Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން

ބައި އިލެކްޝަންގެ ކެމްޕެއިނުގައި، އިންތިޚާބަށް ނުރަނގަޅު ނުފޫޒުފޯރާފަދަ ކަންކަން ކުރާކަމުގެ ޝަކުވާ ލިބޭ: އީސީ

ބައި-އިލެކްޝަންސްތަކާ ގުޅިގެންވެސް ޝަކުވާ ހުށަހަޅާނެ ނިޒާމެއް ޤާއިމުކޮށް، 2021 ޑިސެންބަރ 16 ވަނަ ދުވަހު ވަނީ އިޢުލާނުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ޖެނުއަރީ 2022 | ހޯމަ 13:40
އިންތިޚާބާބެހޭ މަރުކަޒު

އިންތިޚާބާބެހޭ މަރުކަޒު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ކުރިޔަށްދާއިރު މިފަހަކަށް އައިސް ކެމްޕޭން ޙަރަކާތްތައް ހިންގުމުގައި އިންތިޚާބަށް ނުރަނގަޅު ނުފޫޒު ފޯރާފާނެ ފަދަ ކަންކަން ކުރަމުންދާކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަ(އީސީ)އަށް ނުރަސްމީކޮށް ލިބެމުންދާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ކޮންމެ އިންތިޚާބަކާ ގުޅިގެން ޝަކުވާހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރެވެމުން ދާއިރު، ފެބްރުއަރީ 5ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންސްތަކާ ގުޅިގެންވެސް ޝަކުވާ ހުށަހަޅާނެ ނިޒާމެއް ޤާއިމުކޮށް، 2021 ޑިސެންބަރ 16 ވަނަ ދުވަހު ވަނީ އިޢުލާނު ކުރެވިފައިކަމަށް އީސީން ބުނެއެވެ. ކެމްޕޭން ޙަރަކާތްތައް ހިންގުމުގައި އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެ ކަމެއް ނުކުރުމަށް އީސީން ހުރިހާ ސިޔާސީ ޕާޓީތަކަށާއި ހުރިހާ ކެންޑިޑޭޓުންނަށާއި ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކަށް ވަނީ އަންގާފައެވެ. އަދި އެއްވެސް ޝަކުވާއެއް އޮތްނަމަ، އެކަމަށް ކަނޑައެޅިފައިވާ ފޯމުން އީސީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

Advertisement - newsAdvertisement

ފެބްރުއަރީ 5ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންސްތަކުގެ ކެމްޕޭން ޙަރަކާތްތައް، އިންތިޚާބުތަކާބެހޭ ޤާނޫނުތަކާއި ޤަވާޢިދުގެ ތެރެއިން، ސުލޫކީ މިންގަނޑާ ޚިލާފު ނުވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށްވެސް އީސީން ވަނީ އިލްތިމާސްކޮށްފައެވެ. ކެމްޕޭނު ޙަރަކާތްތައް ހިންގުމުގައި އެއްވެސް ސިޔާސީ ޕާޓީއަކުން ނުވަތަ އެއްވެސް ކެންޑިޑޭޓަކު ތަމްސީލުކުރާ ފަރާތަކުން އަނެއް ކެންޑިޑޭޓުގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެއްކަމަށްވެސް އީސީން ބުނެއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވާދަކުރަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ރާޝިދާއި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުޙީ އާދަމް އަދި އެމްއެންޕީގެ ކެންޑިޑޭޓް ޢަބްދުލް ޙަންނާނު އިދުރީސެވެ. ހުރިހާ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފަށާފައިވާއިރު ކެމްޕެއިންތައް ދަނީ ފޯރިއާއެކު ކުރިޔަށެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުވަރީ 5ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10ވާ ބުރާސްފަތި ދުވަހުއެވެ.

ކޮމަންޑޫ ބައި އިލެކްޝަން

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2022

އިންތިޚާބާ ގުޅޭ 9 ޝަކުވާއެއް ހުށަހަޅާފައިވޭ، އެއްވެސް މައްސަލައެއްގައި ހެއްކެއް ނެތް: ފުއާދު

08 ފެބުރުއަރީ 2022
އިންތިޚާބާ ގުޅޭ 9 ޝަކުވާއެއް ހުށަހަޅާފައިވޭ، އެއްވެސް މައްސަލައެއްގައި ހެއްކެއް ނެތް: ފުއާދު
07 ފެބުރުއަރީ 2022

ކޮމަންޑޫ ބައި އިލެކްޝަން- ދާއިމީ ނަތީޖާއިންވެސް ކާމިޔާބު ހޯއްދެވީ ރާޝިދު

07 ފެބުރުއަރީ 2022
ކޮމަންޑޫ ބައި އިލެކްޝަން- ދާއިމީ ނަތީޖާއިންވެސް ކާމިޔާބު ހޯއްދެވީ ރާޝިދު
06 ފެބުރުއަރީ 2022

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ހޯމަ ދުވަހު

06 ފެބުރުއަރީ 2022
އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ހޯމަ ދުވަހު
06 ފެބުރުއަރީ 2022

ނާކާމިޔާބުވި ފަރާތްތަކާއި، ކާމިޔާބުވި ފަރާތްތަކާއި، ބެލެނިވެރި ފަރާތްތަކާއި، ފާޑުކިޔާ ފަރާތްތައް

06 ފެބުރުއަރީ 2022
ނާކާމިޔާބުވި ފަރާތްތަކާއި، ކާމިޔާބުވި ފަރާތްތަކާއި، ބެލެނިވެރި ފަރާތްތަކާއި، ފާޑުކިޔާ ފަރާތްތައް
06 ފެބުރުއަރީ 2022

ހަމަހަމަކަމާއެކު އިންތިޚާބު ބޭއްވުމަށް ހުރި ގޮންޖެހުންތައް ހައްލުކުރަންޖެހޭ: އެމްއެންޕީ

06 ފެބުރުއަރީ 2022
ހަމަހަމަކަމާއެކު އިންތިޚާބު ބޭއްވުމަށް ހުރި ގޮންޖެހުންތައް ހައްލުކުރަންޖެހޭ: އެމްއެންޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު