Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތް ރަނގަޅުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކޮށް، ރައްކާތެރި ހިތްހަމަ ޖެހޭ މާހައުލެއް ގާއިމުކުރަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2022 | އާދީއްތަ 11:19
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

ދައުލަތުގެ ބެލުމުގެ ދަށުން ކ. ގުރައިދޫގައި ބަލަހައްޓަމުން ގެންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން، އޭޖްޑް ކެއަރ މޯލްޑިވްސްއާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގއެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީއެވެ. އޭޖްޑް ކެއަރ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އެންޑް ފައުންޑަރ ޑރ. އާމިނަތު ޖަމީލްއެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، އެމީހުން ބެލެހެއްޓުމަށް ތިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ހަމަޖެހިފައިވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިފަދަ ޕްރޮގްރާމަކީ ހުރިހާ ފަރާތްތަކަށްވެސް ނުހަނު ބޭނުންތެރި ޕްރޮގްރާމެއް ކަމަށްވުމާއެކު، އޭޖްޑް ކެއަރއާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުންދޭ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށްގެން އޭޖްޑް ކެއަރއިން މިފަދަ ކަމެއް ކުރިއަށްގެންދަން ނިންމީތީ އޭޖްޑް ކެއަރ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އެންޑް ފައުންޑަރ، ޑރ. އާމިނަތު ޖަމީލަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

އޭޖްޑް ކެއަރ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އެންޑް ފައުންޑަރ، ޑރ. އާމިނަތު ޖަމީލް ވިދާޅުވީ މި އެމް.އޯ.ޔޫގެ ދަށުން، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިންވެސް ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމަކީ ނުހަނު ބޭނުންތެރި ޕްރޮގްރާމަކަށްވާއިރު، މިއީ ރަނގަޅު ފެށުމެއް ކަމަށް ޑރ. އާމިނަތު ޖަމީލް ވިދާޅުވިއެވެ. އަދި މިކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ދެއްވި ފުރިހަމަ އެއްބާރުލުން ފާހަގަކޮށް ޑރ. އާމިނަތު ޖަމީލް ވަނީ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީއަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

މިރަސްމިއްޔާތުގައި ކ. ގުރައިދޫ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޔޫޝައު ޝިހާން ވިދާޅުވީ މި އެމްއޯޔޫގެ ސަބަބުން، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންނަށް ސެޓިފައިޑް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގިގެން ދިއުމަކީ އެފަރާތްތަކަށް ލިބިގެންދާނެ ނުހަނު ބޮޑު ކުރިއެރުމެއް ކަމަށެވެ. ސަބަބަކީ މިހާތަނަށް އައި އިރުވެސް މިދާއިރާއިން މިފަދަ އެއްވެސް ޕްރޮގްރާމެއް ހިންގިފައި ނެތުމާއެކު، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރައްވާ ފަރާތްތަކުންވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަމަ އެކަނި އެމުވައްޒަފުންނަށް ލިބިފައި ހުރި ތަޖްރިބާގައި ކަމަށް ޝިހާން ވިދާޅުވިއެވެ. އެހެންކަމުން މިއީ ވަރަށް ރަނގަޅު ފެށުމެއްކަން ފާހަގަކުރައްވަމުން، އޭޖްޑް ކެއަރއާއެކު ގާތުން މަސައްކަތް ކުރަން ފުރުސަތު ލިބިވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު އުފަލަކަށްވާއިރު، އެފަރާތަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

މި އެމް.އޯ.ޔޫ.ގެ މައިގަނޑު މަގުސަދަކީ، ކ. ގުރައިދޫގައި ހުންނަ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކޮށް، ރައްކާތެރި ހިތްހަމަ ޖެހޭ މާހައުލެއް ގާއިމުކުރުމުގައި އެހީތެރިވުމެވެ. މި އެމް.އޯ.ޔޫ.ގެ ދަށުން، ދެ ފަރާތް ގުޅިގެން ހިންގާ ހަރަކާތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ހަރަކާތްތަކަކަށް ހެދުމަށްޓަކައި ދެ ފަރާތުން އެއްބަސްވެވޭ ކަންކަމުގެ ތެރޭގައި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ކެއަރ ގިވަރސްގެ ހުނަރު އިތުރުކުރުމަށް، ކޮންމެ 4 މަހަކުން އެއްފަހަރު ތަމްރީން ޕްރޮގްރާމް ހިންގުމާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާއި މަޝްވަރާކޮށް ފިޒިއޮތެރަޕީ/ ކަސްރަތު އަދި އެހެނިހެން ހަރަކާތްތައް ގަވާއިދުން ހިންގޭނެ ސްކެޑިއުލް ހެދުމުގައި އެހީތެރިވެދިނުމާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ރެކްރިއޭޝަންގެ ހަރަކާތް ރޭވުމުގައި އެހީތެރިވެދިނުމުގެ އިތުރުން ޑައިޓީޝަނެއްގެ އެހީގައި، ފައިދާ ހުރި ޑަޔަޓް ޕްލޭނެއް ހެދުމާއި ކޮންމެ 3 މަހަކުން ރިވިއު ކުރުން ފަދަ ކަންކަން ވަނީ ހިމަނާފައެވެ.

1 އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެމް.އޯ.ޔޫގެ ދަށުން، އެ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކޮށް ރައްކާތެރި ހިތްހަމަޖެހޭ މާހައުލެއް ގާއިމުކުރެވޭނެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރޖެންޑަރ މިނިސްޓްރީކ. ގުރައިދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ގުރައިދޫގެ ހޭންޑްބޯޅަ ކޯޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢެއް

ގުރައިދޫގެ ހޭންޑްބޯޅަ ކޯޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢެއް

05 ފެބުރުއަރީ 2025
ކ. ގުރަައިދޫ ގައި މަރުވި 4 މަހުގެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޑިއާއަށް ފޮނުވައިފި

ކ. ގުރަައިދޫ ގައި މަރުވި 4 މަހުގެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޑިއާއަށް ފޮނުވައިފި

18 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު