއިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުން ފެށުމާއެކު ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީއަތްތައް ކުރިއަށް ގެންދަންޖެހޭނެކަމަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ހާމަކަން ބޮޑު ގޮތެއްގައި ޝަރީއަތްތައް ކުރިއަށް ގެންދިއުން އޭގެ ތެރޭގައި ހިމެނޭކަމަށް ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވިއެވެ.

ޝަރީއަތްތައް ލައިވް ކުރުމަށް ދައުލަތުންވެސް އިއުތިރާޒް ނުކުރާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވެއެވެ. އަދި ސުޕްރީމް ކޯޓުގައިވެސް ކޮންމެހެން އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދަންޖެހޭ އަޑުއެހުންތައް ފިޔަވައި ދެން ހުރި އަޑުއެހުންތައް ކުރިއަށްގެންދަނީ ލައިވްކޮށްގެންކަން ފާހަގަކުރައްވައި ދައުލަތުގެ ވަކީލާ ވަނީ، ދައުލަތުން އަޑުއެހުންތައް ލައިވް ކުރުމަށް ކުރިންވެސް އެދިފައިވާނެކަން ބަޔާން ކުރައްވާފައެވެ.

މި މައްސަލައާއި ގުޅިގެން ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމު ވަނީ ޝަރީއަތްތައް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް އިއުތިރާޒު ކުރައްވާފައެވެ. އޭނާގެ ވަކީލު ވިދާޅުވީ، ލައިވްކޮށް މި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދަވާނަމަ، ޔޫސުފު ނައީމްގެ ބައި ވަކިން ކުރިއަށް ގެންދެވުމަށް އެދޭ ކަމަށެވެ.

އެކަމާއި ގުޅިގެން ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، މި މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުމާމެދު ނިންމަވާ ގޮތެއް ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދެފަރާތަށްވެސް އަންގަވާނެ ކަމަށެވެ.

މި އަޑުއެހުމުގައި ޔާމީނުގެ އިތުރުން ޔޫސުފް ނައީމްގެ ފަރާތުންވެސް ވަނީ ލިއެކިއުންތަކުގައި ހިމެނޭ ބައެއް ސީޑީތައް ނުބެލޭކަން ފާހަގަކޮށްފައެވެ. އަދި ލިއެކިއުންތައް ދިރާސާކޮށް، މަދުވާ ލިއެކިއުންތައް ހަމަ ކުރުމަށް އިތުރު ވަގުތު ބޭނުންވާކަން ޔޫސުފު ނައީމްގެ ވަކީލުން ފާހަގަ ކުރައްވައެވެ. އެގޮތުން އެބޭފުޅުން އޭނާގެ ވަކީލުންގެ ގޮތުގައި އައްޔަނުކޮށްފައިވަނީވެސް އަޑުއެހުމުގެ އެއް ދުވަސް ކުރިންކަން ވަކީލުން ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.

އެކަމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ 20 ޖެނުއަރީގެ ކުރިން ދެފަރާތުންވެސް މަދުވާ ލިއެކިއުންތައް ކޯޓަށް ހިއްސާކޮށް، ލިއެކިއުންތައް ހަމަ ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގަވާފައެވެ. އަދި 27 ޖެނުއަރީ 2022 ގައި އޮންނަ އަޑުއެހުމުގައި ދައުވާ ސާފުކޮށްދީ ދައުވާއަށް ޖަވާބުދާރީވުން އޮންނާނެކަމަށް ގާޒީ ވިދާޅުވިއެވެ. އޭގެ ފަހުން ފެބްރުއަރީ 10 ގައިވެސް މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވަވާނެކަމަށް ގާޒީ ޝަކީލް ވިދާޅުވިއެވެ.

މައްސަލައިގެ ޚުލާސާއެއް:

ޕީޖީ އޮފީހުން ބުނެފައިވަނީ މއ. ކާމިނީހުޅަނގުގެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ ކަމަށެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވ. އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު ފައިސާ، ރައީސް ޔާމީނުގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރައްވާފައިވާ ކަމަށް ބުނާ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އާރަށުގެ އަގުގެ ގޮތުގައި ލިބުނު 1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރައްވާފައިވާ ކަަމަށް ތަހުގީގު ރިޕޯޓުގައިވެއެވެ.

ވ. ތިނަދޫ ކައިރީގައި އޮތް އާރަށަކީ ޕިކްނިކް ދާ ކުޑަރަށެކެވެ. އެ ރަށަކީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަޙުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކުރިން ދީފައި އޮތް ރަށެކެވެ. އޮގަސްޓް 2015 ގައި ތަސްމީންގެ އަތުން އެރަށް އަތުލައި، ހަމަ އެ އަހަރުގެ ސެޕްޓެމްބަރު މަހު އެ ރަށް ހަވާލުކޮށްފައިވަނީ ވ. ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމާއެވެ.

ކްރިމިނަލް ކޯޓްރައީސް ޔާމީން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު