Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލަ

ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލަ: ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ގޮތެއް ނިންމާނީ މިމަހު 19ގައި

ބަންދުގައި ތިބި މީހުންގެ މައްސަލަތަކާމެދު މަހަކު ދެ އަޑުއެހުން ބޭއްވުމަށް މަސައްކަތް ކުރޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2022 | ބުރާސްފަތި 06:56
ލ. ގަމު ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗުގައި ރޯކޮށްލާފައި

ލ. ގަމު ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗުގައި ރޯކޮށްލާފައި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލައިގައި ޓެރެރިޒަމް ދައުވާ އުފުލާފައިވާ ދެމީހުންގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ، ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އިބްރާހިމް އާއި ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ މައްޗަށެެވެ. މައްސަލަ ބައްލަވަނީ ގާޒީ ސޮފްހަތު ހަބީބެވެ.

Advertisement - newsAdvertisement

ފުރަތަމަ ކުރިއަށްގެންދިޔައީ މޫސާ އިނާސްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެވެ. ބުރާސްފަތި ދުވަހު ތާވަލް ކުރެވިފައިވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަށް ގޮތެއް ކަނޑައެޅުމެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި، ކޯޓު އަމުރު މުރާޖާ ކުރުމަށް އަދި ދައުލަތުން ހުށަހަޅާފައިވާތީ އެ ބައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، ގާނޫނަށް އައި އިސްލާހާއެކު އެގާނުނުގެ 26ވަނަ މާއްދާގެ (ފ)ގެ ދަށުން ބަންދު މުރާޖާ ކުރަން ނުޖެހޭ ކަމަށެވެ. ސަބަބަކީ ހައްޔަރުކޮށް ބަންދު ކޮށްފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކަމަށްވާތީއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26ވަނަ މާއްދާގެ (ފ)ގައި ބުނެފައިވަނީ، ކުށުގެ ތުހުމަތުކުރެވޭ މީހާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ (1)ވަނަ ނަންބަރުން ފެށިގެން (4)ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ޙާލަތެއްގައި، އޭނާގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ދިފާއީ ވަކީލު ވިދާޅުވީ، ބަންދުގައި ހުންނަ މީހާގެ ހާލަތު ބަލަން ޖެހޭ ކަމަށެެވެ. ހާލަތަށް ރިއާޔަތްކޮށް ބަންދަށް ބަދަލު ގެންނަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އެކަމަށް ގާނޫނީ ހުރަހެއް އޮތްކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ. މިއާއެކު ގާޒީ ސޮފްއަތުވަނީ ގާނޫނަށް އައި ބަދަލާއެކު ޓެރަރިޒަމްގެ މައްސަލަތަކުގައި ދައުތަކުގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. ދައުުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުގެ ނިންމުމަކީ، މީގެ ފަހުން އެ ގާނޫނުގެ ދަށުން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދު މުރާޖާ ނުކުރުން ކަމަށެވެ.

ގާޒީ ވިދާޅުވީ، މި މައްސަލައިގައި އިނާސް ބަންދުކުރެވިފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގައި ކަމަށާއި، އެހެންކަމުން ބަންދު މުރާޖާ ކުރަން ހުށަހަޅަން ނުޖެހޭނެކަމަށެވެ. އެހެންނަމަވެސް ހާލަތަށް ބަދަލެއް އައިސްފިނަމަ ބަންދު މުރާޖާއަށް އެދި ލިޔުމުން ހުށަހަޅައިފިނަމަ އެ ކަން ކުރިއަށް ގެންދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އިނާސް ބުނީ، ފުލުހުން އޭނާއަށް ކުރި އަނިޔާއަށް ފަރުވާ ނުކުރެވި ވާ ކަމަށާއި، ސިއްޙީ ފަރުވާ ނުލިބޭ ކަމަށެވެ. ބައެއް ޓެސްޓްތައްވެސް ނުހެދިވާ ކަމަށެވެ. ގާޒީ ވިދާޅުވީ، ސިޓި ލިބުނު ކަމަށާއި، އޭގައި ފުލހުންގެ ފަރާތުން ޖަލު ޗެކްކުރިއިރު އަނިޔާ ލިބިފައިވާ ކަމަށް އޭގައި އިނާސް ބުނެފައިވާ ކަމަށެވެ. ބަލިހާލަތާ ގުޅޭ ކަންކަން ކަރެކްޝަނުން ނުކޮށްދޭނަމަ އެކަން ކޮށްދިނުމަށް ޝަރީއަތުން އަމުރު ކުރެވޭނެ ކަމަށެވެ. ދެން އޮންނާނީ ތަހުގީގު ކުރުން ކަމަށެވެ. ބަލި ހާލަތާ ގުޅޭ ޝަކުވާއެއް އޮތް ނަމަ އެކަން ލިޔުމުން ހުށަހެޅުމަށް ގާޒީ ވިދާޅުވިއެވެ. އެއަށްފަހު ކަރެކްޝަންގެ ބަސް ހޯދުމަށްފަހު، ގޯސްތަކެއް އުޅޭނަމަ އެޗްއާރްސީއެމްއަށް އެކަން ހުށަހަޅާނެ ކަމަށެވެ.

އިނާސް ބުނީ އަނިޔާ ލިބޭއިރު އެކަން ބަލާނެ މީހަކު ނެތް ކަމަށާއި، މި މާހައުލަކީ އެކަށީގެންވާ މާހައުލެއް ނޫން ކަމަށެވެ. އެޗްއާރްސީއެމްއިން ބެލުމަށްފަހު ވަކީލާވެސް އަދި ޝަރީއަތާވެސް ހިއްސާކޮށްފައި ނުވާ ކަމަށެވެ. ބޭސްފަރުވާގެ ކަންކަން ކުރިއަށްނުދާކަން ލިޔެކިޔުމުން ހުށަހަޅާފައިވާކަމަށް އިނާސް ބުންޏެވެ. އެއާއެކު ނުލިބި ވަނީ ކޮން ފަރުވާއެއްތޯ ގާޒީ ސުވާލު ކުރެއްވިއެވެ. އިނާސް ބުނީ، ކަކުލަަށް ލިބުނު ގެއްލުމަށް ފަރުވާ ނުލިބިވާކަމަށެވެ. މިކަމާ ގުޅިގެން ދައުލަތުގެ ވަކީލް ވިދަޅުވީ، އިނާސްގެ ޝަކުވާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ކަރެކްޝަނުން ބުނެފައިވާ ކަމަށެވެ.

އާތްރައިޓިސްގެ ވާހަކަ އިނާސް ފާހަގަކުރުމުން ގާޒީ ވަނީ ދައުލަތުގެ ފަރާތުން އޭނާގެ އާތްރައިޓިސް ހުރިތޯ ޑޮކްޓަރެއް މެދުުވެރިކޮށް ބައްލަވައިދެއްވުމަށާއި، ކަކުލަށް ލިބިފައިވާ ގެއްލުން އެނގޭ ގޮތަށް ޝަރީއަތަށް ލިޔުމެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، 200ށްވުރެ ގިނަ މައްސަލަ ސެކްޝަންގައި އެބައޮތް ކަަމަށާއި، ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް މަހަކު ދެ އަޑުއެހުން ބޭއްވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. ކުރިއަށް އޮތް 3 ނުވަތަ 4 މަސްތެރޭގައި މައްސަލަތައް ނިމިގެންދާނެ ކަމަށެވެ.

ޝަރީއަތުގެ ކުރިން ހުށައަޅާ ހުށަހެޅުމަށް ގޮތެއް ނިންމަވާނީ ޖެނުއަރީ މަހުގެ 19 (ބުދަ) ދުވަހުގެ އަޑުއެހުމުގައި ކަމަށް ގާޒީ ވިދާޅުވިއެވެ.

މިމައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ޓެރެރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް، ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލައިގައިވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަށް ޝަރީއަތަށް ވަގުތު ބޭނުންވާތީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ 13:00 ހަމަޖައްސާފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، ދެވަނަ ދައުވާގައި ދައުވާލިބޭ ދެފަރާތުންވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާފައިވަނީ ވަކިވަކިން ކަމަށެވެ. އެހެންނަމަވެސް ޝަރީއަތަށް އެރި އޮޅުމެއްގެ ސަބަބުން ދައުވާ ލިބޭ ފަރާތުގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ތައްޔާރު ކުރެވިފައިވަނީ އެއް ލިޔުމެއްގެ ގޮތުގައި ކަމަށެވެ. އެހެން ކަމުން ނިންމުން ވަކިވަކިން ތައްޔާރު ކުރުމަށް ޝަރީއަތަށް ވަގުތު ބޭނުންވާ ކަމުގައެވެ.

މޫސާ އިނާސްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ އިނާސްގެ މައްޗަށް ސާބިތު ވެއްޖެނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

އޭގެ އިތުރުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް، ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެއްވެސް އިނާސްގެ މައްޗަށް އުފުލާފައި ވެއެވެެ. މި ދައުވާ އުފުލާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިނާސް ދިރިއުޅޭ ގެ ބަލައި ފާސް ކުރި އިރު، ފެނުނު ލެޕްޓޮޕެއްގެ ހާޑް ޑިސްކް ތަހުލީލު ކުރިއިރު، ޓެރަރިސްޓް ޖަމާއަތްތައް ކަމަށްވާ، އިސްލާމިކް ސްޓޭޓް އާއި އަލްގައިދާއަށް ތާއީދު ކުރާ ކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައި ވާތީއެވެ.

ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށް ވެސް ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ ކަމަށް ދޭހަވާ އެއްޗެއް ގެންގުޅުމުގެ ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސް ކުރި އިރު ފެނުނު ހާޑް ޑިސްކެއްގައި ޖަބްޙަތުއްނުޞްރާ އާއި އަލްގައިދާއަށް ތާއީދު ކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވާތީއެވެ.

ހަމަ މި މައްސަލައިގެ ހެކި ނައްތާލާފައިވާތީ ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޢަދުލުއިންޞާފު ޤާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއަށް އޭނާ އިއުތިރާފު ވުމާއި ގުޅިގެން ވަނީ 1 އަހަރާއި 12 ދުވަހަށް ޖަލަށް ލުމަށް 6 ޖުލައި 2020 ދުވަހު ހުކުމް ކޮށްފައެވެ.

ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗުގައި އަލިފާން ރޯކޮށްލާފައިވަނީ 22 މާރޗު 2020 ދުވަހުއެވެ. ލޯންޗުތަކުގައި ރޯކޮށްލުމުގެ ޒިންމާ އިސްލާމިކް ސްޓޭޓުން ނަގާފައިވާ އިރު، މިއީ ބޭރުގެ ޓެރަރިސްޓު ޖަމާއަތަކުން ރާއްޖޭގައި ދިން މިފަދަ ފުރަތަމަ ހަމަލާއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު