Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހދ. ހަނިމާދޫ ހައުސިންގ މަޝްރޫއު

ހަނިމާދޫ ހައުސިންގ މަޝްރޫއު: އެސްޖޭ ޑިސްކޮލިފައި ކުރީ ގާނޫނާ ޚިލާފަށް، އެ ޕްރޮޖެކްޓް އަލުން އެވޯޑްކުރަން ސިވިލް ކޯޓުން ހުކުމް ކޮށްފި

އެސްޖޭއާއި އެ ކުންފުނީގެ ސިސްޓަރ ކޮމްޕެނީ އެސްޖޭ ޓްރޭޑަރސް ހުށަހެޅި ޖޮއިންޓް ބިޑް އިވެލުއޭޓްކޮށްފައެއް ނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖެނުއަރީ 2022 | އާދީއްތަ 14:20
ސިވިލް ކޯޓު

ސިވިލް ކޯޓު

ހދ. ހަނިމާދޫ ހައުސިންގ މަޝްރޫއުގެ ބީލަމުން އެސްޖޭ ކޮންސްޓްރަންޝަން ޑިސްކޮލިފައިކުރީ ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި، 20 ދުވަސްތެރޭ ޕްރޮޖެކްޓް އެވޯޑު ކުރުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

18 ޖުލައި 2021ގައި މިމަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ ހަނިމާދޫގައި އަޅަން ފަށާފައިވާ 48 ހައުސިން ޔުނިޓް ނިންމުމަށާއި އަލަށް އިމާރާތްކުރާ 52 ހައުސިން ޔުނިޓުގެ ޑިޒައިންގެ މަސައްކަތް ކުރުމަށެވެ. އެ މަސައްކަތް ހަވާލު ކުރިއިރު އެސްޖޭއާއި އެ ކުންފުނީގެ ސިސްޓަރ ކޮމްޕެނީ އެސްޖޭ ޓްރޭޑަރސް ހުށަހެޅި ޖޮއިންޓް ބިޑް އިވެލުއޭޓްކޮށްފައެއް ނުވެއެވެ. އެ ބިޑް އިވެލުއޭޓް ނުކުރީ މާލީ ފުދުންތެރިކަމާއި އެމްޕްލޯޔަރސް ރިކުއަރމަންޓް ހަމަނުވާތީ ކަމަށް ބުނެއެވެ.

ނަމަވެސް އާދިއްތަ ދުވަހު ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގު ކުރެއްވި ހުކުމުގައި ވިދާޅުވެފައި ވަނީ، އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށް ދައުވާކޮށް ހުށަހެޅި މައްސަލާގައި، ދައުވާކުރާ ފަރާތްތަކަކީ ފައިނޭންޝަލް ރިސޯސަސްއާއި، އެމްޕްލޯޔަރސް ރިކުއަރމަންޓް ފުރިހަމަވެފައިވާ ފަރާތްތަކެއް ކަމުގައި ކަނޑައަޅައި، އެފަރާތްތަކުގެ ބިޑަކީ ފައިނޭންޝަލް ރިސޯސަސްއާއި، އެމްޕްލޯޔަރސް ރިކުއަރމަންޓް ފުރިހަމަވެފައިވާ ބިޑެއްކަމުގައި ބަލަން ޖެހޭ ކަމަށެވެ. އަދި 02 ޖެނުއަރީ 2022ން ފެށިގެން، ސަރުކާރު ބަންދު ދުވަސް ނުހިމެނޭހެން 20 ދުވަހުގެ ތެރޭގައި، ދައުވާކުރާ ފަރާތްތަކުގެ ބިޑް ރީ-އިވެލުއޭޓްކޮށް، މިހާރު އިވެލުއޭޓްކޮށް ނިންމާފައިވާ ބިޑްތަކާއި، ދައުވާކުރާ ފަރާތްތަކުގެ ބިޑްގެ ތެރެއިން، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށް ބިޑް އެވޯޑްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސާއި، ކަމާބެހޭ ފަރާތްތަކަށް އަންގާ ހުކުމް ކުރާ ކަމަށެވެ.

ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ މަސައްކަތް ހަވާލުކޮށްފައިވީ ނަމަވެސް އެ މައްސަލަ ކޯޓަށް ވެއްދުމާ ގުޅިގެން އަމަލީ މަސައްކަތް ފަށާފައިނުވެއެވެ.

ހައުސިންގް މިނިސްޓްރީހދ. ހަނިމާދޫ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
06 ޑިސެމްބަރު 2025

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް
04 ޑިސެމްބަރު 2025

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް
27 ނޮވެމްބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި
17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު