Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޑަކުދިންނަށް ދިމާވާ މައްސަލަ

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ތަރައްގީ ވެފައިވާ ގައުމުތަކުގައި ކުޑަކުދިންގެ ހައްގުތައް އެކަށީގެންވާ ގޮތެއްގައި ކަށަވަރު ނުކުރެވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 17 ޖޫން 2017 | ހޮނިހިރު 14:24
ކުޑަކުދިންގެ ދުވަހުގެ ހަރަކާތުގެ ތެރެއިން

ކުޑަކުދިންގެ ދުވަހުގެ ހަރަކާތުގެ ތެރެއިން

ދުނިޔޭގެ އެކި ގައުމުތައް މިންކުރެވިފައިވާއިރު ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީ ވަމުން އަންނަ ގައުމުތަކާއި ފަގީރު ގައުމުތަކުގެ ގޮތުގައި ވަނީ ލިސްޓު ކުރެވިފަ އެވެ.މިގޮތަށް ގައުމުތައް މިންކުރެވިފައިވާ އިރު، ހުރިހާ ގައުމަކުންވެސް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ތަރައްގީއަށް ވާސިލް ވުމަށެވެ.

ތަރައްގީ ވެފައިވާ ގައުމުތަކުން، ތަރައްގީގެ އިތުރު ހަރުފަތްތަކެއް ހާސިލް ކުރުމަށް ބޭނުންވާއިރު، ތަރައްގީވަމުން އަންނަ ގައުމުތަކުން މަސައްކަތް ކުރަނީ، ތަރައްގީގެ ޓެގް އެޅުވޭނެ ގައުމަކަށް ވުމަށްޓަކަށެވެ. ފަރީގު ގައުމުތަކުން މަސައްކަތްކުރަނީ، ތަރައްގީ ވަމުންދާ ގައުމަކަށް ވުމަށެވެ.

ތަރައްގީ ހާސިލް ކުރުމަށް ގައުމުތަކުން މަސައްކަތް ކުރަމުންދިއުމުގެ ތެރެއިން، ތަރައްގީވެފައިވާ ގައުމުތައް މިންކުރެވޭ އިރު، އެގައުމުތަކަކީ، އެއްވެސް ހާލެއްގައި ހުރިހާ ކަމެއް ފުރިހަމަވެ ނުވަތަ، ހުރިހާ ކަމެއް ހާސިލްވެފައިވާ ގައުމުތަކެއް ނޫނެވެ. އެގައުމުތަކުގައި ދިމާވާ އިޖްތިމާއީ މައްސަލަތަކާއި އިގްތިސާދީ ގޮންޖެހުންތަކެއް ވަކި ކުޑައެއް ނޫނެވެ.

ޔުނިސެފުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިގްތިސާދީ ގޮތުން އެންމެ ފުދުންތެރި ގައުމުތަކުގައި ކޮންމެ ފަސް ކުޑަކުއްޖަކުން އެއް ކުއްޖެއްގެ އައިލާ އުޅެނީ ފަގީރު ހާލުގައެވެ. އަދި ކޮންމެ އަށް ކުއްޖަކުން އެއްކުއްޖަކީ ބަނޑުހައިހޫނު ކަމާ ކުރިމަތިލާންޖެހޭ ކުއްޖެކެވެ.

އެންމެ ފަހުން ޔުނިސެފުން އާންމުކުރި ރިޕޯޓްގައި ބުނެފައިވަނީ، މުއްސަދި ގައުމުތަކަށް ކުޑަކުދިންނަށް އެ ބޭނުންވާ ހައްގުތައް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް ދަތިތަކާއި ކުރިމަތިވެފައިވާ މިންވަރު އިތުރެވެ. އަދި ލިބޭ ބޮޑު އާމްދަނީ އިން ކުޑަކުދިންގެ ދިރުއުޅުމަށް މާބޮޑު އަސަރެއް ކުރާ މަންޒަރެއް ނުފެނެ އެވެ.

"ބިލްޑިން ދަ ފިއުޗަރ: ޗިލްޑްރެން އެންޑް ސަސްޓެއިނަބަލް ޑެވެލޮޕްމެންޓް ގޯލްސް އިން ރިޗް ކަންޓްރީސް" ގެ ނައުމުގައި ނެރުނު މި ރިޕޯޓަކީ ކުޑަކުދިންގެ ހާލަތު ދެނެގަތުމަށް ހެދިފައިވާ ރިޕޯޓެކެވެ. މި ދިރާސާގައި 41 މުއްސަދި ގައުމެއްގެ މައުލޫމާތު އެއްކުރެވުނެވެ. މި ރިޕޯޓުގައި ކޮންމެ ފަސް ކުއްޖަކުން އެއްކުއްޖަކު، ފަގީރު ހާލަތުގައި ދިރިއުޅޭއިރު ވަކި ވަކި ގައުމުތަކުގައި މިފަރަގު ތަފާތެވެ.

ޑެންމާކާއި، އައިސްލެންޑާއި ނޯވޭގައި ކޮންމެ ދިހަ ކުދިންގެ ތެރެއިން އެއް ކުއްޖަކު ފަގީރު ހާލަތުގައި، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުރިހަމަ ނުވާ ހާލަތުގައި ދިރިއުޅޭ އިރު، އިސްރާއީލާއި ރޯމޭނިއާގައި ކޮންމެ ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ލިބެންޖެހޭ ޒަރޫރީ ބޭނުންތައް ނުފުދެ އެވެ.

މީގެ އިތުރުން ބަނޑުހައި ހޫނުކަން ތަހައްމަލް ކުރާ މިންވަރަށް ބަލާ އިރު އިގނިރޭސިވިލާތާއި، އެމެރިކާގައި ކޮންމެ ފަސް ކުއްޖަކުން އެއްކުއްޖަކަށް ކާންބޯންލިބުމުގެ ދަތިކަން ކުރިމަތިވެފައިވެ އެވެ. މެކްސިކޯ އާއި ތުރުކީގައި ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކު ބަނޑުހައި ހޫނު ކަމާއި ކުރިމަތިލާންޖެހެ އެވެ. މީގެ އިތުރުން ތަރައްގީވެފައިވާ ގައުމުތަކުގައި ކުޑަކުދިންނަށް ދިމާވާ، ނަފްސާނީ މައްސަލަތައް ވަނީ އާއްމުވެފަ އެވެ.

​

ކުޑަކުދިން އަމިއްލައަށް ދަންޖެހިގެން މަރުވާ ރޭޓާއި، ޅަ އުމުރުގައި މާބަނޑުވުމުގެ މައްސަލަތައް ދިމާވާ ރޭޓް މަދުވި ނަމަވެސް، ވަކިވަކި ގައުމުތަކަށް ބަލާއިރު މިއީވެސް ކަންބޮޑުވަންޖެހޭ މައްސަލައެކެވެ.

މިއީ ދުނިޔޭގެ ތަރައްގީ ވަމުންދާ ގައުމުތަކުގެ ހާލަތެވެ. މީގެ އިތުރުންވެސް ތަފާތު އެކި ކަހަލަ ސިއްހީ މައްސަލަތައް ވަނީ މިގައުމުތަކުގައި އާއްމުވެފަ އެވެ. އިޖުތިމާއީ ތަފާތު އެތައް މައްސަލަތަކެއް މިގައުމަތަކުގައި ކުރިމަތިލާންޖެހެ އެވެ. އެގޮތުން މަތީ ތައުލީމުގެ ފުރުސަތުގައި އަންހެން ކުދިންނާއި ފިރިހެންކުދިންނަށް ތަފާތުތައް ހުރުމާއި، ތައުލީމީ ފެންވަރުގެ ތެރެއިން ބައެއް މާއްދާތަކުގައި ހާސިލްކުރަންޖެހޭ ޓާގެޓް ހާސިލްކުރުމުގައި ހުރި ދަތިތައް ވަނީ ފާހަގަކޮށްފަ އެވެ.

މިއީ ތަރައްގީ ގައުމުތަކަށް ކުރިމަތިވާ މައްސަލަތައް ކަމުގައިވީ ނަމަވެސް، މި މައްސަލަތަކަކީ ރާއްޖެފަދަ ގައުމުތަކަށް ވެސް ކުރިމަތިވަމުން އަންނަ މައްސަލަތަކެކެވެ. ތަރައްގީ ހާސިލް ކުރުމަށް ރާއްޖެއިން ބޮޑެތި ޕްރޮޖެކްޓްތައް ގެނެސް ގިނަ މަޝްރޫއުތަކެއް ހިންގާ އިރު ތަރައްގީގެ ތެރެއިން އިޖުތިމާއީ ފޭރާމާއި، ރިވެތި އާދަތައް ހިފަހައްޓަންޖެހެ އެވެ. އަދި މިއާއެކީ ނުރަގަޅު އާދަތައްވެސް ދޫކޮށްލަންޖެހެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ހިމޭނުން

ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ހިމޭނުން

18 ޑިސެމްބަރު 2017
އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

10 ޑިސެމްބަރު 2017
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

17 ނޮވެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

ރޮހިންޖާ މުސްލިމުންގެ އިންސާނީ ހައްގުތައް ކޮބާ؟

10 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު