Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ޗައިނާގެ ހާލަތު

އައު އަހަރު ފެށިއިރު ޗައިނާގެ ގިނަ ސިޓީތައް ކޮވިޑް އެލަރޓްގައި

ބުރާސްފަތި ދުވަހު ވަނީ 166 މީހުންނަށް ކޮވިޑް ޖެހިގެން ރިކޯޑް ކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޖެނުއަރީ 2022 | ހޮނިހިރު 03:44
ޝަންހާއީގެ މަގުތަކުގައި މީހުން މާސްކު އަޅައިގެން

ޝަންހާއީގެ މަގުތަކުގައި މީހުން މާސްކު އަޅައިގެން

އައު އަހަރާ ކުރިމަތިލިއިރު ޗައިނާގެ އެކި ސިޓީތަކުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާތީ އައު އަހަރު ފާހަގަކުރުމުގެ ގިނަ ކަންތައްތަކެއް ކެންސަލްކޮށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ޗައިނާގައި ބުރާސްފަތި ދުވަހު ވަނީ 166 މީހުންނަށް ކޮވިޑް ޖެހިގެން ރިކޯޑް ކޮށްފައެވެ. އޭގެތެރެއިން 161 ކޭސް ރިޕޯޓްކޮށްފައިވަނީ މިހާރު އެންމެ ހާލަތު ގޯސް ޝިއާން ސިޓީންނެވެ. އެސިޓީއަކީ 2021 ވަނަ އަހަރު އެންމެ ހާލަތު ގޯސް ސިޓީއެވެ. ޝިއާން ސިޓީން ފެންނަ ކޮވިޑް ކޭސްތައް ވަނީ 1200 ފަހަނައަޅާ ގޮސްފައެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ އައު އަހަރާ ލޫނަރ ނިއު އިޔަރ އާ ދިމާކޮށް ޗައިނާއިން ބޭރުގައި ތިބި އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން އަނބުރާ ގައުމަށް އަންނަމުންދާކަމަށެވެ. މިއާއެކު ޗައިނާގެ އެތެރޭގައި މީހުން އެއްތަނުން އަނެއްތަނަށް ދަތުކުރާ މިންވަރު އިތުރުވެގެންދާނެކަމަށެވެ. އަދި އޮމިކްރޯން ވޭރިއަންޓާއެކު ޗައިނާގެ އެތެރޭގައި ވައިރަސް ފެތުރޭ މިންވަރު އިތުރުވެގެންދާނެކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ބެއިޖިންގ ގެ މަޝްހޫރު ހެޕީ ވެލީ އެމިޔުސްމެންޓް ޕާކުގައި އައު އަހަރު ފާހަގަކުރުމަށް އިންތިޒާމު ކުރި ހަރަކާތްތައް ވަނީ ކެންސަލްކޮށްފައެވެ. ޗައިނާގެ ފައިނޭންޝަލް ހަބްކަމަށް ބެލެވޭ ޝެންހާއީގައި ހުންނަ ގްރޭޓް ވޯރލްޑް އެމިޔުސްމެންޓް ޕާކުގައިވެސް އައު އަހަރާ ދިމާކޮށް އެއްވެސް ހަރަކާތެއް އިންތިޒާމުނުކުރާ ކަމަށް އެތަން ހިންގާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ވުހާންގައިވެސް އައު އަހަރު ފާހަގަކުރުމަށް އެއްވެސް ކަމެއް ނުކުރެއެވެ. ގިނަ މީހުން އެއްވެގެން ބާއްވާ އެއްވެސް ކަމެއް ނުބޭއްވުމަށް ވަނީ ނިންމާފައެވެ.

ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހާ ހަމައަށް އައިއިރު ޗައިނާއިން ވަނީ 102،083 ކޭސް ފެނިފައެވެ. 4،636 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19ޗައިނާ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު