Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބަލި ޤަބޫލު ނުކުރަން ތެޅޭ އަނގައިން އިތުރަށް ބަލި

އިންތިޚާބުގައި ކުރި ލިބުނީ އިދިކޮޅަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 18 މެއި 2017 | ބުރާސްފަތި 17:42
ޕީޕީއެމްގެ ޕްރެސްކޮންފަރެންސެއްގެ ތެރެއިން

ޕީޕީއެމްގެ ޕްރެސްކޮންފަރެންސެއްގެ ތެރެއިން

ދޮގު ހަދައިފިނަމަ އެދޮގު ފޮރުވަން ހާސްދޮގު ހަދަން ޖެހޭނެއޭ މުސްކުޅިން ބުނާތީ އަޑުއަހަމެވެ. ކަމެއްގެ ހަޤީގަތްޤަބޫލު ނުކުރާން ވާހަކަ ދައްކާނަމަ އެކަމެއްގެ މަތިއޮމާން ކުރުމަށް ލައްކަ އަންގަތަޅަން ޖެހޭނެއެވެ. ގިނަ ފަހަރަށް އެފަދަ ކަންކަމުން އިތުރަށް ފަޟީޙަތް ވެގެން ދެއެވެ. ކޮނުނު ވަރަކުން ފަސްގިނަވާހެން އިތުރު ކަންކަން ފަޅާއަރައިގެން ދެއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވަރުގަދަ ޕީޕީއެމަށްވެސް ލިބިގެން މިއުޅެނީ އެ ކަހަލަ ކެއްސެކެވެ. ހުރިހާ ނުފޫޒަކާއި ގަދަފަދަ ބާރަކާއެކު ބޮޑު ބައްޔަކުން ބަލިވި ނަމަވެސް އެބަލި ޤަބޫލު ނުކުރެވިގެން އެ އުޅޭ ގޮތުން މީހުން ޖޯކު ޖަހަން ފަށައިފިއެވެ. ހީނހީނފައި ހޮޅުއަށިތަކުގައިވެސް އެ ވާހަކައެވެ. މަސްއޮޑި އަތިރިއާ މަގު ކުނިކަހަން ނިކުތް އަންހެންވެރިންވެސް އެމަޖަލުގައެވެ. ޓައިޕް ކުރަން ފަރިތަ ޒުވާން އަންހެންކުދިންވެސް ސޯޝަލް މީޑިއާގއަި އެނޫން ވާހަކައެއް ނުދައްކައެވެ. ދިރާސާކުރާ އުމުރުގެ ކޮލެޖް ކުދިންވެސް އެކަމުގެ ދިރާސާތަކުގައެވެ.

ވާނީވެސް އެހެންތާއެވެ. އިންތިޚާބު ބޭއްވީ ހިތުހުރިވަރަކަށް ތައްޔާރުވެވުނީމައެވެ. ޤާނޫނުއަސާސީގައި ބުނާ މުއްދަތު ފަހަނައަޅައިގޮސް ޤާނޫނާ ޚިލާފުވީއިރުވެސް ލަސްކުރަމުންދިޔައީ ވެރިކަން ކުރާ ޕީޕީއެމަށް ތައްޔާރު ނުވެވިގެންނެވެ. ލިސްޓްތަކުގައި މައްސަލަ އެބަހުއްޓޭ ތިޔަކަށް އިތުބާރެއް ނެތޭ ސޮއެއް ނުކުރާނަމޭ އިދިކޮޅު ޕާޓީތަކުން ގޮވަގޮވާ އޮއްވާވެސް އިންތިޚާބު ބޭއްވީ ސަރުކާރަށް ފައްސިޔައަށް އެނބުރިލީމައެވެ. އިދިކޮޅު ޕާޓީތަކުން ރަޖިސްޓްރީ ކުރި ބައެއް މީހުން މުޅިން އެހެން ތަންތަނަށް ބަދަލުކޮށް ވޒީފާތަކުގެ ބިރު ދައްކާ، ޖަލުގައި އިން ސޮރު ގެއަށް ބަދަލު ކޮށްދޭނެ ކަމުގެ ވައުދުގެ އިތުރުން ތިންހަތަރު ދިމާލެއްގައި މެގަ ޕްރޮޖެކްޓެއްގެ ކުއްލި ސޮއެއް އަޅާލައިގެން ރަނގަޅަށް ރެޑީ ވެވުނީމައެވެ.

އިންތިޚާބަށް ދޮންވެގެން އައިއިރު ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ ރައްޔިތުންގެ ތާއީދު އޮތްގޮތެއް މިފަހަރު އެނގިގެން ދާނެ ކަމަށެވެ. ސަރުކާރުގެ ތިން އަހަރުގެ ތަރައްޤީގެ ސަބަބުން ރައްޔިތުން ބޮޑުތަނުން ސަރުކާރަށް ތާއީދު ކުރާކަން ހާމަކުރާނެ ކަމަށް ރައީސް ޔާމީނާ ސަރުކާރުގެ ބޮޑުން ދިޔައީ ކެނޑިނޭޅި ވިދާޅުވަމުންނެވެ. ކުރުކަޮށް ފޮނިކޮށް ބުނަނީނަމަ ސަރުކާރަށް އޮތީކީ އަމަށަކު ޔަޤީންކަމެއް ނޫނެވެ.

އިސާހިތަކު އިންތިޚާބު ބާއްވައިފިއެވެ. ކަމަކު ދާކަށް ނެތެވެ. އަނިޔާވެރިކަމޭ ކޮރަޕްޝަނޭ ބޮޑުންގެ ވައްކަމޭ ބުނެ އިދިކޮޅު ފަރާތްތަކަށް ވޯޓު އަޅާ ފުރާލައިފިއެވެ. ކާޑުގެ އަގު ދެގުނަކޮށްފިއޭ ކަރަންޓް ބިލް ދައްކާލީމާ އެހެންކަމަކަށް ލާރިއެއް ނެތޭ މަ ޝަކުވާ ތިޔަ ސަރުކާރަކާ ނުރުހެމޭބުނެ ބޮޑު ތަނުން ސަރުކާރަށް ނޫނެކޭ ބުނެފިއެވެ. ލަދުގަންނަވަރުގެ ބޮޑު ބައްޔަކުން ސަރުކާރު ބަލިކޮށްލައިފިއެވެ.

ބަލިވުމުން ބަލި ޤަބޫލު ކުރުމާއި ހަށިފޮޅާލާފައި ތެދުވުމުގެ ބަދަލުގައި ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ. އައިރުޅީގައި ފުރަތަމަވެސް ކަނޑާލީ ބަދަލު ހިފުމުގެ ގޮތުން ރައްޔިތުންނަށް ދެމުންދިޔަ ހުސްނުވާ އާސަންދައެވެ. ދެރަވެލާފައި ބަލި ޤަބޫލު ކުރުމުގެ ބަދަލުގައި ދައްކާންފެށީ މުޅިން އެހެން ވާހަކައެކެވެ. ސެމީފައިނަލްގައި ބަލިވިއަސް ފައިނަލްގައި މޮޅުވާނެ ވާހަކައެވެ. ފައިނަލަށް ދަނީ ސެމީން މޮޅުވީމާކަންވެސް ރޭކާލީ މީހުން ބަވާ ނަގަން ފޭށިމައެވެ. ދެންބުނީވެސް މަޖާ ވާހަކައެކެވެ. ފައިނަލްގައި ކުޅޭނީ ހުރިހާ ޑިސްކޮލިފައިވެފައިވާ ކުޅުންތެރިން ނުލައެވެ. އެއަށްވެސް ރައްދު ދިނީ ކުރުދޮށިންނެވެ. އިންތިޚާބުން ބަލިކުރީ ތިޔަ ބުނާ އެންމެން ދަނޑުން ބޭރުގައި ޓީމާ ގާތް ނުވެވޭ ހިސާބުގައިވެސް ބައިތިއްބައިގެންނެވެ. އަމުދުން ތިޔަ ބުނާ ސެމީ ފައިނަލްއެއް ކުޅުނީވެސް އެމީހުން ޑިސްކޮލިފައިވާ ޓީމުތަކަކާއެކުގައެވެ.

އެވާހަކަތަކުން ކުރިނުލިބުނީމާ ދެން ދައްކަންފެށީވެސް ސަހަލު ވާހަކައެއް ނޫނެވެ. އިދިކޮޅު ހުރިހާ ފަރާތްތައް އެކުވެގެން ވެސް ރައީސް ޔާމީން ގިނިކަންޏާ ބަލި ނުކުރެވުނު ވާހަކައެވެ. އެމްޑީޕީއާ އަދާލަތު ޕާޓީއާ މައުމޫން ފެކްޝަނާ ޖޭޕީ އެއްކޮށްވެސް ރައީސް ޔާމީންގެ މައްޗަށް ކުރިނހޯދުނުކަމަށް ބުނެއެވެ. ބަލަގަ ހައިރާނެއް ނުވާނެ ހެއްޔެވެ. އިންތިޚާބުގެ ކަންކަން ދާގޮތް ރަނގަޅު ނުވާތީ އަދާލަތު އޮތީ އެއްފަރާތުގައެވެ. ބައިވެރި ނުވެއެވެ. އެމްޑީޕީއާ ޖުމްހޫރީ ޕާޓީން މީހުން ކުރިމަތި ލުމުގައި އެކައްޗެއް ކިއިފައެއް ނުވެއެވެ. އެއްޕާޓީން ކުރިމަތިލާފައިހުރި ދާއިރާތަކަށް އަނެއް ޕާޓީންވެސް ކުރިމަތިލާފައި އެބަހުއްޓެވެ. އެދެޕާޓީ ކޯލިޝަނަކުން އިންތީޚާބަށް ނިކުމެ ވާދަކުރިނަމަ އިތުރު ގޮނޑިތައް ނުލިބޭނެކަމަށް ހީވާނަމަ ތިޔައީ ތަންދޮރު އޮޅުންފިލާފައި ތިބި ބައެކޭ ބުނެވޭކަށް ނެތެވެ.

ތިޔަބުނާ ގިނިކަންޏޭ ތިޔަ ކިޔަނީ އަމިއްލައަށް ފަޟީޙަތްވާން ކަމަށް ހެއްޔެވެ. ކޯލިޝަނުން ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީ ބޭރުކޮށްލިހެން ސަން ސިޔާމްގެ އެމްޑީއޭވެސް ތިޔަ ބޭރުކޮށްލީ ހެއްޔެވެ. އިންތިޚާބަށް ގާތްވަމުން އައިއިރު ގާތަށް ލައިގެން ގެންގުޅުނު ޑީއާރުޕީވެސް ބޭރުކޮށްލީތާއެވެ. މިވާހަކަ މިހެން ބުނީމާ ދެން އިތުރަށް ތިޔަ ގިނިކަންޏާއެޢ ކިޔާ ކިއުން ހުއްޓާލާނެ ކަމަށް ދެކެމެވެ.

އެ ވާހަކަތަކުން ކުރިނލިބުނީމާ އަނެއްކާވެސް މުޅިން އާވާހަކައެކެވެ. އަމިއްލަ ގޮތުން ލައިފާތިބީ ޕީޕީއެމް މީހުންނޯލައެވެ. އަމިއްލަ ޕާޓީ ކިޔާ ޕާޓީއެއް ޕީޕީއެމާ ކޯލިޝަން ހެދިކަމެއް މަށަކުވާ ނުދެނަހުރީމެވެ. އަމިއްލަގޮތުން ވާދަކުރި މީހުންގެ ތެރެއިން ފުރަތަމަ މީހާވެސް އެގުޅުނީ އެމްޑީޕީއާއެވެ. އެހެންކަމުން އެއީ ޕީޕީއެމް ބައެކޭ ބުނެގެން އުފާކޮށްލެވޭކަށް ނެތެވެ.

އެކަމަކު މަވެސް ޤަބޫލުކުރާ ހަޤީގަތެއް އެބައޮތެވެ. ކޮންމެވެސް ގޮތަކުން ހޮވުނު މީހުން ތިޔަ ޕާޓީއަކަށް ސޮއިކޮށްފާނެ ކަމެވެ. އާއިލީ ބައެއްގެ ވަޒީފާ ގެއްލިދާނެތީއެވެ. ޖަލުގޮޅިއަކަށް ފެތިދާނެތީއެވެ. އެނޫންވެސް އެފަދަ އެހެންވެސް ކަމަކާ ހުރެއެވެ.

ހާސަރުތަކެއް ދަމާނެ ކަމެއް ނެތެވެ. ދައްކަން ހުރީ ލައްކަ ވާހަކައެވެ. ބޮޑެތި ހުރިހާ ދާއިރާތަކާއި ޕާޓީގެ އިސްވެރިންގެ އެއްވެސް ދާއިރާއަކުން ގޮނޑިއެއް ނުލިބި ބޮލާފޮށާއެޅުނީމާ އެއީ ލައްކަ ކަންކަމެވެ. ރައީސް ޔާމީނެއް ކަމަކު ކުރި މަސައްކަތާ، ދެއްކި ވާހަކައާ ކުރި ޚަރަދާ ލިބުނު ނަތީޖާ ދިމާ ނުވީމާ ކޯފާ އިސްކުރެއްވޭނެއެވެ. އެކަމާހުރެ ދެން ކިތައްމެ ވަރަކަށް އެހެން ކުލައެއް ދައްކަން އުޅުނަސް ދުނބުރި ވާނީ ހަމަ ދުނބުރިއަކަށެވެ. ކިތައްމެ ދޮންކުރިއަކަސް އަނބަކަށް ނުވާނެއެވެ. ރޭގަނޑު ދުވާލަކަށް ބަދަލެއް ނުކުރެވޭނެއެވެ. ބާނާފައި އެއްލާލީމާ ތެޅެން ފަށައިފިނަމަ ދެން ދާނީ ހުޅުނބެވެ. އިތުރަށް ބޭކާރު އަނގަތަޅަން ފެށީމާ މީހާ ބޮޑުތަނުން ފަޟީޙަތްވެ ލަދުގަ ބެދޭގޮތްވެގެންދާނެއެވެ. މޮޅު ގޮތަކީ ދެންވެސް ބަލި ޤަބޫލުކޮށް ކުރިއަށް އޮތް މެޗަށް ތައްޔާރު ވުމެވެ. މަށަކާވާ ބެހޭ ކަމެއް ވެސް ނޫނެވެ. އެކަމަކު ހެޔޮއެދޭތީ މަވެސްހަމަ ބުނެލީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017
ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

21 ޖޫން 2017
ބަލި ގަބޫލުކުރަންވެސް ނޭނގެނީ ހެއްޔެވެ؟

ބަލި ގަބޫލުކުރަންވެސް ނޭނގެނީ ހެއްޔެވެ؟

13 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ބޮޑު ބައްޔަކުން މެޗުން ބަލިވީ ކީއްވެ؟

ބޮޑު ބައްޔަކުން މެޗުން ބަލިވީ ކީއްވެ؟

09 މެއި 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު