Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސްޝިޕްމަންޓް ބަނދަރު މަޝްރޫއު

އިހަވަންދިއްޕޮޅު ކައިރިން ދަތުރުކުރާ އާގުބޯޓުފަހަރުން ރާއްޖެއަށް އިގްތިސާދީ މަންފާ ހޯދުމުގެ ހުށަހެޅުންތަކާއެކު، ރައީސަށް ގަރާރެއް

މި ގަރާރުގައި 17 މެމްބަރަކު ވަނީ ސޮއިކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2022 | އާދީއްތަ 07:02
އިހަވަންދިއްޕޮޅު ސަރަޙައްދުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ އާގުބޯޓު ދަތުރު ކުރޭ

އިހަވަންދިއްޕޮޅު ސަރަޙައްދުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ އާގުބޯޓު ދަތުރު ކުރޭ

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ކޮންޓެއިނަރ ޓްރާންސްޝިޕްމެންޓް ބަނދަރެއް ޤާއިމު ކުރެވެންދެން، އެ ސަރަޙައްދުން ދަތުރުކުރާ އާގުބޯޓުތަކުން މިވަގުތު ވެސް އިޤްތިޞާދީ ނަފާ ރާއްޖެއަށް ލިބިދާނެ ހުށަހެޅުންތަކަކާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.

ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ހއ. ހޯރަފުއްޓާއި، ތުރާކުނާއި، އުލިގަމުގެ ކައުންސިލު މެމްބަރުން ސޮއި ކުރައްވައި ނެރުއްވާފައިވާ ޤަރާރެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ހުށަހަޅުއްވާފައެވެ. ހޯރަފުށި، ތުރާކުނު އަދި އުލިގަމުގެ ކައުންސިލު މެމްބަރުން ހިމެނޭ ގޮތަށް މި ޤަރާރުގައި 17 މެމްބަރަކު ވަނީ ސޮއި ކުރައްވާފައެވެ.

Advertisement - newsAdvertisement

ޤަރާރުގައި މައިގަނޑު ގޮތެއްގައި ވަނީ އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވެންދެން ވެސް އެ ސަރަޙައްދުގެ އިޤްތިޞާދީ ނަފާ ހޯދުމަށްޓަކައި މިވަގުތަށް ބޭނުންވާ 3 ކަމެއް ފެއްޓޭނެ މަގުފަހިކޮށްދެއްވުމަށް އެދިލައްވާފައެވެ.

ރާއްޖޭގެ އެންމެ އުތުރަކީ އިގްތިޞާދީ ގޮތުން މުހިންމު އަދި ސަރަޙައްދީ ފެންވަރުގައާއި ގައުމީ ފެންވަރުގައި ބޮޑެތި ނަފާތަކެއް ހޯދިދާނެ ސަރަޙައްދެއް ކަމުގައި އިޤްތިޞާދީ މާހިރުން ޒަމާނުއްސުރެ ގަބޫލު ކުރާކަން ފާހަގަކޮށް ޤަރާރުގައި ބުނެފައިވަނީ، އޭގެ މިސާލެއްގެ ގޮތުން އުލިގަމަކީ ޒަމާނުއްސުރެ ގިނަ އަދަދަކަށް ޔޮޓުފަހަރު ބަނދަރު ކުރާ ގުދުރަތީ ޔޮޓު ބަނދަރެއް ކަމަށެވެ. އެ ސަރަހައްދު ހުރަސްކޮށް ދުވާލެއްގެ މައްޗަށް އެތައް އާގުބޯޓެއް ދަތުރުކުރަމުންދާއިރު، އެކަންކަމުގެ އެދެވޭ ފައިދާ ހޯދޭނެ ގޮތެއް ނުވެ، އަހަރުތަކާއި ދުވަސްތައް ފާއިތުވެގެން ދާ ދިއުމަކީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ޤަރާރުގައި ސިފަކޮށްފައިވެއެވެ.

ބައިނަލް އަޤުވާމީ ޝިޕިންގ ރޫޓުގެ ސްޓްރެޓެޖިކް ލޮކޭޝަނެއްގެ ގޮތުގައި ރާއްޖޭގެ އެންމެ އުތުރު ސަރަހައްދު ފާހަގަވެފައި ވާއިރު، އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ފުރިހަމަ ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމުކުރުމަކީ، އަގުބޮޑު ކަމެއް ކަމުގައި ވާނެކަމަށް ކައުންސިލުތަކުން ވެސް ޤަބޫލު ކުރެއެވެ. ނަމަވެސް، އެއްފަހަރާ އެ ޚަރަދު ނުކޮށް އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އާގު ބޯޓުފަހަރަށް މިވަގުތަށް ވެސް މާ ބޮޑު ބުރަތަކެއް ނެތި އެ ސަރަޙައްދުން ޚިދުމަތްދީގެން ކުރު މުއްދަތުގައި ވެސް އިޤުތިޞާދީ ގޮތުންނާއި އުމްރާނީގޮތުން ބޮޑުމަންފާއެއް ހޯދޭނެ ގޮތްތަކެއް އެބަހުރިކަމަށް ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެ ކަންކަން ލަސްނުކޮށް ކުރެވޭ ގޮތް ހެދުމަށްޓަކައި މިވަގުތަށް ކުރެވިދާނެ 3 ކަމެއް ރައީސަށް ފޮނުއްވި މި ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

1- އެ ސަރަހައްދުގައި ކްރޫ ޗޭންޖްގެ ޚިދުމަތް ދިނުމުގެ މަގު ތަނަވަސްކޮށްދިނުން:

ދިވެހިރާއްޖެއިން ޝިޕިންގް ގެ ދާއިރާއިން އިތުރު މަންފާ ހޯދައި ދާއިރާ ފުޅާކުރުމަށްޓަކައި އުތުރުގެ އެ ސަރަޙައްދުން ދަތުރުކުރާ ބޯޓުފަހަރަށް ކުރޫއިން ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން ވަރަށް މުހިންމުކަމަށް ޤަރާރުގައި ވަނީ ބުނެފައެވެ. އަދި އެކަމަކީ ބޭރުގެ ޝިޕިންގ ކުންފުނިތަކުންނާއި، އެޖެންޓުންގެ ފަރާތުން ތަކުރާރުކޮށް އެދެމުންދާ ކަންކަން ކަމަށް ބަޔާންކޮށް ޤަރާރުގައި ބުނެފައިވަނީ، މިހާރުވެސް އުލިގަމުގައި ކަސްޓަމްސް އާއި އިމިގްރޭޝަން، ޕޯޓް ހެލްތު އަދި ޕޯޓް ސެކިއުރިޓީ (ސިފައިން) ގާއިމްވެފައި ތިބުމުން އިތުރު މާ ބޮޑު ޚަރަދަކާއި ނުލައި މި ޚިދުމަތް ދޭންފެށިދާނެ ކަމަށެވެ.

އެކަމަށްޓަކައި ހަމައެކަނި ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދު "ދިވެހިރާއްޖޭގެ އޮފް ޕޯޓް ލިމިޓާއި އޯފްޝޯގައި ޝިޕިންގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު" ގެ ތެރެއަށް އިހަވަންދިއްޕޮޅުގެ ސަރަޙައްދު ހިމަނައި ގަވާއިދަށް އިސްލާހު ގެނެސްފިނަމަ އެ ޚިދުމަތްތައް ދިނުމަށް މިހާރު އޮތް ހުރަސް ނެތި މަގު ހުޅުވިގެންދާނެކަމަށް ޤަރާރުގައި ހުށަހަޅާފައިވެއެވެ.

މިވަގުތު އެކަން ކުރެވޭނެ މަގެއް ނެތުމުގެ ސަބަބުން، އެ ޚިދުމަތް ނުހޯދާ ދާ ބޯޓުފަހަރުގެ އަދަދު ގިނަވަމުން ދާއިރު، އެއީ މި ސަރަހައްދަށާއި ރާއްޖެއަށް ލިބެން އޮތް ބޮޑު އާމްދަނީއެއް ގެއްލިގެން ދިއުންކަމަށް ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

2- ސެކިއުރިޓީ ޚިދުމަތް ދިނުން

އުލިގަމުގައި މިހާރުވެސް އެމްއެންޑީއެފްގެ ސެންޓަރެއް ހުރުމުގެ އިތުރުން، ޕޯޓް ސާވިސަސް ދިނުމަށް ބޭނުންވާ ހުރިހާ އިދާރާތަކެއް ހުންނައިރު، މި ޚިދުމަތަކީ ވެސް އިތުރު ގިނަ ޙަރަދުތަކަކާ ނުލާ ފެށޭނެ ޚިދުމަތެއްކަން ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެކަމަށްޓަކައި ވެސް މާލޭ ސަރަޙައްދުގައި އެމް.އެން.ޑީއެފް އިން ޚިދުމަތް ދިނުމަށް އެކުލަވާލައިފައިވާ ޤަވާއިދުގެ ތެރެއަށް އެ ސަރަހައްދު ހިމަނުއްވާދެއްވައި، ޤަވާއިދުގައި ބުނެފައިވާ ކަންކަން ހއ. އުލިގަމުގައި މިވަގުތުހުރި އެމް.އެން.ޑީ.އެފްގެ ސެންޓަރުގައި އިންތިޒާމް ކޮށްދިނުމުން މިޚިދުމަތް ދެވޭނެކަމަށް ހުށަހަޅުއްވާފައިވެއެވެ.

އޭގެ އިތުރުން، އެ ސަރަޙައްދު ހުރަސްކޮށް ދުވާލެއްގެ މައްޗައް އެވްރެޖްކޮށް 45 - 55 އާ ދެމެދުގެ އަދަދެއްގެ އާގު ބޯޓް ފަހަރު ދަތުރުކުރަމުން ގެންދާކަމަށް ފާހަގަކޮށްފައިވެއެވެ. އެއާއެކު، ސެކިއުރިޓީ ދިނުމުގެ ޚިދުމަތް އެ ސަރަޙައްދުން ފަށައިފިނަމަ، އޭގެ ތެރެއިން 50 އިންސައްތަ އަށްވުރެ ގިނަ ބޯޓުފަހަރު އެ ސަރަހައްދުގައި މަޑުކޮށް ޚިދުމަތް ހޯދާނެކަމަށް ޤަރާރުގައި އަންދާޒާ ކޮށްފައިވެއެވެ.

މިހާރު މާލޭ ސަރަޙައްދުގައި އެ ޚިދުމަތަށް ނަގަމުންގެންދާ ފީތަކުގެ އަދަދުންނަމަ، ޚިދުމަތްދީގެން މަހެއްގެ މައްޗަށް -/20,250,000 (ވިހި މިލިއަން ދެލައްކަ ފަންސާސް ހާސް) ގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އަދި ހަމައެއާއެކު ސަރަހައްދުގެ އިންވެސްޓްމަންޓްތައް އިތުރުވެ ގިނަ އަދަދެއްގެވަޒީފާ އުފެދިގެން އަންނާނެ ކަމުގައި ވެސް ކަމާބެހޭ މާހިރުންނާ ޙަވާލާދީ ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

3. ބަންކަރިން ޚިދުމަތް ދިނުން:

ބަންކަރިންގެ ޚިދުމަތާއެކު ބޯޓުފަހަރަށް ލޮޖިސްޓިކް ސަޕޯޓް ދޭން ހުށަހަޅާނެ އެތައްބައިވަރު ކުންފުނިތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް އަންނާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މިއީ ރަށްތައް އާބާދުވެ، ވަޒީފާ އާއި ޚިދުމަތުގެ ފުރުސަތުތައް ފުޅާވެގެންދާނޭ ކަމެއް ކަމަށް ދެކިލައްވާކަމަށް ޤަރާރުގައި މެމްބަރުން ވަނީ ވިދާޅުވެފައެވެ.

އަދި އެ ކަންކަން ފެށުމާއެކު އެ ސަރަޙައްދުގައި ޓްރާންސިޕްމަންޓް ބަނދަރެއް ހެދުމަށް އޮންނަ ޑިމާންޑް ބޮޑުވެ، އެކަމަށް އިންވެސްޓްކުރަން ވިސްނާ ފަރާތްތަކުގެ ޝައުގުވެރިކަން އިތުރުވެގެންދާނޭކަން ޔަޤީންކުރާކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތްދީގެން ދިވެހިރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމުގެ ވާހަކައަކީ ޒަމާނުންސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ. އެހެންނަމަވެސް، މިއަދާ ހަމައަށް އައިއިރު އެކަމަށް އެއްވެސް އަމަލީ ސިފައެއް ގެނެވިފައިނުވާއިރު، ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވެންދެން ވެސް އެ 3 ޙަރަކާތް އެ ސަރަޙައްދުގައި ފެށޭނެ މަގުފަހިކޮށްދެއްވުމަށް ޤަރާރުގައި މެމްބަރުން ވަނީ އެދިލައްވާފައެވެ.

މި ޕްރޮޖެކްޓަށް ސަރުކާރުން އިތުރު ގޮތްތަކެއް ހޯދަމުންދާކަމަށް މީގެ ކުރިން ބުނެފައިވޭ

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ކޮންޓެއިނަރ ޓްރާންސްޝިޕްމެންޓް ބަނދަރެއް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ތަރައްގީކުރުމަށް ފެށި ޕްރޮޖެކްޓު ކުރިއަށް ގެންދެވޭނެ އިތުރު ގޮތްތަކެއް ހޯދަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

"ރާއްޖެއެމްވީ" އަށް އެނގިފައިވާ ގޮތުގައި މި މަސައްކަތުގެ ފީސިބިލިޓީ އާއި ކޮންސެޕްޓް ޕްލޭން އެކުލަވާލައި، އޭރު މި މަސައްކަތުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި ނެދަރލެންޑްސްގެ އެމް.ޓީ.ބީ.އެސް އަދި ޑެންމާރކްގެ ނީރާސްގެ ޖޮއިންޓްވެންޗަރ އާއި 860،626 (އައްލައްކަ ފަސްދޮޅަސް ހާސް ހަސަތޭކަ ސައްބީސް) އެމެރިކާ ޑޮލަރަށް ސޮއިކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެދުމުގެ މަތިން ރާއްޖޭގެ އުތުރުގައި މި ޕޯޓް ތަރައްގީކުރުމަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ފިނޭންސް މިނިސްޓްރީން ހުޅުވާލީ މި އަހަރުގެ މާރޗު މަހުއެވެ. މި މަސައްކަތުގެ އީއޯއައި ހުށަހެޅުމަށް ފުރުސަތު ހުުޅުވާލުމުން 6 ފަރާތަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އެހެންނަމަވެސް، މި ޕްރޮޖެކްޓް ހިންގުމަށްޓަކައި ޝަރުތު ހަމަވާ ފަރާތެއް ހޯދުމަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަނުން އެއްވެސް ފަރާތެއް ފާސްވެފައި ނުވާކަން ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. ވުމާއެކު އެ މިނިސްޓްރީން ވަނީ މި ޕްރޮޖެކްޓުގެ އީއޯއައި ޕްރޮސެސް މަޑުޖައްސާލާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުން މިހާރު ގެންދަނީ މި ޕްރޮޖެކްޓު ކުރިއަށް ގެންދެވިދާނެ އިތުރު ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ރަށްރަށުގެ ކައުންސިލުގެ އެދުމަކީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވެންދެންވެސް އެ 3 ޙަރަކާތް އެ ސަރަޙައްދުގައި ފެށޭނެ މަގުފަހިކޮށްދެއްވުމެވެ.

އިހަވަންދިއްޕޮޅުގެ އިގްތިސާދުހއ.ތުރާކުނުހއ.އުލިގަމްހއ. ހޯރަފުށި

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

31 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

30 އޮކްޓޯބަރު 2025
5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

02 ސެޕްޓެމްބަރު 2025
ފުރާޅަށް ވެއްޓިދާނެ ކަމަށް ބަލާފައި ނަގައި ދިނުމަށް އެދުނު ރުށް، ނަގަން އުޅެނިކޮށް ވެއްޓުނީ ފުރާޅަށް

ފުރާޅަށް ވެއްޓިދާނެ ކަމަށް ބަލާފައި ނަގައި ދިނުމަށް އެދުނު ރުށް، ނަގަން އުޅެނިކޮށް ވެއްޓުނީ ފުރާޅަށް

02 ސެޕްޓެމްބަރު 2025
ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި

ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި

17 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު