Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހއ.ތުރާކުނު

ފުރާޅަށް ވެއްޓިދާނެ ކަމަށް ބަލާފައި ނަގައި ދިނުމަށް އެދުނު ރުށް، ނަގަން އުޅެނިކޮށް ވެއްޓުނީ ފުރާޅަށް

ރުއް ވެއްޓިފައިވަނީ ސީދާ ކައުންސިލްގެ އިހުމާލުން، އެ މަސައްކަތް ކުރުމަށް ބޭނުންކުރީ ފީވެފައި އޮތް ވަލެއް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2025 | އަންގާރަ 10:14
ތުރާކުނުގައި ގެއަކަށް ރުކެއް ވެއްޓިފައިވާ މަންޒަރު

ތުރާކުނުގައި ގެއަކަށް ރުކެއް ވެއްޓިފައިވާ މަންޒަރު

ގޭގެ ވެރިފަރާތުން އެދިގެން ހއ ތުރާކުނު ކައުންސިލުން ކެނޑި ރުކެއް، ރުއްކަނޑަން އެދުނު މީހާގެ ގޭގެ ފުރާޅު މައްޗަށް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ރާއްޖެ އެމްވީ އާއި ވާހަކަދައްކަމުން އެގޭގެ ވެރިފަރާތުން ބުނީ، އެ ރުއް ނަގައިދިނުމަށް އެދި ކައުންސިލަށް ސިޓީއެއް ލީ، އެރުކަކީ ގެއާއި ވަރަށް ކައިރި ހުރި ރުކަކަށް ވެފައި، ވައި ބާރު ދުވަހެއްގައި ގެއަށް ވެއްޓިދާނެތީ ކަމަށެވެ. އަދި ސިޓީ ލުމުން އެ ރުކުގެ ވެރިފަރާތަށް ބަދަލުދީ އެ ރުއް ނެގުމުގެ ތެރޭގައި އެގޭގެ ފުރާޅު މައްޗަށް ވެއްޓިފައިވާ ކަމަށް ގޭގެ ވެރިފަރާތުން ބުނެ އެވެ.

އޭނާ ބުނީ ރުއް ނެގުމުގެ މަސައްކަތް ކުރީ ހެނދުނު ކަމަށާއި އަދި އެރުއް އެގޭގެ ފުރާޅު މައްޗަށް ވެއްޓުނު ފަހުން މިވަގުތާ ހަމައަށް ވެސް ކައުންސިލުގެ ބަހެއް ލިބިފައި ނުވާކަމަށެވެ. އަދި ރުއް ވެއްޓިފައިވަނީ ސީދާ ކައުންސިލް ގެ އިހުމާލުން ކަމަށާއި އެ މަސައްކަތް ކުރުމަށް ބޭނުންކުރީ ފީވެފައި އޮތް ވަލެއް ކަމަށް އޭނަ ބުންޏެވެ.

މި ހާދިސާގައި އެގޭގެ ސީލިންގ ގެ ބޮޑު ބައެއް ހަލާކުވެފައި ވާއިރު މަގުފާރު ރެނދުލާފައިވާ ކަމަށް ގޭގެ ވެރިފަރާތުން މައުލޫމާތު ދެއެވެ. އޭގެ އިތުރުން ފުރާޅާއި ފައިދޮއްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އޭނާ ބުންޏެވެ.

އަދި ކައުންސިލަކުން ނުގުޅާ. ހެނދުނު ވީ ކަމެއް އަދި ކައުންސިލަކުން އަޅުގަނޑަކަށް ނުގުޅާ އެއްވެސް ވަރަކަށް މިކަމެއް ވެއްޖޭވެސް އެހެން ވެއްޖޭ ބުނާކަށްވެސް. ދެން މީސް މީހުން ފޮނުވާފަ ހުރި ފޮޓޯތަކާ ވީޑިއޯތައް އަޅުގަނޑު އަތުގަ ހުރީ.
ގޭގެ ވެރިފަރާތް 11:37 ގައި ރާއްޖެ އެމްވީ އަށް ދެއްވި އިންޓަވިއު

މި ހާދިސާއާ ގުޅިގެން ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުއްލަތީފް ވިދާޅުވީ، ރުއް ވެއްޓުނު ވަގުތު އެޓެންޑް ވެފައިވާނެ ކަމަށާއި ނަމަވެސް އެވަގުތު އަތޮޅު ކައުންސިލްގެ މީޓިން އެއް އޮތުމުން މީޓިން އަށްވެސް އެޓެނޑް ވާން ޖެހުނު ކަމަށެވެ. އަދި އެ ވަގުތު އެ ސަރަހައްދުގައި ކައުންސިލް ގެ އެހެން މުވައްޒަފުންނާއި ފެނަކައިގެ މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުންވެސް ހަރަކާތްތެރިވަމުން ދިޔަކަމަށް އަބްދުއްލަތީފް ވިދާޅުވި އެވެ.

އަބްދުއްލަތީފް ވިދާޅުވީ އެ ކައުންސިލުން މީގެ ކުރިންވެސް ރުއްގަސް ނެގުމުގެ މަސައްކަތް ކުރަނީ ވާ ޖަހައިގެން ކަމަށެވެ. ސަބަބަކީ ރަށުގައި ރުއްގަސް ނެގޭނެ އެހެން ނިޒާމެއް ނެތުމުން ކަމަށް އޭނާ ފާހަގަ ކުރި އެވެ. އަދި އެކަމުގައި ކައުންސިލްގެ އިހުމާލެއް ނެތް ކަމަށާއި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރި ނަމަވެސް ކަމެއް ދިމާވެދާނެ ކަމަށް ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.

އަބްދުއް ލަތީފް ވިދާޅުވީ ގޭގެ ވެރިފަރާތާއި ގުޅަން ދެ ފަހަރަށް މަސައްކަތް ކޮށްފައިވާނެ ކަމަށައި އެހެން ނަމަވެސް އެ ފަރާތާއި ގުޅޭގޮތް ނުވި ކަމަށެވެ.

ހއ.ތުރާކުނުތުރާކުނު ކައުންސިލްރުއް ވެއްޓުންގެއަށް ގެއްލުންދިނުންފުރާޅުރާއްޖެ އެމްވީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މީޑިއާ ކޮންޓްރޯލް ބިލު ފާސްކޮށްފި ނަމަ ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ސޯޝަލް މީޑިއާތައް ބޭން ކުރެވޭނެ!

މީޑިއާ ކޮންޓްރޯލް ބިލު ފާސްކޮށްފި ނަމަ ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ސޯޝަލް މީޑިއާތައް ބޭން ކުރެވޭނެ!

13 ސެޕްޓެމްބަރު 2025
ތުރާކުނަށް ރައީސް ވެދެއްވީ ބަނދަރު ބޮޑުކުރުމާއި، ތަރައްޤީގެ މުހިންމު ވައުދުފުޅުތަކެއް

ތުރާކުނަށް ރައީސް ވެދެއްވީ ބަނދަރު ބޮޑުކުރުމާއި، ތަރައްޤީގެ މުހިންމު ވައުދުފުޅުތަކެއް

19 ޖުލައި 2023
ތުރާކުނު ފުޓުބޯޅަ ދަނޑާއި ކުޑަކުދިންގެ ޕާކް، ރައީސް ހުޅުއްވައިދެއްވައިފި

ތުރާކުނު ފުޓުބޯޅަ ދަނޑާއި ކުޑަކުދިންގެ ޕާކް، ރައީސް ހުޅުއްވައިދެއްވައިފި

19 ޖުލައި 2023
ހއ އަތޮޅުގެ ހަތަރު ރަށެއްގައި މަޝްރޫއުތައް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ހއ އަތޮޅުގެ ހަތަރު ރަށެއްގައި މަޝްރޫއުތައް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

17 ޖުލައި 2023
ދާއިރާގެ މެމްބަރާމެދު ދޮގު އިލްޒާމުތައް ނުފެތުރުމަށް ތުރާކުނު ކައުންސިލުން އެދިއްޖެ

ދާއިރާގެ މެމްބަރާމެދު ދޮގު އިލްޒާމުތައް ނުފެތުރުމަށް ތުރާކުނު ކައުންސިލުން އެދިއްޖެ

28 ޖޫން 2022

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު