ކ. މާލެ
|
6 ޖެނުއަރީ 2022 | ބުރާސްފަތި 11:11
މ. ދިއްގަރުން ހޯމްސްޓޭ ޓުއަރިޒަމަށް ފަތުރުވެރިންނަށް މަރުހަބާ ކިޔުން
މ. ދިއްގަރުން ހޯމްސްޓޭ ޓުއަރިޒަމަށް ފަތުރުވެރިންނަށް މަރުހަބާ ކިޔުން
ސަން އޮންލައިން
ރާއްޖޭގެ ފަތުރުވެރިކަން
ޖުލައި 15ގެ ނިންމުން، ޒަމާންތަކަށް އުފުލޭނެ ބުއްދިވެރި ނިންމުމެއް
 
ދުނިޔޭގެ ތާރީޚުން ޖާގައެއް ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވެވުނު

ކޯވިޑު19ގެ ބިރަށް ދުނިޔޭގެ ބޯޑަރުތައް ތަޅުލައި ގައުމުތަކުގެ ވެރިން، ބިރުން ވިރިވިރި ތިއްބައި، 2020 ގެ ޖުލައި 15 ގައި، ރާއްޖޭގެ ބޯޑަރު 3 މަހަށްފަހު، އަލުން ހުޅުވާލަން ނިންމި ނިންމުން ވެގެން މިދަނީ، އެ ބުއްދިވެރި ނިންމުމުގެ ވާހަކަ، ޒަމާން ތަކަށް އުފުލައިދޭނެ ވާހަކަ އަކަށެވެ.

މި ދެންނެވި ފަދަ ނިންމުމެއް އޭރު ނިންމައިގެންތިބީ ޑުބާއީ އާއި ދިވެހިރާއްޖެފަދަ މަދު ގައުމެކެވެ. މިއަދު މިވަނީ ފަތުރުވެރި ކަމުގެ ހަތާތައް، މާމުއި ކުޅަނދުރުތަކުން ފުރާލައިފައި އޮތް ދެ މަންޒިލަށް ޑުބާއީ އާއި ދިވެހިރާއްޖެ ވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މި ދެ ގައުމުގެ އިގްތިސާދަށް އާރޯކަން ލިބި، ތަރައްޤީގެ ދަތްގަނޑު ހިއްލާލައި، އިޖުތިމާޢީ ، އުމްރާނީ ތަރައްޤީ، އައު ހަރުފަތަކަށް ލެވުނެވެ.

މުޅި ދުނިޔެހެން އަދިވެސް ބޯޑަރުތައް ތަޅުލައި ބިރުން ސިހިސިހި ތިއްބައި، ދިވެހިރާއްޖޭގެ އުމްރާނީ، ސިއްޙީ، އިޖުތިމާއީ ދަނޑުތައް ފޯދި, ކުރާ އައިސް, އެވަނީ ދޮންވެ ފައްކާވެފައެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު، އަވަދިނެތި ދަތުރު ކުރައްވަމުން އެ ގެންދަވަނީ، މަޖާޒީ ސިފަކުރުމަކުން ދަންނަވާނަމަ، މި ދެންނެވި ދަނޑުތަކުން ކުރާ ކެނޑުއްވުމަށެވެ. ބަނދަރުތައް ހުޅުވައިދީ، ހިއްކަމުންދިޔަ ބިންތައް ކައުންސިލްތަކާއި ހަވާލު ކޮށްދީ، އިންޖީނުގެތައް ހުޅުވައިދީ، ފެނާ ނަރުދަމާގެ މަޝްރޫޢުތަކުގެ ނިމުން ފާހަގަ ކުރެއްވުމަށެވެ.

މިދެންނެވި މަންޒަރަށް ދިރުން ދިނީ ޖުލައި 15 ގެ ބުއްދިވެރި ނިންމުމެވެ. އެމްއެމްއޭގެ މަންތްސް އޮފް ރިޒާވް 629.9 މިލިއަން ޑޮލަރުގައި 2020ގައި އޮތުމަށް ފަހު، 2021 ގެ ނޮވެމްބަރުގެ ނިޔަލަށް އެ ރިޒާވް 943 މިލިއަން ޑޮލަރަށް ބަދަލު ކޮށްލި ޙަޤީގަތަކީވެސް އެއީއެވެ. އެސްއެމްއީ ލޯނާއި ވަޒީފާ ގެއްލުނު މީހުންނަށް އެހީ ވެދެވުނީވެސް އިގްތިސާދަށް ގެނުވި ޙިކުމަތުގެ ދިރުމުންނެވެ.

މި ދެންނެވި ނިންމުގެ ނަތީޖާއަކީ 2021 ނިމިގެން ދިޔައިރު ރާއްޖޭގެ އިންޑަސްޓްރީގައި 53 ހާސް އެނދު އޮޕަރޭޝަނަށް ގެނެވުމެވެ. 167 ރިސޯޓަށާއި 800 އަށްވުރެން ގިނަ ގެސްޓުހައުސް ތަކަށް ދިރުން ލިއްބައި ދިނުމެވެ.

ފަތުރުވެރި ކަމުގައި ރާއްޖެއާ ވާދަކުރާ މަންޒިލުތައް ކަމަށްވާ، ސްރީލަންކާ، މެލޭޝިއާ، ސިންގަޕޫރު، ޝީސެލްސް ފަދަ މަންޒިލްތައް، ކޮވިޑުގެ ރަޖާގެ ދަށުގައި ތިއްބައި، ރާއްޖެއަށާއި ޑުބާއީއަށް އެ ރަޖާދަށުން ނިކުމެވުނީ، ކޮވިޑު މެނޭޖު ކުރުމުގައި ހޯދި ކާމިޔާބީގެ އަލީގައެވެ. މިއީ ހެލްތު ސެކްޓަރަށް ތަޢުރީފު ޙައްޤު މަސައްކަތެކެވެ.

ރާއްޖޭގެ ނަސީބަކީ ވަކިވަކި ރަށްތަކެއްގައި އޮތް ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ ވީ ކަމެވެ. އެހެން އެކަން އޮތްނަމަވެސް ކޮޓަރިތައް ފުރާލާނެ ފަތުރުވެރިން ގެނުވަން އެމްއެމްޕީއާރުސީން ރާއްޖެ މާކެޓުކުރަން ކުރި ބުރަ މަސައްކަތުގެ ނަތީޖާވެސް އެހާމެ ފޮންޏެވެ.

ދިވެހި ރުކުގެ ފަންތައް، ވަޔާ ހެލިލާ މަންޒަރު ދުނިޔޭގެ ލޯތަކަށް ސީއެންއެންފަދަ، ނެޓުވޯކު ތަކުން ފެނިލީ 230 މިލިއަން މީޑިއާ ވެލިއު ހުރި މަސައްކަތް ތަކެއް، އެމްއެމްޕީއާރުސީން ކުރީތީއެވެ. މާކެޓިން އިވެންޓުތައް ބޭއްވުނީ ތީއެވެ.

ހެލްތު ސެކްޓަރާއި، ޓޫރިޒަމް އިންޑަސްޓްރީއާއި ޕްރައިވެޓު ސެކްޓަރާއި ސަރުކާރުގައި ހުރި، ކެރުމާއި ހިތްވަރާއި އަޒްމުގެ ނަތީޖާއަކީ 1.3 މިލިއަން ފަތުރުވެރިންނާއެކު، 2021 މޯލްޑިވްސްގެ ސަކްސަސް ސްޓޯރީއަކަށް ވެގެން ދިއުމެވެ.

އެހެންކަމުން މި ހުރިހާ ކާމިޔާބީއެއްގެ ފެށުން ކަމަށް ވެގެން އެދަނީ 3 މަހެއްހާ ދުވަހަށް ތަޅުލާފައި އޮތް، ރާއްޖޭގެ ބޯޑަރު ހުޅުވަން ރައީސް ސޯލިހު ނިންމެވި މޮޅު ނިންމުމެވެ.

އަންނާން އޮތް ޒަމާންތަކަށް، މި މުހިންމު ޑިޒިޝަންގެ ވާހަކަ އުފުލައިދޭނެ ކަން ޔަޤީނެވެ. އެއީ ޖުލައި 15 އެވެ. ރާއްޖެ ބަދަލު ކޮށްލި ޑިޒިޝަނެވެ. އާބާދީގެ މަތީ އިންސައްތައަށް އޭޝިއާގައި ކޮވިޑު ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްދިން ފުރަތަމަ ގައުމުގެ ޝަރަފާއެކު އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
15%
69%
0%
0%
0%
15%
ކޮމެންޓް