Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއާޒިމާ ޝަކޫރުގެ މައްސަލަ

އާޒިމާ ޝަކޫރުގެ މައްސަލަ ކޯޓުގައި ތާށިވެފައި؟!

2 ޖެނުއަރީ 2022 | އާދީއްތަ 10:40

މިއީ ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ނޫންކަމަށް އާޒިމާ ވަނީ ވިދާޅުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ޖެނުއަރީ 2022 | އާދީއްތަ 10:40
އާޒިމާގެ މައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގެ ތެރެއިން

އާޒިމާގެ މައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގެ ތެރެއިން

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމާ ގުޅޭ ދެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މީގެ ދޮޅުއަހަރު ކުރިންނެވެ. އެގޮތުން އިބްތިދާއީ އަޑުއެހުންތަކެއް ބޭއްވުމަށްފަހު، މި މައްސަލަ އިތުރަށް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ޕީޖީ އޮފީހުން ކޯޓަށް މައްސަލަ ހުށައަޅާފައި ވީނަމަވެސް، އެ މައްސަލައިގެ އަޑުއެހުންތައް ތާވަލު ކުރަމުން ނުދާ ކަމަށެވެ. އަދި އަޑުއެހުންތައް ތާވަލު ނުކުރާ ވަކި ސަބަބެއް ކޯޓުން އަންގާފައިނުވާކަމަށް ވިދާޅުވިއެވެ. މި މައްސަލައިގައި އިބްތިދާއީ އަޑުއެހުން ބޭއްވުމަށްފަހު، އޭގެ ފަހުން މައްސަލަ ކުރިއަށް ނުދާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން މައްސަލަތަކެކޭ އެއްގޮތަށް މި މައްސަލަވެސް އަވަސްކުރުމަށްޓަކައި ޕީޖީ އޮފީހުން ކުރަންޖެހޭ ކަންކަން ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ފުރަތަމަ ބައްލަވަމުން ގެންދެވި، ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމެވެ. ސްލޫކީ މައްސަލައެއް ފެންމަތިވެ، ފަނޑިޔާރު ކަމުގެ މަގާމުން އޭނާ ވަކިކުރުމުގެ ކުރިން އޭނާ ވަނީ ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން މިމައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ ހަސަން ސައީދެވެ.

ގާޒީ ސައީދު ކުރިއަށް ގެންދެވި އަޑުއެހުންތަކުގައި ވެސް، އާޒިމާ ވަނީ މި ދެ ދައުވާއަކީ ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ނޫންކަމަށް ވިދާޅުވެ، ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމަވައި ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ބައެއް އަޑުއެހުންތަކުގައި، މި ދެ ދައުވާގެ އަޑުއެހުންތައް އަލުން ފެށުމަށް ވެސް އާޒިމާގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ. އެގޮތަށް ބަޔާންކޮށް އާޒިމާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ.

އާޒިމާގެ ސިޓީ ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާފައި ވަނިކޮށް، ބޭއްވި އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ނިންމަވާފައި ވަނީ މި މައްސަލަ ކުރިން ބެއްލި ގާޒީ ނިންމެވި ހިސާބުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެންމެފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ، އާޒިމާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ އަލުން ކަނޑައެޅުން ދެން އޮންނަ އަޑުއެހުމުގައި އޮންނާނެ ކަމަށް ވިދާޅުވެފައެވެ. މި މައްސަލާގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ، 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެ އަޑުއެހުމުގައި އޭރު މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވިދާޅުވީ، އާޒިމާގެ މައްޗަށް އުފުލާފައިވާ އެ ދެ ދައުވާ ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ އަލުން ގޮތެއް ކަނޑައެޅުއްވުމަށް ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އަޑުއެހުމުގައި އޮންނާނެ ކަމަށެވެ. އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގު ފަހިކޮށްދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް 2020 ވަނަ އަހަރުގެ ފަހުކޮޅުވެސް ތާވަލުކުރިއެވެ. ނަމަވެސް، އެ މައްސަލަތައް ބެލުމަށް ގާޒީ ފަހުން ތަނާޒުލްވެވަޑައިގެންފައިވާތީ، އެ އަޑުއެހުން ވަަނީ ކެންސަލްކޮށްފައެވެ.

ކްރިމިނަލް ކޯޓްއާޒިމާ ޝަކޫރު

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް