Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރަށުގެ ޚިޔާނާތުގެ މައްސަލަ

އާރަށުގެ މައްސަލާގައި ޔާމީނަށް ކުރާ ދައުވާގެ ދެވަނަ އަޑުއެހުން ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި

12 ޖެނުއަރީ 2022 | ބުދަ 16:29

އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30ގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖެނުއަރީ 2022 | ބުދަ 16:29
ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން

އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒް ބޭނުންކޮށް ރިޝްވަތު ނެގި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން ބުރާސްފަތި ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30ގައެވެ. ޔާމީންގެ މައްޗަށް އުފުލާފައިވަނީ ވ. އާރަށުގެ މައްސަލާގައި ރިޝްވަތު ނެގުމުގެ ކުށާއި މަނީ ލޯންޑްރިންގގެ ކުށެވެ. އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހުއެވެ. މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން ވަނީ މއ. ކާމިނީހުޅަގުގެ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްއާއި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން، އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޔާމީންގެ މައްޗަށް 2 ދައުވާއެއް އަދި ނައީމްގެ މައްޗަށް 1 ދައުވާ އުފުލާފައެވެ. ޔޫސުފް ނައީމްގެ ޝަރީއަތުގެ އަޑުއެހުން ވެސް 9:30ގައި ކުރިޔަށް ގެންދިޔުމަށް ވަނީ ތާވަލުކޮށްފައެވެ.

މިމައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މިމައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލު ވަނީ ދައުވާ ލިބޭ ފަރާތްތަކަށް ހައްގުތައް ލިބިދީފައިވޭތޯ ކަށަވަރު ކުރައްވާފައެވެ. ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުން އެދުވަހު ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ، މައްސަލައިގެ ބައެއް ލިއެކިއުންތައް ލިބިފައިވަނީ އަޑުއެހުން އޮތް ދުވަހު ކަމަށްވުމާއެކު، ލިއެކިއުންތައް ހަމަތޯ ބަލައި ދިރާސާ ކޮށްލުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ބުނެފައެވެ.

އޭގެ އިތުރުން، ދައުވާލިބޭ ޔޫސުފް ނައީމް ވަނީ މައްސަލައާ ގުޅިގެން ކުރިއަށް ދިއުމަށް ވަކީލަކު ބޭނުންވާކަމަށް ބުނެފައެވެ. އެއާއެކު މައްސަލަ ބައްލަވާ ގާޒީ ޝަކީލު ވަނީ ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

މި އަޑުއެހުމުގައި ގާޒީ ޝަކީލު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދެފަރާތަށް ލިބިގެންވާ ގާނޫނީ ހައްގުތައް ސާފުކޮށްދެއްވާފައެވެ. އަދި ލިއެކިއުންތައް ލިބިފައިވާކަން ކަށަވަރު ކުރުމަކީވެސް ލިބެންޖެހޭ ހައްގަކަށްވާއިރު، ދެން އޮންނަ އަޑުއެހުމަކަށް އެކަންކަން ކަށަވަރު ކުރެއްވުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

އަދި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހާއި 27 ވަނަ ދުވަހު ދެ އަޑުއެހުމެއް ބާއްވަވާނެކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވ. އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު ފައިސާ، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާފައިވާ ކަމަށް ބުނާ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އާރަށުގެ އަގުގެ ގޮތުގައި ލިބުނު 1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާފައިވާ ކަަމަށް ތަހުގީގު ރިޕޯޓުގައިވެއެވެ. ރައީސް ޔާމީންގެ މައްޗަށް މިފަހަރު ކޮށްފައިވަނީ ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ތުހުމަތުގެ ދައުވާއެވެ.

ވ. ތިނަދޫ ކައިރީގައި އޮތް އާރަށަކީ ޕިކްނިކްދާ ކުޑަރަށެކެވެ. އެ ރަށަކީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކުރިން ދީފައި އޮތް ރަށެކެވެ. އޮގަސްޓް 2015ގައި ތަސްމީންގެ އަތުން އެރަށް އަތުލައި، ހަމަ އެ އަހަރުގެ ސެޕްޓެމްބަރު މަހު އެ ރަށް ހަވާލުކޮށްފައިވަނީ ވ. ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްއާއެވެ.

ރައީސް ޔާމީނާ ގާތް ގުޅުމެއް އޮންނަ ޔޫސުފް ނައީމަށް އެރަށް ހަވާލުކުރިތާ އެއް މަސްތެރޭގައި ބޭރުގެ ކުންފުންޏަކަށް ރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު އެޗްއެސްބީސީގައި އޮންނަ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާފައިވާ ކަމަށް ވެއެވެ.

ރައީސް ޔާމީން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
04 އޮކްޓޯބަރު 2024

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
30 އޯގަސްޓު 2024

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު
21 މާރިޗު 2024

ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް

21 މާރިޗު 2024
ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް
24 ޑިސެމްބަރު 2023

ތިޔަހެން ނުހައްދަވާށޭ އިނގޭތޯ ވެރީ ސޮރީ!

24 ޑިސެމްބަރު 2023
ތިޔަހެން ނުހައްދަވާށޭ އިނގޭތޯ ވެރީ ސޮރީ!
22 ނޮވެމްބަރު 2023

ރައީސް ޔާމީންގެ އިރުޝާދަށް ސްޓިއަރިން ކޮމިޓީއަކުން ޕީޕީއެމް ހިންގުމާ ހަވާލުވެއްޖެ

22 ނޮވެމްބަރު 2023
ރައީސް ޔާމީންގެ އިރުޝާދަށް ސްޓިއަރިން ކޮމިޓީއަކުން ޕީޕީއެމް ހިންގުމާ ހަވާލުވެއްޖެ
06 އޮކްޓޯބަރު 2023

އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތުނުދީ މަސައްކަތްކުރީ ޔާމީންގެ ހައްގުގައި ކަމަށް ވިދާޅުވެ އާދަމް ޝަރީފް ޔާމީނަށް ރައްދުދެއްވައިފި

06 އޮކްޓޯބަރު 2023
އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތުނުދީ މަސައްކަތްކުރީ ޔާމީންގެ ހައްގުގައި ކަމަށް ވިދާޅުވެ އާދަމް ޝަރީފް ޔާމީނަށް ރައްދުދެއްވައިފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް