Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އޭވީސީ ވޮލީ މުބާރާތް

އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟

ރާއްޖޭގެ ސިއްހީ ހާލަތު އޮތް ގޮތް އެހެން ޓީމުތަކަށް އެނގެންޖެހޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 16 މާރިޗު 2017 | ބުރާސްފަތި 13:30
ރާއްޖޭގެ ގައުމީ ވޮލީ ޓީމާއި ޔޫތު މިނިސްޓްރީގެ އިސްވެރިން

ރާއްޖޭގެ ގައުމީ ވޮލީ ޓީމާއި ޔޫތު މިނިސްޓްރީގެ އިސްވެރިން

ރާއްޖެ މިވަނީ މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ ފަދަ ސިއްހީ ނުރައްކާތެރި ދުވަސްވަރަކާ ކުރިމަތިލާން ޖެހިފަ އެވެ. ބޮޑު ރޯގާއެއް ފެތުރި އެތަށް ރައްޔިތަކު އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

އެޗްވަންއެންވަން ވައިރަހާ ގުޅިގެން މުޅި ގައުމު ކުއްލި ހާލަތަކަށް އައިސްފައިވާ އިރު، ރާއްޖޭގެ ސްކޫލްތައް ބަންދުކޮށް ކުޅިވަރު އެސޯސިއޭޝަންތަކުން ހިންގަމުން އަންނަ ގިނަ ކުޅިވަރުތަކެއް މިވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

މިހާ ނާޒުކު ފައްތަރެއްގައި ގައުމުގެ ސިއްހީ ހާލަތު އޮތްއިރު، މިދަނޑިވަޅަކީ ރާއްޖޭގައި އިންޓަނޭޝަނަލް ބޮޑު މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެވެ. އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް މި މަހުގެ 22 ވަނަ ދުވަހު މާލޭގެ ޒުވާނުންގެ މަރުކަޒުގައި ބާއްވަން ހަމަޖެހިފައިވާ އިރު، ކުރިން ވެސް ފާހަގަކުރެވުނު ގޮތަށް ރާއްޖޭގެ ސިއްހީ ހާލަތާ މެދު މިވަނީ ސުވާލު އުފެދިފަ އެވެ. ދުވަހަކަށްވުރެ ދުވަހެއް މި ބަލި މިދަނީ އާންމު ވަމުންނެވެ.

ސިއްހީ ހާލަތު ގޯސްވެފައިވާ އިރު އެހެން ގައުމުތައް މުބާރާތަށް ރާއްޖެ އައިސްދާނެތަ؟

ބޭރު ގައުމުތަކެއް ވާދަކުރާ މި މުބާރާތަށް ޓީމުތައް އަންނަ މުއްދަތު ކައިރިވެފައިވާ އިރު މި މުބާރާތް ރާއްޖޭގައި ބޭއްވިދާނެތޯ ނުވަތަ ނޫންތޯ މިއީ އުފެދޭ ސުވާލެކެވެ.

އެކި ގައުމުތަކުން ފެންނަމުން އަންނަ މަންޒަރުތަކަށް ވިސްނާލަމާ ހިނގާށެވެ. އެގައުމެއްގައި ނުރައްކާތެރި ރޯގާއެއް ނުވަތަ ސިޔާސީ ކޯޅުމެއްގެ ތެރެއިން ގައުމުގެ ހާލަތު ގޯސްވެފައިވާ ނަމަ، އެއިރެއްގައި ކުރިއަށްގެންދަން ތާވަލުކޮށްފައި އޮންނަ މުބާރާތެއް އެހެން ތާރީހަކަށް ފަސްކޮށްލުމަކީ ފެންނަ ހަގީގަތެކެވެ. ހަމަ މިއާއެކު މުބާރާތުގައި ވާދަކުރަން މާކުރިންސުރެ ހަމަޖެހިފައިވާ ގައުމެއް ނުވަތަ ޓީމެއް އެ މުބާރާތް "ބޮއިކޮޓް" ކުރުމަކީ ވެސް މަދުން ނަމަވެސް ފެންނަމުން އަންނަ މަންޒަރެކެވެ.

ރާއްޖޭގެ ސިއްހީ ހާލަތު ނުރައްކާ ފައްތަރެއްގައި އޮތްއިރު، އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމާ މެދު އަދި މިހާތަނަށް ވޮލީބޯލް އެސޯސިއޭޝަނުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެ އެސޯސިއޭޝަނުން ކުރިއަށްގެންދާ ސްކޫލް މުބާރާތުގެ ބައެއް މެޗުތަކާއި އިނާމް ދިނުމުގެ ހަފްލާ ފަސްކުރެވުނު ވާހަކަ ނޫސްބަޔާނެއްގެ ގޮތުގައި ވަނީ އާންމުންނަށް ފޯރުކޮށްދީފަ އެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ސިއްހީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދެވިދާނެތަ؟

ކޮންމެ ގޮތެއްގައި ނަމަވެސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ކާރުބާރު ބޮޑު މި މާލޭ ސިޓީގަ އެވެ. މިވަގުތު އެޗްވަންއެންވަން ވައިރަސް އެންމެ ހަލުވި މިނެއްގައި ފެތުރެމުންދަނީ ވެސް މި ކުޑަކުޑަ މާލޭގަ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި އިންޓަނޭޝަނަލް ވޮލީ މުބާރާތެއް ބޭއްވި އެވެ. އެހެން ނަމަވެސް އޭރު ރާއްޖޭގެ އާންމު ހާލަތު އޮތީ ރަނގަޅަށެވެ. އޭރު އެޓީމުތައް ތިބުމަށް ހަމަޖެހިގެންދިޔައީ ވެސް މާލޭގަ އެވެ. މި މަހު ރާއްޖޭގައި ފަށަން ތައްޔާރުވަމުން އަންނަ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރާ ބޭރުގެ ޓީމުތައް ވެސް ތިބުން އެންމެ އެކަށީގެންވަނީ މާލޭގެ ބޮޑެތި ހޮޓާ (ގެސްޓް ހައުސް) ތަކުގަ އެވެ. އެހެން ކަމުން ހޮޓާތަކަކީ މި ހާލަތުގައި އެންމެ ރަނގަޅަށް ސާފުކުރެވި ރަނގަޅަށް ބެލެހެއްޓޭ ތަންތަން ކަމުގައި ވާންޖެހެ އެވެ.

ދެން އުފެދޭ ސުވާލަކީ މެޗުތައް ކުރިއަށްދާ ވަގުތު ޒުވާނުންގެ މަރުކަޒު އެތެރޭގައި ސަޕޯޓަރުންނަށް ތޮއްޖެހިފައި ތިބެވިދާނެތޯ އުފެދޭ ސުވާލެވެ. ނުވަތަ މެޗުތައް ކުޅެމުންދާއިރު ޓީވީތައް މެދުވެރިކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސައި ސަޕޯޓަރުން ނުވައްދާ ގޮތަށް ހަމަޖައްސަފާނެތޯ އުފެދޭ ސުވާލެވެ.

އެޗްވަންއެންވަން ވައިރަހަކީ ފަސޭހައިން ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔަކަށްވާ އިރު، އެ ބަލި ފެތުރެން އެންމެ މަގު ފަހިވަނީ ވެސް މީހުން ތޮއްޖެހިފައިވާ ތަންތަނަށް ގޮސް އުޅުމުން ކަމަށްވާތީ އެވެ. އެހެން ކަމުން ޒުވާނުންގެ މަރުކަޒަކީ ވެސް މިބުނި ފަދައިން މީހުން ގިނަވެ ތޮއްޖެހޭ ތަނެކެވެ. އަނެއްކޮޅުން އެތަނަކީ ވެންޓިލޭޝަން ސިސްޓަމް އެހާ ރަނގަޅު ކޮންޑިޝަނެއްގައި ހުރި ތަނެއް ވެސް ނޫނެވެ.

މިހާލަތުގައި ވެސް ރާއްޖެއިން މުބާރާތުގެ ތަށި ހޯދުމަށް ކެތްމަދުވެފައި!

ރާއްޖޭގެ ސިއްހީ ހާލަތު ނާޒުކު ފައްތަރުގައި އޮތްއިރު ވެސް މުބާރާތުގައި ވާދަކުރުމަށް ސިނިއާ ވޮލީ ޓީމު ދަނީ ވަރުގަދައަށް ތައިލެންޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. ބޭނުމަކީ އަމިއްލަ ފަސްގަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ތަށި ރާއްޖޭގައި ބަހައްޓައި އެ ޝަރަފު ހޯދުމެވެ.

ކުޅުންތެރިންނާއި ކޯޗުން ވަރުބަލިކަމެއް ނެތި ތަމްރީނުތައް ފުރިހަމަކުރަމުންދާ އިރު، އެފަރާތްތަކަށް ވެސް މިވަގުތު ރާއްޖެ އޮތް ހާލަތު ހަމަ ރަނގަޅަށް އެނގެ އެވެ.

ދެން އުފެދޭ ސުވާލަކީ މުބާރާތުގައި ވާދަކުރާ އަނެއް ތިން ގައުމަށް މިގައުމު އޮތީ ސިއްހީ ގޮތުން މުބާރާތެއް ބޭއްވިދާނެ ފަދަ ހާލަތެއްގައިކަން އެނގޭ ބާވައޭ ކުރެވޭ ސުވާލެވެ. ނޭނގޭ ނަމަ އެއީ ވަރަށް ދެރަ ކަމެކެވެ. މުބާރާތުގައި ވާދަކުރަން ރާއްޖެ އައިސް ކުޅުންތެރިންނަށް މެޗު ނުކުޅެވޭ ވަރަށް ބަލި ވުމަކީ އެއްވެސް ޓީމެއްގެ ކޯޗިން ސްޓާފުން ބޭނުންވާނެ ކަމެއް ނޫނެވެ.

މިހުރިހާ ކަމަކަށް ވިސްނާލާއިރު، ގަބޫލުކުރަންޖެހޭ ހަގީގަތެއް އެބައޮތެވެ. މިފަދަ ބޮޑު މުބާރާތެއް ބާއްވަން ވަގުތު ކުޑަތަންވެފައިވާ އިރު، މި މުބާރާތް ފަސްކޮށްލުމަކީ އެންމެ ރަނގަޅު ކަމެކެވެ. އާންމު ހާލަތު ރަނގަޅުވެ ގިނަ ބަޔަކަށް މެޗުތައް ބަލާލުމަށް އެއްތަނަކަށް ހާޒިރުވެވޭ ވަގުތަކަށް ބަލަން އެބަޖެހެ އެވެ. ގައުމުގައި މުބާރާތުގެ ތަށި ބަހައްޓަން ބޭނުންވަނީ ސަޕޯޓަރުންގެ އެއްބާރުލުމާއެކު ނަމަ އެ ފުރުސަތު އެފަރާތްތަކަށް ވެސް ލިބެން އެބަޖެހެ އެވެ. މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ވޮލީ ޓީމާއި ގައުމަށް ޒިޔާރަތްކުރާ އެހެން ގައުމުތަކުގެ ޓީމުތަކަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދެން އެބަޖެހެ އެވެ.

"ރައްކާވެ ތިބިއްޔާ ދަތުރެވެ."

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންނާ ގުޅިގެން ހުށައެޅޭ މައްސަލަތައް ނުބަލައި، ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުން ބުއްދިވެރިތަ؟

ފުލުހުންނާ ގުޅިގެން ހުށައެޅޭ މައްސަލަތައް ނުބަލައި، ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުން ބުއްދިވެރިތަ؟

21 ޖޫން 2020
ކޮވިޑް-19 އާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ފެނަކައިގެ ބައިވެރިވުމަށްވެސް ތައުރީފު ޙައްޤު

ކޮވިޑް-19 އާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ފެނަކައިގެ ބައިވެރިވުމަށްވެސް ތައުރީފު ޙައްޤު

03 އެޕްރީލު 2020
އެންމެ ގިނަ ކޭސް ފެނުނު ޤައުމަކަށް އެމެރިކާ ވެގެންދިއުމާއެކު، ވައިރަސްއާ ގުޅިގެން ޓްރަމްޕްގެ ރާގު ބަދަލުވަނީ؟!

އެންމެ ގިނަ ކޭސް ފެނުނު ޤައުމަކަށް އެމެރިކާ ވެގެންދިއުމާއެކު، ވައިރަސްއާ ގުޅިގެން ޓްރަމްޕްގެ ރާގު ބަދަލުވަނީ؟!

27 މާރިޗު 2020
ކޮވިޑް-19އާ ގުޅިގެން ދިވެހިން ޑުރާމާ ކުޅެނީ!

ކޮވިޑް-19އާ ގުޅިގެން ދިވެހިން ޑުރާމާ ކުޅެނީ!

23 މާރިޗު 2020
ކޮވިޑް-19: ކޮރޯނާވައިރަސްއާއި ގުޅިގެން ބަންގިއަށް ބަދަލެއް

ކޮވިޑް-19: ކޮރޯނާވައިރަސްއާއި ގުޅިގެން ބަންގިއަށް ބަދަލެއް

14 މާރިޗު 2020

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު