Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީޕީއެމް އުވުން

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

ކޮންމެ ފަސް އަހަރަކުން ޕާޓީގެ ކޮންގްރެސް ބާއްވަންޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2018 | އާދީއްތަ 17:45
ޕީޕީއެމްގެ ރައީސް މައުމޫން އާއި ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީން

ޕީޕީއެމްގެ ރައީސް މައުމޫން އާއި ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީން

ދިވެހިރާއްޖެ މަލްޓި ޕާޓީ ޑިމޮކްރެސީއަކަށް ފައްކާކުރުމަށްޓަކައި އާ ގާނޫނުއަސާސީއެއް އެކުލަވާލާ، ކަމާ ގުޅުން ހުރި ގާނޫނުތައް ހަދާ ސިޔާސީ ޕާޓީތައް އުފައްދަމުންދިޔައިރު، ފަތު އަޑު ކިޔާފައި ޕާޓީތަކަށް އުފައްދަމުން ދިޔައެެވެ.

ކޮންމެ ދެމަފިރިޔަކަށް ޕާޓީއެއް ނުހެދިނަމަވެސް މި ކުޑަކުޑަ 300000 އެއްހާ މީހުން ދިރިއުޅޭ ޖަޒިރާ ރަށްރަށް ހިމެނޭގޮތަށް 13 ވަރަކަށް ސިޔާސީ ޕާޓީ އެފެދިގެން ދިޔައެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ، އިސްލާމީކް ޑިމޮކްރެޓިކް ޕާޓީ، ޕީޕަލްސް އެލަޔަންސް، އަދި ފާގީރުކަން ނައްތާލާ ޕާޓީ މިހެންގޮސް ނަން ހުސްކޮށް ޕާޓީތައް ހަދަމުންދިޔަ އެެވެ. އެގޮތުން އެންމެފަހުން އުފެދުނު އެއް ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާދެ، ޕީޕީއެމް ވުދޫޖްވެ، މި ވޭތުވެދިޔަ ފަސް އަހަރަކީ އެޕާޓީއަށް ވަރަށް ކާމިޔާބު އަހަރުތަކެވެ.

ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިޔާގެ ސަރުކާރު ފުލުހުންނާއި ސިފައިން މެދުވެރިވެ، ކޯޓުތައް ވެސް އެކަމަށް ރުހި ގަބޫލުވެ، އެ ސަރުކާރު ވައްޓާލީ ޖުމްހޫރީ މައިދާނުންނެވެ. އެހަރަކާތް ހިންގި ކޮމާންޑް ސެންޓަރުން ބުނަނީ ހަމަ "ވައްޓާލީ" ކަމަށެވެ.

މިހަރާކާތުގައި އެންމެ އިސްކޮށް އޮތީވެސް "ޒެޑް ފެކްޝަން" އެވެ. ޒެޑް ފެކްޝަނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިވެހި ރައްޔިތުންގެ ޕާޓީގެ ތެރެއިން އެފުދުނު ރައީސް މައުމޫންއަށް ތާއީދު ކުރައްވާ ފަރާތްތަކުން އުފެއްދި ފެކްޝަނެކެވެ. ޒެޑް ފެކްޝަނުން ފަހުން ވަނީ ޕީޕީއެމް ނަމުގައި ޕާޓީއެއް އުފައްދާވަ އެވެ. މިހާރު ވެރިކަން ހިންގާ ޕީޕީއެމްއަކީ އެއީ އެވެ.

ޕީޕީއެމް އުފެދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެޕާޓީއަށް ކާމިޔާބު ވުމުގެ އަސްލަކީ ރައީސް މައުމޫން އެވެ. ނަމަވެސް ވެރިކަމުގެ ލައްޒަތާއި އާރާއި ބާރު ލިބި ފަސްލޭޑީއަށް އޮފީހެއް ހެދުމަށްފަހު ޕީޕީއެމް ހިންގުން އެ އޮފީހުގެ ދަށުން ހިންގަން ފެށުމަކީ ޕީޕީއެމް ނިމުމުގެ ފެށުމެވެ.

ޕީޕީއެމްގެ ހަރާކާތްތަކާއި ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް މެޑަމްގެ އޮފީހުން ހިންގުމާއި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެޑަމްއަށް އަތް ގާތްކޮށްދީ، އުޅުނުއިރު، ސަރުކާރުން ހިންގާ މައިޕާޓީ ޕީޕީއެމް ރައީސް މައުމޫން ހުންނެވީ ފެންމަތި ވަމުން އަންނަ މައްސަލަތައް ހައްލު ކުރެއްވުމަށާއި މަޝްވަރާ ކުރެއްވުމަށް ރައީސް ޔާމީންއަށް ދަންނަވައިގެން އޮފީސް ކޮޅުގައި އެމަނިކުފާނުގެ އިންތިޒާރުގަ އެވެ. އެގޮތަށް އިންތިޒާރުގައި އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވެ، ދިޔައިރު، ސަރުކާރުގެ އޮފީސްތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން ކޮރަޕްޝަނާއި ހިޔާނާތް ވެފައިވާ އެތައް އެތަށް މައްސަލަތަކެއް ވެސް ދިޔައީ ފެންމަތިވަމުންނެވެ.

ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް ބައެއް މެމްބަރުން ދެއިރު ދެދަޅައަށް ރޮލެކްސް ގަޑި ބަދަލުކޮށް، ދުއްވަން އެންމެ ފަހުގެ ކާރުތައް ގަނެ، އަނބިދަރިން ގަހަނާއިން ޖަރީކޮށް، މާލެއިން ގޯތި ގެދޮރާއި ފްލެޓްގަނެ، ބޮޑެތި މަސްދޯނިތަކާއި ބޯޓުތައް ގަނެ، މުޅި ދައުލަތުގެ ތިޖޫރީ ހިލުވާލިއިރު، އެންޓި ކޮރަޕްޝަން ކޮމިޝަންފަދަ ބައެއް މިނިވަން މުއައްސަސާތަކާއި ބައެއް ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިންނަށްވެސް ބައިއަޅާފައިވެ އެވެ. އޭގެ ހެއްކަކީ ހުދު ރައީސް ޔާމީން ވެސް ދައުލަތުގެ އެންމެބޮޑު ހިޔާނާތުގައި ދައުލަތަގެ ސަލާމަތީ ބާރުތުގެ އަތެއްވާކަމަށް ވިދާޅުވެފައިވާތީ އެވެ. ހުދު އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަދެފައިވާއިރު، އެމަނިކުފާނު އެ ހުންނެވީ ސަލާމަތުން ނެވެ. އެ އެއް މިލިއަން ޑޮލަރަކީ އަދި މިހާތަނަށް ލިޔުމުން ފެންނަށް އޮތް ހަމަ އެކަނި އަދަދެވެ. ދައުލަތުގެ މާލިއްޔާގައި ޖެހި، ކޭ ވަރު އިނގޭނީ ބިތުފަންގި ނޭނގީމައެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުން ޖަލަށްލައި ރާއްޖޭގެ ބިންތައް ވިއްކުމާއި ފަޅު ރަށްރަށާއި ރަޅުޅުތައް ހިތަށް އެރި ގޮތަކަށް ހިތައްއެރި އަގެއްގައި ވިއްކުމާއި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް އިންތިހާއަށް ފެއްމަތި ވެއްޖެ އެވެ. އެމަގުން ސަރުކާރުގެ ކަންކަން ދާތީ، ސަރުކާރު ހަމަ މަގަށް އެޅުވުމަށް ރައީސް މައުމޫންއާއި ދަރިކަލުން އަދި ޕީޕީއެމް އެއް މުއައްސިސް ފާރިސް މައުމޫންއަށް މަޖުބޫރުވެވަޑައިގެންނެވި އެވެ.

އެންމެ ފަހުން ސަރުކާރުގެ ބޯހަރުކަމުން އެކަން ނުވެ، ސަރުކާރާ ދެކޮޅަށް ތެދުވަން ރައީސް މައުމޫން އަށާއި ފާރިސްއަށް ޖެހިވަޑައިގެންނެވި އެވެ. އެހިސާބުން ރައީސް ޔާމީން ވަނީ ޕީޕީއެމް ހިންގުން އެމަނިކިފާނުގެ އަތްޕުޅަށް ނަންގަވާފަ އެވެ.

ޕީޕީއެމް ރަނގަޅަށް ފަންކްޝަން ނުކުރާކަމަށް ވިދާޅުވެ، ރައީސް މައުމޫން ޕީޕީއެމުން ދުރުކުރެއްވިއިރު، އެދުވަހާހަމައަށް ރާއްޖޭގައި ބޭއްވި ހުރިހާ އާއްމު އިންތިހާބުތަކެއް ކާމިޔާބު ކުރެއްވި އެވެ. ނަމަވެސް ރަނގަޅަށް ޕީޕީއެމް ހިންގަން ވަޑައިގެންނެވި ބޭފުޅުންނަށް މިހާތަނަށް ބޭއްވި އެއްވެސް އާއްމު އިންތިހާބަކުން ކާމިޔާބެއް ލިބިފައި ނުވާއިރު، ރަނގަޅަށް ޕާޓީގެ ކޮމެޓީ ގަނޑެއްވެސް ބޭއްވި، ހިންގާލެވިފައެއް ނުވެއެވެ. އެންމެފަހުން ޕާޓީގެ ކޮންގްރެސް ނުބޭއްވި ފަސް އަހަރު ނިމުނީ އެވެ. އެންމެ ފަހުން ޕާޓީގަނޑުވެސް ތިޔަވަނީ ގާނޫނު ބުނާގޮތުން އުވިފަ އެވެ.

ޕާޓީއެއް ހިންގޭނީ ވެސް ފުރަތަމަ ރައްޔިތުން ހަވާލުކުރި މައްސައްކަތް ކުރުމަށް އޮފީހަށް ވަޑައިގެންތާ އެވެ.

ކުޅިވަރާ މަޖަލާއި ފޮނި ބައިސާ ކަނޑަމުން ޑިގު ކުޅެން އިންދާ ފަސް އަހަރުގެ ވެރިކަމުގެ ދައުރުވެސް މި ނިމެނީއެވެ. ކޮރަޕްޝަނާއި ހިޔާނާތާއި ހަސާދަ ނޫން އެއްޗެއް ފެންނަން އެބައޮތްތޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު