Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
13 އަހަރުގެ ކުއްޖާގެ މަރު

13 އަހަރުގެ ކުއްޖާގެ މަރު: ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެފި

މިހާރު ހުރި ހެކިތަކަށް ބަލާއިރު މައްސަލަ ސާބިތުކުރެވޭނެކަމަށް ޕީޖީ އޮފީހުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2022 | ހޯމަ 09:00
ކްރިމިނަލް ކޯޓް- ކޯޓުން ވަނީ މި މައްސަލައިގެ ދައުވާލިބޭ ޒިހާންގެ ބަންދުވެސް ދަމަހައްޓާފައި

ކްރިމިނަލް ކޯޓް- ކޯޓުން ވަނީ މި މައްސަލައިގެ ދައުވާލިބޭ ޒިހާންގެ ބަންދުވެސް ދަމަހައްޓާފައި

އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު ރަހުމްކުޑަ ގޮތަކަށް މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި އޮތީ ދައުލަތުން ހުށައަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާއިމެދު ގޮތެއް ނިންމުމާއި، ބަންދު މުރާޖައާގެ ބައެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވަނީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހީމް ޒިހާންގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށެވެ. ޒިހާންގެ މައްޗަށް 7 ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވާއިރު މި ދައުވާތައް ސާބިތު ވެއްޖެނަމަ 100 ވަރަކަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު އޮތް އަޑުއެހުންވެސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. މި އަޑުއެހުމުގައި ޝަރީއަތުން ވަނީ ދައުލަތުން އެދިފައިވާ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދެއްވުމަށް ނިންމަވާފައެވެ. އަދި ދައުވާލިބޭ ޒިހާންގެ ބަންދު ދަމަހައްޓަވަންވެސް ޝަރީއަތުން މި އަޑުއެހުމުގައި ވަނީ ނިންމަވާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި، މީހުން ވަނުން މަނާކޮށްފައިވާ ސަރަހައްދުގެ މޫދު ތެރޭގައި ދަގަނޑެއްޖަހައި އޭގައި އައްސާފައި އޮތް ފޮއްޓެއްގެ ތެރެއަށް އެ ކުއްޖާގެ ހަށިގަނޑު ލާފައި އޮއްވާ ފުލުހުން އެ ކުއްޖާ ނެގީ މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. ކުއްޖާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ޖޫން 20 ވަނަ ދުވަހުއެވެ. އެނގިފައިވާ ގޮތުގައި ކުއްޖާގެ ހަށިގަނޑު އެތަނުން ނެގީ ކުއްޖާ މަރާލިކަމަށް ތުހުމަތުކުރެވޭ މީހުންގެ ހާޒިރުގައެވެ. 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފޮނުވީ ޖުލައި 5 ވަނަ ދުވަހުއެވެ. ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސް ވަޅުލާފައިވަނީ ޖުލައި 12 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ދައުވާ އުފުލާފައިވަނީ 2021 ވަނަ އަހަރު އޮގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ. 

މިމަރާ ބެހޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ މިމައްސަލައިގައި މިހާރު ލިބިފައިވާ ހެކިތަކުން މައްސަލަ ސާބިތުކުރެވޭނެ ކަމަށެވެ. މިހާދިސާއާ ގުޅިގެން ފުލުހުން ސީސީޓީވީ ފޫޓޭޖުގެ އިތުރުން ގިނަ ކަންތައްތަކެއް ބަލާ ތަހުގީގުކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައި ވަނީ އެކަން ކުރުމަށްފަހު ފިލަން ގޮސް މާލޭގެ ގެސްޓް ހައުސްއެއްގައި ތިއްބައެވެ.

މިހާރު ހުރި ހެކިތަކަށް ބަލާއިރު މައްސަލަ ސާބިތުކުރެވޭނެކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ މިފަދަ މައްސަލަތަކުގައި އަވަހަށް ޝަރީއަތް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސްޕީޖީ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު