Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީޕީއެމްއަށް ސޮއިކުރުން

އެ މަޖުބޫރީ ހާލަތު

ސޮއިނުކޮށް ވަޒީފާ ސަލާމަތް ކުރެވޭނެކަމުގެ ޔަގީންކަން ގެއްލިފަ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2017 | އަންގާރަ 22:42
ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތް މެޑަމް ފާތުން ބައްލަވާލައްވަނީ

ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތް މެޑަމް ފާތުން ބައްލަވާލައްވަނީ

ދިވެހިތާރީޚަށް ބަލައިލާނަމެވެ. ފެންނަން އޮތް ޙަގީގަތެއްގެ މައްޗަށެވެ. ބަލާލުމުން ފެންނަނީ ދިވެހިރާއްޖެ އިސްލާމްވީ ފަހުން ދިވެހިންގެ ގިނަ ބަޔަކަށް ރާ ބޯން ޖެހުނުކެމެވެ. އެއީ އެއްވެސް ހާލެއްގައި އެ ރައްޔިތުން ބޭނުންވެގެނެއް ނޫނެވެ. ރާ ބޯން މަޖުބޫރު ކުރީއެވެ. އެއީ ވަރަށްކުރިއެވެ. އޭރު ދުނިޔޭގެ ކަނޑުގެ ބާޒުންގެ ގޮތުގައި ބެލެވުނު ޕޯޗްގީޒުން ރާއްޖެއަށް އަޅުވެތިކޮށްގެން އުޅުނު ޒަމާނުގައެވެ. ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދުވަސްވަރު ދިވެހިންގެ ކަރަށް ގަދަކަމުން ރާވެސް އަޅަމުން ދިޔައެވެ. އެރާ ދިވެހިން ބޯންވެސް ބުޔެވެ. އެއީ ކޮންމެހެން ބޭނުން ނުވެގެނެއް ނޫނެވެ. އޭރު އޮތް ހާލަތުގެ ގޮތުން މަޖުބޫރު ވެގެންނެވެ. އެކަމު ރާ ބޯންދޭތަން ބަލަން ބޮޑުތަކުރުފާނަކަށް ކެތެއްނުވިއެވެ. ބޮޑު ޤުރުބާނީއެއް ކުރައްވައިގެން އެކަމުން ދިވެހިން މިންޖު ކުރެއްވިއެވެ.

ޕޯޗުގީޒުން އަޅުވެތިކަމުގައި ރާބޯން މަޖުބޫރުވި ވާހަކައަކީ މާކުރީގެ ވާހަކައަކަށް ވެދާނެއެވެ. އެއަށްވުރެ ފަހަށް ޖެހިލާނަމެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ދިވެހިން އުޅެމުން އައީ ވަރަށް އާދައިގެ ގޮތަކަށެވެ. ހަނގުރާމައިގެ ސަބަބުން ވަރަށްގިނަ ގޮންޖެހުންތައް ރާއްޖެއަށް ކުރިމަތިވިއެވެ. އެންމެފަހުން ގޮސް ދިވެހިންނަށް މަގޫފަތާއި، ކަނޑުލާއި، ފަޅޯގަހުގެ ތޮށިގަނޑު ފެނު ކައްކައިގެން ކާންޖެހުނެވެ. މަސްވެރި ދިވެހި ރައްޔިތުން އެގޮތަށް ބޭނުން ވެގެނެއް ނޫނެވެ. ޤައުމު ބަނޑަށްޖެހި މަގޫފަތާއި، ކަނޑުލާއި، ފަޅޯގަހުގެ ތޮށިގަނޑު ފެނުކައްކައިގެން ކާން މަޖުބޫރުވީމައެވެ. އެއީ އޭރު ގައުމު އޮތް ހާލަތެވެ. އެ މަޖުބޫރީ ހާލަތެވެ.

އޭގެ ފަހެވެ. ހުވަދު އަތޮޅުގެ އެންމެ އާބާދީ ބޮޑު އެއް ރަށްކަމުގައިވާ ތިނަދޫ އޭރުގެ ނަމުންނަމަ ހަވަރު ތިނަދޫ ރައްޔިތުންވެސް އެރަށުން ފޭބިއެވެ. އެކަމަކު އެކަންކުރީވެސް އެރަށުގެ ރައްޔިތުން ބޭނުންވެގެނެއް ނޫނެވެ. އޭރު އޮތް ވެރިކަމުގައި އެރަށަށް އަރާ ރައްޔިތުންނަށް ގަދަކަމުން ބޭލުވީމައެވެ. އޭރު އޮތް މަޖުބޫރީ ހާލަތުގައެވެ. ހައްޓާ ފުރާނައިގެ ރައްކަލަށް އެ މަޖުބޫރީ ހާލަތުގައި އެރަށުން ފައިބަން މަޖުބޫރުވީއެވެ. ކޮންމެހެން އެކަންކުރާން ރައްޔިތުން ބޭނުންވެގެނެއް ނޫނެވެ.

އެއީ މާޒީއެވެ. މީ އެކާވީސް ވަނަ ގަރުނެވެ. ދުނިޔެ ތަހްޒީބުވަމުން އަންނައިރު، ރާއްޖެއަށް އެފަދަ ބަދަލުތައް އަޔަސް އަނެއްކާވެސް މިފެންނަނީ އެހާލަތައް ގައުމުދާތަނެވެ. އެ މަޖުބޫރީ ހާލަތުގެ ތެރެއަށެވެ. ސަލާންޖެހުމުގެ ސަޤާފަތުގެ ތެރެއަށެވެ. އެ އަޅުވެތި ކަމަށެވެ. ވަކިން ޚާއްސަކޮށް އެ މަޖުބޫރީ ހާލަތުން އަރައިގަތުމަށް ސަރުކާރަށް ސަނާކިޔައި، ސަރުކާރު ހިންގާ ޕާޓީއަށް ވަންނަން މިވަނީ މަޖުބޫރުވެފައެވެ. މިއަދުގެ މަޖުބޫރީ ޙާލަތު އޮތީ އެގޮތަށެވެ. އަސާސީ ޙައްގުތަކުން މަހުރޫމްވާން ނޭދޭ ނަމަ ސަރުކާރު ހިންގާ ޕާޓީއަށް ގުޅެންޖެހެއެވެ.

މިއަދު ގަދަކަމުން ކަރަށް ރާއަޅަން ޕޯޗުގީޒުން ނެތަސް، މިއަދު މަގޫފަތްކާން ނުޖެހުނަސް، އަދި ކިއެއްތަ މިއަދު ތިނަދޫ ރައްޔިތުން އެރަށުން ބާލަންދާނެ ބަޔަކު މަނަވަރެއް ނެތަސް މިއަދުވެސް ގައުމުގައި އޮތީ އެ މަޖުބޫރީ ޙާލަތެވެ. ހިލޭ ބޭސްފަރުވާ ކުރެވޭ "އާސަންދަ" ހޯދަން ބޭނުންވަންޏާ ރައްޔިތުންނަށް މިޖެހެނީ ސަރުކާރު ހިންގާ މައި ޕާޓީއަށް ސޮއިކުރާށެވެ. ވަޒީފާއެއް ބޭނުމިއްޔާ، ނުވަތަ ހުރި ވަޒީފާގައި ދެމިހުންނަން ބޭނުންނަމަ މިޖެހެނީ އެ ޕާޓީއަކަށް ސޮއިކުރާށެވެ. ކުރުކޮށް ބަޔާންކުރާނަމަ ދިވެހި ރައްޔިތެއްގެ ހައްޤުވެސް މިހާރު ލިބެނީ އެ ފޯމެއްގައި ސޮއިކުރުމުންނޭ ބުނާ ދަރަޖައަށް ގައުމުގެ ޙާލަތު ހިގައްޖެއެވެ.

މިހުރިހާ ކަމެއް އޮތީ ހަމައެކަނި އާދައިގެ ނިކަމެތި ރައްޔިތުންނަކަށް ނޫނެވެ. ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކަށްވެސް އޮތީ ހަމަ އެއް ހާލަތެކެވެ. އެ މަޖުބޫރީ ހާލަތެވެ. ދެކޮޅަށް ބަހެއް ބުނެފިނަމަ ވިޔަފާރިތައް ހުއްޓުވާލަނީއެވެ. ދީފަ އޮތިއްޔާ އޮތް ޕްރޮޖެކްޓެއް ހުއްޓުވާލަނީއެވެ. ސަރުކާރުގެ ކުންފުނި ތަކުގެ މުވައްޒަފުން ވެސް ޖެހޭނީ އުސޫލެއްގެ ގޮތުން ޕީޕީއެމް އަށް ސޮއި ކުރާށެވެ. އެކަން ސަރުކާރުގެ ކުންފުނިތަކުގައި ތިއްބެވި ސިޔާސީ ވެރިންކުރައްވަމުން ގެންދަވާ މަސައްކަތްތަކުން އެގެއެވެ.

ރައްޔިތުންނަށް މިއަދު ކުރިމަތިވެފައިވާ މަޖުބޫރީ ހާލަތުން އަރައިގަތުމަށް ޕީޕީއެމްއަށް ސޮއި އަޅަނީ ބޭނުން ވެގެނެއް ނޫނެވެ. އެކަމަކު ވަޒީފާގެ ބޭނުންނަމަ ސިވިލް ސާރވެންޓުން ނާއި އަދި ހުރިހާ މިނިވަން މުވައްސަސާ ތަކުގެ މުވައްޒަފުން ވެސް ޖެހޭނީ ޕީޕީއެމް އަށް ސޮއި ކުރާށެވެ. އަނެއްކާވެސް ސަލާންޖަހާ ސަގާފަތަށް އެނބުރި ދިޔުމަށް މަޖުބޫރު ކުރުވަނީއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ނުވަތަ އަނބިކަނބަލުންގެ އަރިހަށް ސަލާން ޖަހަން ހިންގުވާ ސަޤާފަތަށް ދިޔުމަށް މިއަދު ގައުމު އޮތް ޙާލަތު މަޖުބޫރު ކުރެއެވެ.

މިއަދު އޮތް މަޖުބޫރީ ހާލަތަކީ އަތާއި އަނގަޔާ ދިމާނުވުމެވެ. ކާޑުކޮޅު އަގު ބޮޑުވުމެވެ. ކަރަންޓާއި ފެންބިލު ދައްކާލެވޭ ވަރަށްވުރެ ބޮޑުވެގެންދިޔުމެވެ. ފަސޭހައިން ބޭސްފަރުވާ ކޮށްލެވޭނެ ގޮތެއް ނެތުމެވެ. މި މަޖުބޫރީ ހާލަތުގައި އަނބިދަރިންގެ ޙައްގުގައި ސޮއިކުރަން މަޖްބޫރުވެއެވެ. އެދުމަތިކޮށްފައިވާ މައިމީހާއަށް ފަސޭހަ ގޮތެއްގައި ބޭސްކުރުމަށް އެ މަޖްބޫރީ ޙާލަތުން އަރައިގަންނަން ޖެހެއެވެ. ކޮންމެ ފޯމަށް ހުދުކުލައިގެ ސިޓީ އުރައެއްގައި އެ ދިއްކޮށްލާ ދެހާސް ރުފިޔާގައި ހިފާލުމަށް ރައްޔިތު މީހާއަށް މިއަދު މިވަނީ މަޖުބޫރުވެފައެވެ. އަނބިދަރިންނާއި، ބަލިއެނދުގައޮތް ބައްޕަގެ ޙައްޤުގަޔާއި، ވަޒީފާގެ ބިރުވެރިކަމުގައ ސޮއިކޮށްފީމޭ ބުނަނީ އެ މަޖުބޫރީ ހާލަތުގެ ސަބަބުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނަމަ، މަގެ ދީނޭ މަގެ ގައުމޭ ނުކިޔާށެވެ!

މިގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނަމަ، މަގެ ދީނޭ މަގެ ގައުމޭ ނުކިޔާށެވެ!

20 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތުގައި ޕީޕީއެމް އިން ފުލު ފުލުގައި ޖަލްސާ، އިދިކޮޅު ފަރާތްތަކަށް ފުރުސަތެއް ނެތް!

ކުއްލި ނުރައްކަލުގެ ހާލަތުގައި ޕީޕީއެމް އިން ފުލު ފުލުގައި ޖަލްސާ، އިދިކޮޅު ފަރާތްތަކަށް ފުރުސަތެއް ނެތް!

09 ފެބުރުއަރީ 2018
ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

06 ފެބުރުއަރީ 2018
ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

05 ފެބުރުއަރީ 2018
ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

28 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު