Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމިޔަންމާގެ ހާލަތު

ބަޣާވާތާއި ގުޅިގެން މިޔަންމާގެ ހާލަތު އިތުރަށް ގޯސްވި އަހަރެއް!

30 ޑިސެމްބަރު 2021 | ބުރާސްފަތި 10:52

އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ސޫޗީ ގެންގޮސްފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހު

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޑިސެމްބަރު 2021 | ބުރާސްފަތި 10:52
ބަޣާވާތާއި ގުޅިގެން މިޔަންމާއިން ކުރި މުޒާހަރާއެއް

ބަޣާވާތާއި ގުޅިގެން މިޔަންމާއިން ކުރި މުޒާހަރާއެއް

ދުނިޔޭގެ މަސްރަހުގައި 2021 ވަނަ އަހަރު ހިނގި ބޮޑެތި ހާދިސާތަކަށް ބަލާއިރު، މިޔަންމާ އަސްކަރިއްޔާއިން ހިންގި ބަޣާވާތަކީ ފާހަގަކޮށްލެވޭ ހާދިސާއެކެވެ. މިބަޣާވާތުގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުންނެއް ވަނީ މަރުވެގެން ގޮސްފައެވެ. މީގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެއެވެ. ރައްޔިތުން އަސްކަރިއްޔާއާ ކުރިމަތިލައި މަގުމަތީގައި މުޒާހަރާކޮށްފައިވަނީ ރައްޔިތުންގެ ވޯޓުން ގާއިމްކުރި ވެރިކަން ވައްޓާލުމާ ގުޅިގެންނެއެވެ.

2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ބޭއްވި އާންމު އިންތިޚާބުގެ މައްސަލަ ހޫނުވެ މިޔަންމާގެ ސްޓޭޓް ކައުންސިލަރ އައުން ސަން ސޫޗީ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އަދި ރައީސް ކަމުގެ މަގާމުގައި ހުންނެވި ވިން ވެސް ހައްޔަރުކޮށްފައިވެއެވެ. ދެބޭފުޅުންނަށް އެކި ދައުވާތައް އުފުލާ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވެއެވެ.

ސޫޗީއާއި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ބަންދުކުރީ މިޔަންމާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ސޫޗީ ނިސްބަތްވާ މިޔަންމާގެ ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީން ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބުކޮށްފައިވާކަން އިޢުލާން ކޮށްފައިވަނިކޮށެވެ. މި އިންތިޚާބުގައި އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތީގޭގެ 224 ގޮނޑިއަކަށާއި ތިރީގޭގެ 440 ގޮނޑިއަކަށް ވޯޓު ލާފައިވެއެވެ. އޭގެ ތެރެއިން 480 އަށް ވުރެ ގިނަ ގޮނޑި ނެޝަނަލް ލީގް ފޯ ޑިމޮކްރަސީން ވަނީ ކާމިޔާބުކޮށްފައެވެ. މިޔަންމާގައި ސަރުކާރު އެކުލަވައިލަން ބޭނުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 322 ގޮނޑި އެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން މިޔަންމާގެ އަސްކަރިއްޔާގެ އެއްބާރުލުން ލިބޭ ޔޫނިއަން ސޮލިޑާރިޓީ އެންޑް ޑެވެލޮޕްމެންޓް ޕާޓީ (ޔޫއެސްޑީޕީ)އަށް ލިބިފައި ވަނީ 24 ގޮނޑި އެވެ.

މިޔަންމާގެ ޑިމޮކްރަސީއަށް މަސައްކަތް ކުރެއްވުމުގައި ނަމޫނާ ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައިވާ އަންގް ސަން ސޫޗީގެ އެން.އެލް.ޑީ.ން 2015 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ޔޫ.އެސް.ޑީ.ޕީ ބޮޑު ތަފާތަކުން ބަލި ކުރެއްވުމަށް ފަހުގައެވެ. އަދި އެގައުމުގައި 50 އަހަރު ވަންދެން އޮތް އަސްކަރީ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހުގައެވެ. ނަމަވެސް އަސްކަރިއްޔާގެ ވެރިކަމުގައި މިޔަންމާގެ ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙަކާ ގުޅިގެން ސޫޗީއަށް ރައީސް ކަމަށް ވަޑައިގަނެވޭ ގޮތެއް ނުވިއެވެ. އެ އިޞްލާޙުގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތުންގެ ގޮތުގައި ދަރީން ރަޖިސްޓަރީ ކޮށްފައިވާ މީހަކަށް މިޔަންމާގެ ރިޔާސަތަށް ވަޑައެއް ނުގަނެވޭނެއެވެ. އަދި ސޫޗީގެ ދެ ދަރިންނަކީ ވެސް އިނގިރޭސި ރައްޔިތުން ކަމުން އޭނާއަށް ރައީސް ކަމަށް އިސްވެވޭ ގޮތެއް ނުވިއެވެ. އެކަމާ ގުޅިގެން ސޫޗީއަށް އެގައުމުގެ ޑިފެކްޓޯ ލީޑަރުކަން ކުރެވޭ ގޮތަށް "ސްޓޭޓް ކައުންސިލަރ"ގެ ނަމުގައި މަގާމެއް އުފައްދާފައި އެ މަގާމަށް ސޫޗީ ވަނީ ޢައްޔަންކޮށްފައެވެ.

ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ ސޫޗީގެ ވެރިކަމުގައި ވެސް މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންގާ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކުރިއަށް ގެންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އޭނާއަށް ބައިނަލްއަޤުވާމީ ފާޑު ކިޔުންތައް އަމާޒުވިއެވެ. ނަމަވެސް އެގައުމުގައި އަދިވެސް އޭނާއަށް ތާއީދު އޮތްކަން އެންމެފަހުން ބޭއްވިގެން ދިޔަ އިންތިޚާބުން ވަނީ ހާމަވެގެން ގޮސްފައެވެ. ނަމަވެސް އަސްކަރިއްޔާއިން ބާރުވެރިވެ ހިންގާ ޔޫނިއަން ސޮލިޑަރިޓީ އެންޑް ޑިވެލޮޕްމަންޓް ޕާޓީއަށް ހީކުރިވަރުގެ ކާމިޔާބެއް ނުލިބުމާއެކު، ވޯޓް އޮޅުވާޅުމާއި އިލެކްޝަންގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ދުވަސްތަކަކަށް އިންޒާރު ދިނުމަށްފަހު އަސްކަރިއްޔާއިން ބަޣާވަތް ކުރީއެވެ.

ރައްޔިތުންގެ ވެރިކަން ވައްޓާލައި ބާރުތައް ހިފެހެއްޓިތާ 6 މަސް ދުވަސް ފަހުން އައު ސަރުކާރަކާއެކު ބޮޑުވަޒީރުކަމަށް އަމިއްލަފުޅަށް ވަޑައިގެންފައިވަނީ މިޔަންމާގެ އަސްކަރިއްޔާގެ ވެރިޔާ މިން އައުންގ ހެއިންގް އެވެ. އަމިއްލަފުޅަށް ބޮޑުވަޒީރުކަމަށް ވަޑައިގެން އެކެއް އޮގަސްޓް 2021 ވީ އާދީއްތަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި މިން ވަނީ 2023 ވަނަ އަހަރުގެ ކުރިން އިންތިޚާބު ބާއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވެއެވެ. ވެރިކަމުގެ ބާރުތައް އަތުލައި އަސްކަރިއްޔާއިން މިޔަންމާގެ ކަންކަން ބަލަހައްޓަން ފެށިތާ ސީދާ 6 މަސް ފަހުން ފުރަތަމަ ފަހަރަށް އަސްކަރިއްޔާގެ ވެރިޔާ މިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ވަނީ ރައްޔިތުން އިންތިޚާބު ކުރި އަންސަން ސޫޗީގެ ވެރިކަން ސިފައިން ވައްޓާލި ވައްޓާލުން އެތެރެޔާއި ބޭރުން ކުށްވެރިކުރަމުން ދަނިކޮށެވެ.

އަންސަން ސޫޗީގެ ވެރިކަން ވައްޓާލައި އުފެއްދި ސްޓޭޓް އެޑްމިނިސްޓްރޭޝަން ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވީ މިންއެވެ. އަދި ގައުމު ހިންގުމުގެ ހުރިހާކަމެއް ކުރަމުން އައީ މި ކައުންސިލުންނެވެ. ގައުމުގެ ކަންކަން ހަމައަކަށް އަޅުވާއި ފަސޭހަކަމާއިއެކު ކަންކަން ކުރިއަށް ގެންދިއުމަށް ސްޓޭޓް އެޑްމިނިސްޓްރޭޝަން ކައުންސިލުން ސަރުކާރު ހިންގާ ގޮތަށް  ވަނީ ބަދަލުކޮށްފައެވެ. މިން ވަނީ ފުރަތަމަ ފަހަރަށް އާންމުކޮށް ދެއްވި ބަސްދީގަތުގައި ޑިމޮކްރަސީ ގެންނާނެ ކަމަށާއި، މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އޮގަސްޓް 2023 ގައި ނިމުމަކަށް ގެންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ބަޣާޥާތާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން މިޔަންމާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ. އޭގެ ތެރޭގައި އެމެރިކާއާއި އިނގިރޭސިވިލާތް ފާހަގަކޮށްލެއެވެ.

މިޔަންމާގައި ކުރި ބަޣާވާތާއި ގުޅިގެން އެގައުމުގެ އިގްތިސާދީ ހާލަތު ވެސް ވަނީ އަޑިއަޅާލާފައެވެ. ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެ، ދުނިޔޭގެ ގައުމުތަކާއި ވަނީ އެކެހެރިވެގެން ގޮސްފައެވެ. ޔުނައިޓެޑް ނޭޝަންސްއިން އާއްމުކޮށްފައިވާ ރިޕޯޓަކުން ދައްކާ ގޮތުން ބަޣާވާތާއި ކޮވިޑްގެ ސަބަބުން ގާތްގަނޑަކަށް 25 މިލިއަން މީހުން 2022 ވަނަ އަހަރުގެ ކުރީކޮޅު ފަގީރު ހާލަތަށް ވެއްޓޭނެއެވެ. އަދި މިޔަންމާގެ ބޮޑެތި ސިޓީތަކުގެ އިމާރާތް ކުރުމުގެ ދާއިރާއާއި، ހޮސްޕިޓާލިޓީ އަދި ބޮޑެތި ވިޔަފާރިތައް ދަނީ ހުއްޓެމުންނެއެވެ. އެކަމާއި ގުޅިގެން މިހާރު ވެސް ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވެއެވެ.

އެހެންކަމުން މިޔަންމާގެ ހާލަތު ބަދަލުކުރުމަށް ރައްޔިތުންނާއެކު އެހެން ގައުމުތަކުން ނުކުތުމަށް އދ.އިން ގޮވާލާފައިވެއެވެ. އެހީތެރިކަން ފޯރުކޮށްދީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރުމަށް ވެސް ގޮވާލާފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2018

ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

05 ފެބުރުއަރީ 2018
ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
28 ޖެނުއަރީ 2018

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

28 ޖެނުއަރީ 2018
ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!
13 ސެޕްޓެމްބަރު 2017

ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކޮމިޝަނުގެ ހާލަތު!

13 ސެޕްޓެމްބަރު 2017
ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކޮމިޝަނުގެ ހާލަތު!
05 ސެޕްޓެމްބަރު 2017

އަންގ ސަން ސޫކީގެ ވާހަކަ: މިޔަންމާގެ އުއްމީދު، ބަދަލުވީ ޑިކްޓޭޓަރަކަށް؟

05 ސެޕްޓެމްބަރު 2017
އަންގ ސަން ސޫކީގެ ވާހަކަ: މިޔަންމާގެ އުއްމީދު، ބަދަލުވީ ޑިކްޓޭޓަރަކަށް؟
17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
18 މެއި 2017

ބަލި ޤަބޫލު ނުކުރަން ތެޅޭ އަނގައިން އިތުރަށް ބަލި

18 މެއި 2017
ބަލި ޤަބޫލު ނުކުރަން ތެޅޭ އަނގައިން އިތުރަށް ބަލި
11 އެޕްރީލު 2017

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!
16 މާރިޗު 2017

އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟

16 މާރިޗު 2017
އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟
14 ފެބުރުއަރީ 2017

އެ މަޖުބޫރީ ހާލަތު

14 ފެބުރުއަރީ 2017
އެ މަޖުބޫރީ ހާލަތު
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް