Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފޮތް ކިޔަން އާދަކުރުން

ދިމާވާ ކޮންމެ ފަހަރަކު ހަދިޔާ ދޭ ރަހުމަތްތެރިޔާއާ ގާތްވުން ބުއްދިވެރި!

11 ޖެނުއަރީ 2022 | އަންގާރަ 08:54

ފޮތް ލިޔުމަަށް ޒުވާނުންގެ ޝައުގުވެރިކަން އުފެއްދުމަށް އެމްއެންޔޫއން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖެނުއަރީ 2022 | އަންގާރަ 08:54
ފޮތް ކިޔުން އާދަކުރަންޖެހޭ

ފޮތް ކިޔުން އާދަކުރަންޖެހޭ

އެ ރަހުމަތްތެރިޔާއާ ބައްދަލުކޮށްލާ ކޮންމެ ފަހަރަކު ހަދިޔާއެއް ދޭނެވެ. ހަދިޔާއެއް ނުދީ ހަމަޔަގީނުން ވެސް ނުދާނެއެވެ. އެ ރަހުމަތްތެރިއަކީ އެންމެ ގާތް ރަހުމަތްތެރިއާ ކަމުގައި ހަދައިފިކަމުގައިވާނަމަ ތިމާއަށް ލިބޭ ލާބަޔާ މަންފާ ވަރަށްވެސް ބޮޑެވެ. ސިކުނޑި ހުޅުވި، އެތައް މައުލޫމާތެއް ލިބިގެންދެއެވެ. ނޭނގޭ އެތައް ކަމެއް ދަސްވެގެންދެއެވެ. އެއީ ފޮތެކެވެ. ފޮތެއް ކިޔައިފިއްޔާ ކޮންމެ ފަހަރަކުވެސް ކޮންމެވެސް އައު އެއްޗެއް އެނގޭނެއެވެ. އައު ވިސްނުންތައް ވިސްނެމުންދާނެއެވެ. ނަމަވެސް ދެރައީ މިހާރު އެރަހުމަތްތެރިޔާ މަތިން ހަނދާންނެތި، އެރަހުމަތްތެރިޔާއާ ގިނަ ޒުވާނުން މިއަދު ދުރުވާތީއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ހާމަކުރާ ގޮތުގައި މިހާރުގެ ޒުވާނުން ފޮތް ކިޔުމާއި ވަރަށް ދުރެވެ. ލައިބްރަރީއަށް ވަދެ ފޮތް ކިއުމުގައި ވަގުތު ހޭދަ ކުރާ ނިސްބަތްވެސް ވަރަށް މަދެވެ. އެކަން ލައިބްރަރީން ފޮތް ނަގާ ދަރިވަރުންގެ ތަފާސްހިސާބުތަކަށް ބަލާލުމުން ހާމަވެގެންދެއެވެ. އާއްމު ގޮތެއްގައި ފޮތް ނަގައިގެން ކިޔުމުގައި ހޭދަކުރަނީ އެސައިންމެންޓްތައް ޑިއުވާ ދުވަސްވަރެވެ. އޭގެ ކުރިން ލައިބްރާރީން ފޮތެއް ނަގާނެ ދަރިވަރަކު މަދުވާނެއެވެ. މީގެ އިތުރުން ގައުމީ ކުތުބުޚާނާގެ އޮފިޝަލެއް ވިދާޅުވީ ގިނައިން ފޮތް ކިޔުގައި ހޭދަކުރަނީ ސްކޫލު ދަރިވަރުންނެވެ. އެއީވެސް ގިނަ ފަހަރަށް ސްކޫލުތަކުން އިންތިޒާމްކޮށްގެން ނަގާ ޚާއްސަ ސެޝަންތަކުގައެވެ.

ލައިބްރަރީގައި ވަގުތު ހޭދަކޮށްގެން ފޮތް ކިޔާ ޒުވާނުންގެ އަދަދު މަދުވަމުންދާތީ މިހާރު އޮންލައިންކޮށް ފޮތް ނަގައިގެން ކިޔޭނެ ގޮތަށް ވަނީ މަގުފަހިކޮށްދީފައެވެ. އެމްއެންޔޫ އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމްއިން) އޮންލައިންކޮށް ފޮތް ކިޔޭނެއެވެ. ނަމަވެސް ނިސްބަތުން މިހާރު ބޮޑެތި ޒުވާނުން ފޮތާއި ދުރުކަމަށް ތައުލީމު ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.

ފޮތް ކިޔުމާއި ދުރުވުމުގެ އިތުރުން ދިވެހި ފޮތް ލިޔުން ވެސް މަދެވެ. ބޭރުގެ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރުން ވެސް ނިސްބަތުން މަދެވެ. އެކަމުގެ ދަތިކަން މިއަދު މަތީ ކޯސްތަކުގެ ދަރިވަރުން ވަރަށް ރަނގަޅަށް ތަޖުރިބާ ކުރާނެއެވެ. އެއީ ރިސާޗަށް މައުލޫމާތު ހޯދާއިރު، ދިވެހި ބަހުން ލިޔެފައިވާ ފޮތްތައް މަދުކަމުންނެވެ. ދުރުވިސްނުމަކުން ވިސްނާނަމަ މިއީ މުޅި ގައުމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ދިވެހި ބަހަށްވެސް މެއެވެ.

މިކަން ހައްލު ކުރުމުގެ ގޮތުން މިހާރު އެމްއެންޔޫއިންް ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި އާލާކޮށް ދިރުވުމަށް، ޔުނިވަރސިޓީން ވަނީ "ބުކް ރައިޓިންގ ގްރާންޓްސް" ތައާރަފްކޮށްފައެވެ. އެމްއެންޔޫއިން ބުނީ ފުރަތަމަ ފަހަރަށް ފޮތް ލިޔުމަށް ދެވޭ ގްރާންޓް 14 ފަރާތެއް ހާސިލްކޮށްފައިވާ ކަމަށެވެ. އެމްއެންޔޫއިން ބުނީ ބުކް ރައިޓިން ގްރާންޓްސްއަށް 23 ފަރާތަކުން ޕްރޮޕޯޒަލް ހުށަހެޅި ނަމަވެސް އެ ޕްރޮޕޯޒަލްތައް ޔުނިވަރސިޓީގެ ބުކް ރައިޓިންގ ގްރާންޓްސް ކޮމިޓީން ރިވިއު ކުރެއްވުމަށް ފަހު 14 ފަރާތަކަށް އެއް މިލިއަން ސާޅީސް އަށް ހާސް ދުއިސައްތަ ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފޮތް ލިޔުމާއި ކިޔުމަށް ޝައުގުވެރިކަން އުފެއްދުމަށް އިތުރު މަސައްކަތްތައް ކުރާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ބެލެވެއެވެ.

މުއައްސަސާތަކުން އެކި ލެވަލްގައި މަސައްކަތް ކުރި ނަމަވެސް މިމައްސަލައަށް ހައްލު ލިބިގެން ދާނީ މިއަދުގެ ޒުވާނުން ފޮތް ކިޔުމަށާއި، ފޮތް ލިޔުމަށް ޝައުގުވެރިވެގެންނެވެ. އެ މަސައްކަތަށް ވަގުތު ހުސްކޮށްގެން ނެއެވެ. ދިރާސާތަކުން ދައްކާ ގޮތުން ފޮތާއި ދުރުވުމަކީ ތިމާއަށް އެކަމުގެ ގެއްލުން ވަރަށް ބޮޑަށް ލިބޭނެ ކަމެކެވެ. މީހަކު ކިތަންމެ މަސައްކަތެއް ކޮށްދިނަސް އިންސާނާ ވިސްނައި ދެނެގަންނަން ބޭނުންވާ މައުލޫމާތެއް މެނުވީ އޭނާގެ ސިކުނޑިއަކަށް ނުވިސްނޭނެއެވެ. މިއީ އިންސާނުންގެ ތަބީއަތެވެ. އިލްމާއި މައުލޫމާތު ހޯދުމުގައި އިންސާނާއަށް އެންމެ އެހީތެރިވާ ވަސީލަތަކީ ލިޔެފައިވާ ލިޔުންތަކާއި ފޮތްތައް ކަމަށްވާއިރު، ފޮތް ކިޔުމަކީ މީހާގެ ވިސްނުން ތޫނުކޮށްދީ ސިކުނޑި ތަނަވަސް ކޮށްދޭ ކަމެކެވެ. ކުޑަކުއްޖެއް، ޒުވާނެއް ނުވަތަ މުސްކުޅިއެއް ކަމުގައި ވިޔަސް ފޮތް ކިޔުމުން އެމީހަކު އިލްމީ ގޮތުން މުއްސަނދި ކޮށްދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފޮތް ކިޔުމުން ތިމާގެ އުފެއްދުންތެރިކަން އިތުރުކޮށްދެއެވެ. އާދަކޮށް ފޮތް ކިޔާނަމަ ތިމާގެ ޚިޔާލު ތަނަވަސްވެ، އުފެއްދުންތެރިކަން އިތުރު ހަރުފަތްތަކަށް ގެންގޮސް ދެއެވެ.

ފޮތް ކިޔުމަކީ އައުބަސްތަކަށް ތިމާ އަހުލުވެރިވެ މީހުންނާ މުއާމަލާތުކުރުމުގައި ވަރަށް ބޮޑަށް ފަސޭހަވާ ކަމެކެވެ. ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރާ މީހެއް ކަމުގައިވީ ނަމަވެސް ފޮތް ކިޔައި ތިމާގެ ބަސްކޮށާރު މުއްސަނދި ކުރަންޖެހެއެވެ. އެއީ ތަފާތު ބަސްތައް ބޭނުން ކުރުމަކީ ދައްކާ ވާހަކައިގެ ފަށުވިކަމާއި ބަލާޣާތްތެރިކަން އިތުރުވެ އަޑުއަހާ މީހުންގެ ސަމާލުކަން ލިބޭނެ ކަމަކަށްވާތީއެވެ.

މީގެ އިތުރުން ފޮތަކީ މާޔޫސްކަމާއި ނުތަނަވަސްކަމުން ވެސް ދުރުކޮށްދޭ ބާރުގަދަ ހަތިޔާރެކެވެ. އެއީ ފޮތް ކިޔުމުން ބޭކާރު ފިކުރުތަކާއި ޚިޔާލުތަކުން ދުރުކޮށްދޭތީއެވެ. މާހިރުން ވިދާޅުވާ ގޮތުގައި ނިދަން އުނދަގޫވާ މީހުންނަށް ފޮތަކީ ނިދާ ބޭހެކެވެ. އެއީ ފޮތް ކިޔުމުން ނިދަން ފަސޭހަވެ، ހަށިގަނޑު "ރިލެކްސް" ކޮށްލައެވެ. އަދި އަރާމު ކުރުމުގެ ވަގުތު ޖެހިއްޖެކަމަށް ލޮލުން ސިކުނޑިއަށް މެސެޖް ފޮނުވައިދެއެވެ. ފޮތުގެ ބަދަލުގައި ސްކްރީނަށް ބެލުމުން އެކަމުން ލޮލަށާއި، ސިކުނޑިއަށް ނޭދެވޭ އަސަރުކުރުވައެވެ. އަދި އޭގެ އަލިކަމަކީ ނިންޖާ ދުރުކޮށްދޭ އައްޔެކެވެ.

ހުރިހާ ގޮތަކަށް ނަމަވެސް ފޮތަކީ ތިމާއަށް އެންމެ ފައިދާ ކުރާނެ ވަސީލަތެވެ. އެހެންކަމުން ތިމާގެ އެންމެ ގާތް އެކުވެރިޔާއަށް ފޮތް ހަދާކަށް ނުވޭތޯއެވެ. އައު އުންމީދަކާއި، އައު އަޒުމަކާއެކު މާދަމާގެ ކާމިޔާބަށް ފޮތް ވަރަށް މުހިންމެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
25 އެޕްރީލު 2024

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި
28 ޑިސެމްބަރު 2023

ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި

28 ޑިސެމްބަރު 2023
ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
05 ޑިސެމްބަރު 2023

ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު

05 ޑިސެމްބަރު 2023
ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު
23 ނޮވެމްބަރު 2023

އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު

23 ނޮވެމްބަރު 2023
އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު
04 ނޮވެމްބަރު 2023

ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި

04 ނޮވެމްބަރު 2023
ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް