Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2 ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު

ކޮމަންޑޫ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއަށް

12 ޖެނުއަރީ 2022 | ބުދަ 13:33

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 2.5 މިލިއަން ރުފިޔާއަށް

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖެނުއަރީ 2022 | ބުދަ 13:33
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ށ. ކޮމަންޑޫ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަންވަރު އަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

Advertisement - newsAdvertisement

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 2.5 މިލިއަން ރުފިޔާ އަށެވެ.

މިމަޝްރޫއުގެ ދަށުން ކޮމަންޑޫގައި 1690 މީޓަރުގެ މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމާއި، 1520 މީޓަރުގެ ބޮޑު ހިލައިގެ ތޮށި، ޖުމްލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން 200 މީޓަރު ދިގުމިނުގެ ލަންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލުމާއެކު، މިމަސައްކަތަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުން ހިމެނެއެވެ.

ކޮމަންޑޫއަކީ ބިން ފުރިފައިވާ ރަކަށްވުމާއެކު މީގެ ކުރިން ކޮމަންޑޫގައި ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއް ހިންގާފައިވެއެވެ. ނަމަވެސް ކޮމަންޑޫ އޮންނަ ފަޅުގެ ސަބަބުން ކޮމަންޑޫއަށް އެކި ފަހަރު މަތިން ރާޅުއަރައި، ހިއްކާފައިވާ ބިން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުން ނުކުރެވިފައެވެ.

އެހެންކަމުން މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކޮމަންޑޫގައި މިހާރު ގާއިމުކޮށްފައިވާ ތޮށި މަރާމާތުކޮށް، ކޮމަންޑޫގެ ބިން ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ބިމަކަށް ހެދޭނީ އިތުރަށް ބިން ހިއްކައިގެން ކަމަށްވާތީ މަތިކޮމަންޑޫއިން ބައެއް ހިއްކާ މަތިކޮމަންޑޫއާ ކޮމަންޑޫއާ ދެތެރޭ ފާލަމުގެ ލިންކަކުން ގުޅާލުމަށް ރޭވިގެން ދިޔައެވެ.

ށ.ކޮމަންޑޫ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2025
ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން
29 އެޕްރީލު 2024

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

29 އެޕްރީލު 2024
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
26 ޖޫން 2023

ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް

26 ޖޫން 2023
ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް
28 ފެބުރުއަރީ 2023

ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި

28 ފެބުރުއަރީ 2023
ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި
10 ޖެނުއަރީ 2023

3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ

10 ޖެނުއަރީ 2023
3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ
10 ޖުލައި 2022

އަކީޑް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ބާރަނައާއި ކަޅުއޮށްފުންމިއަށް

10 ޖުލައި 2022
އަކީޑް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ބާރަނައާއި ކަޅުއޮށްފުންމިއަށް
07 ޖުލައި 2022

ކޮމަންޑޫ އަކީޑް ކިޑްސް ފިއެސްޓާގެ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ޔަގީންވެއްޖެ

07 ޖުލައި 2022
ކޮމަންޑޫ އަކީޑް ކިޑްސް ފިއެސްޓާގެ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ޔަގީންވެއްޖެ
04 ޖުލައި 2022

ދެ މުބާރާތް ހިމެނޭ ކިޑްސް ފިއެސްޓާއެއް ކޮމަންޑޫގައި ފަށައިފި

04 ޖުލައި 2022
ދެ މުބާރާތް ހިމެނޭ ކިޑްސް ފިއެސްޓާއެއް ކޮމަންޑޫގައި ފަށައިފި
01 އެޕްރީލު 2022

ކޮމަންޑޫގެ އިހުތިސާސް ތެރޭގައި މަތިކޮމަންޑޫ ހިމަނައިފި

01 އެޕްރީލު 2022
ކޮމަންޑޫގެ އިހުތިސާސް ތެރޭގައި މަތިކޮމަންޑޫ ހިމަނައިފި
21 ފެބުރުއަރީ 2022

ފެނަކަ ސީއެސްއާރުގެ ދަށުން ކޮމަންޑޫގެ މިސްކިތްތަކަށް އޭސީ ހަދިޔާކޮށްފި

21 ފެބުރުއަރީ 2022
ފެނަކަ ސީއެސްއާރުގެ ދަށުން ކޮމަންޑޫގެ މިސްކިތްތަކަށް އޭސީ ހަދިޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް