Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހާލަންޑް ހޯދަން މަސައްކަތްކުރުން

ހާލަންޑް ހޯދުމުގެ ރޭހުގެ ކުރީގައި ބާސެލޯނާ

ހާލަންޑް ދެން ފެންނާނެ ހަތަރު ކްލަބެއްގެ ނަން ވަނީ ހާމަކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 8 ޖެނުއަރީ 2022 | ހޮނިހިރު 14:31
ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ފޯވާޑް އާލިން ބްރައުޓް ހާލަންޑް

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ފޯވާޑް އާލިން ބްރައުޓް ހާލަންޑް

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅޭ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑްގެ ސޮއި ހޯދުމުގެ ރޭހުގެ ކުރީގައި މިވަގުތު އޮތީ ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނޯވޭގެ ޒުވާން ތަރި މި ސީޒަނަށްފަހު ޑޯޓްމުންޑު ދޫކޮށްލާނެކަމަށް ބެލެވިފައިވާއިރު، އޭނާގެ ސޮއި ހޯދަން ޔޫރަޕްގެ ބޮޑެތި ހުރިހާ ކްލަބްތަކަކުން ކަހަލަ ގޮތަކަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިފަހުން ހާލަނޑްގެ އެޖެންޓު މިނޯ ރައިއޯލާ ދިން އިންޓަވިއުއެއްގައި ވަނީ ޑޯޓްމުންޑް ދޫކޮށް ހާލަންޑް ދެން ފެނިދާނެ ހަތަރު ކްލަބެއްގެ ނަން ހާމަކޮށްފައެވެ. އެ ކްލަބުތަކަކީ ޖަރުމަނުގެ ބަޔާން މިއުނިކް، ސްޕެއިންގެ ބާސެލޯނާ، އިންގްލެންޑްގެ މެންޗެސްޓާ ސިޓީ އަދި ސްޕެއިންގެ ރެއާލް މެޑްރިޑެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބާސެލޯނާގައި މިހާރު ތިބި ބޮޑު މުސާރަ ލިބޭ ބައެއް ކުޅުންތެރިން ޓީމު ދޫކޮށްލުމާއި އެ ކްލަބްގެ މާލީ ހާލަތު މަޑުމަޑުން ބަދަލުވަމުން އަންނަ ގޮތަށް ބަލާއިރު، ބާސެލޯނާއިން އަންނަ ސީޒަނުގައި ހާލަންޑް ފެނުމުގެ ފުރުސަތު އެބައޮތެވެ.

ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ އާއި ހާލަންޑްގެ އެޖެންޓް ރައިއޯލާ ވަނީ ފާއިތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހު އެކި ފަހަރު މަތިން ބައްދަލުކޮށްފައެވެ. އެ ބައްދަލުވުންތަކުގެ ބޭނުމަކީ މި ސީޒަނަށްފަހު ހާލަންޑް ބާސެލޯނާއަށް ގެންދިޔުންކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ސަލްޒްބާގް ދޫކޮށް ހާލަންޑް ޑޯޓުމުންޑަށް ބަދަލުވީ 22 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. މި ސީޒަން ފެއްޓުމުގެ ކުރިން ހާލަންޑް ގަންނަން ޓީމުތަކުން ކުރި މަސައްކަތް ހުއްޓުމަކަށް އައީ ހާލަންޑް ވިއްކުމަށް ޑޯޓުމުންޑުން ކީ އަގު ބޮޑުވުމުންނެވެ. ޑޯޓުމުންޑުން އޭރު ހާލަންޑް ވިއްކުމަށް ކީ 150 މިލިއަން ޑޮލަރުގެ އަގެކެވެ.

ހާލަންޑު ވަނީ ޑޯޓުމުންޑަށް ކުޅެދިން 75 މެޗުން 76 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

އާލިން ބްރައުޓް ހާލަންޑްބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު