Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު އެފްރިކާގެ ކޮވިޑްގެ ހާލަތު

ކޮވިޑާއި ގުޅިގެން ދެކުނު އެފްރިކާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދީފި

ދަންވަރުން ފެށިގެން ފަތިހު 4 ޖެހުމާ ހަމައަށް އެގައުމުގައި ކުރިޔަށްގެންދިޔަ ކާފިއު މިހާރު ވަނީ އުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 ޑިސެމްބަރު 2021 | ހުކުރު 02:06
ކޮވިޑް-19 ދެކުނު އެފްރިކާގެ ހާލަތު

ކޮވިޑް-19 ދެކުނު އެފްރިކާގެ ހާލަތު

އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ދެކުނު އެފްރިކާއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރު ވަނަ ރާޅުގެ ޕީކު ދުވަސްތައް ގޮސްފައިވުމާއެކު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފިއެވެ.

އެގޮތުން ދަންވަރުން ފެށިގެން ފަތިހު 4 ޖެހުމާ ހަމައަށް އެގައުމުގައި ކުރިޔަށްގެންދިޔަ ކާފިއު މިހާރު ވަނީ އުވާލާފައެވެ. ފިޔަވަޅުތަކަށް ލުއި ދީފައިމިވަނީ ބަލި ފެތުރޭ މިންވަރާއި ވެކްސިން ޖަހާފައިވާ މިންވަރާއި އެގައުމުގެ ހެލްތު ސެކްޓަރ ގައި ކެޕޭސިޓީ ހުރި މިންވަރުގެ މައްޗަށް ބަލާފައިކަމަށް އެގައުމުގެ ރައީސް އޮފީހުގެ މިނިސްޓަރ މޮންޑްލީ ގުންގުބެލޭ ނެރުއްވި ބަޔާނުގައިވެއެވެ.

ދެކުނު އެފްރިކާ މިވަގުތު އޮތީ ކޮވިޑް-19ގެ އެލަރޓް ލެވެލްތަކުގެ ތެރެއިން އެންމެ ދަށު ލެވެލްގައެވެ. ބުރާސްފަތި ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުރިހާ އިންޑިކޭޓަރ ތައް ދައްކާގޮތުން ހަތަރު ވަނަ ރާޅުގެ ޕީކުގެ ދުވަސްވަރު މިހާރު ފަހަނައަޅާ ގޮސްފައިވާކަމަށެވެ.

އެގައުމުގެ ޑިޕާޓްމެންޓް އޮފް ހެލްތުގެ ޑޭޓާ ދައްކާގޮތުން ދުވާލެއްގެ މައްޗަށް ފެންނަ އައު ކޭސްތަކުގެ އަދަދު ވަނީ 29.7 އިންސައްތަ ދަށްވެފައެވެ.

ދެކުނު އެފްރިކާގެ 3.5 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 91،000 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

ކާފިއު އުވާލުމުގެ އިތުރުން އެތެރޭގައި ބާއްވާ ހަރަކާތްތަކުގައި ގިނަވަގެން 1000 މީހުންނަށް ބައިވެރިވެވޭނެކަމަށާއި ބޭރުގައި ބާއްވާ އިވެންޓްތަކުގައި 2000 މީހުންނަށް ބައިިވެރިވެވޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ކޮވިޑް-19ސައުތު އެފްރިކާ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި

21 ނޮވެމްބަރު 2025
ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 އޮކްޓޯބަރު 2025

ގާނޫނުގައި ލިޔެވޭ ކޮންމެ ކަމަކީ ހުއްދަކަމެއްތޯ؟

10 އޮކްޓޯބަރު 2025
ގާނޫނުގައި ލިޔެވޭ ކޮންމެ ކަމަކީ ހުއްދަކަމެއްތޯ؟
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު