Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެމިލީ މެޑިސިން ކްލިނިކް

ޓްރީ ޓޮޕް ހޮސްޕިޓަލުން ފެމިލީ މެޑިސިން ކްލިނިކް ޚިދުމަތްތައް ފޯރުކޮށްދޭން ފަށައިފި

ފެމީލީ މެޑިސިން ކްލިނިކް ހުޅުވާފައިވަނީ ހޮސްޕިޓަލްގެ 1 ވަނަ ފަންގިފިލާގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2021 | ބުރާސްފަތި 17:03
ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން ފެމިލީ މެޑިސިން ކްލިނިކްގެ ޚިދުމަތްތައް ފޯރުކޮށްދޭން ފަށައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފެމިލީ މެޑިސިން ކްލިނިކް ހުޅުވާފައިވަނީ ހޮސްޕިޓަލްގެ 1 ވަނަ ފަންގިފިލާގައެވެ. މި ކްލިނިކުން މެހެމާނުންނަށް ޖެނެރަލް ކޮންސަލްޓޭޝަން އަދި ނޮން އިމަރޖެންސީ ކޮންސަލްޓޭޝަން ޚިދުމަތްތައް ލިބިގެންދާނެއެވެ.

Advertisement - newsAdvertisement

މި ކްލިނިކުން ލިބޭ ޚިދުމަތްތަކަކީ ޕްރިވެންޓިވް ކެއަރ، ޗެކްއަޕް، ހެލްތު ރިސްކް އެސެސްމެންޓްސް، ވެކްސިނޭޝަން، ވޯރކް ޕާރމިޓް މެޑިކަލްސް، އަދި ދުޅަ ހެޔޮ ދިރިއުޅުމެއް ބިނާ ކުރަން ކައުންސިލިންގ ޚިދުމަތްތައް ހިމެނެއެވެ. ފެމިލީ ކްލިނިކްގެ އިސް ދައުރަކީ މެހެމާނުންނަށް ޖެނެރަލް ކޮންސަލްޓޭޝަން އަދި ނޮން އިމަރޖެންސީ ހިދުމަތްތައް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ފެމިލީ މެޑިސިންގެ ޚިދުމަތް ފޯރުކޮށްދެއްވާނީ ފެމިލީ މެޑިސިން ސްޕެޝަލިސްޓް ޑރ. މަނާރް ކަރަމް އެވެ. ޑރ. މަނާރް ކަރަމްއަކީ މިސްރުގެ އައިނުއް ޝަމްސް ޔުނިވަރސިޓީން، ބެޗެލަރސް އޮފް މެޑިސިން (އެމް.ބީ.، ސީ.އެޗް.ބީ) އަދި ފެލޯޝިޕްއިން ފެމިލީ މެޑިސިން އެލް ނޮޒްހާ ޕީ.ހެޗް.ސީ އަދި އެލް މަޓްރަޔާ ހޮސްޕިޓަލްއިން ހާސިލްކުރައްވާފައެވެ.

ޑރ. މަނާރް ވަނީ މިސްރުގެ އެކި ސިއްހީ މުއައްސަސާތަކުން ޖެނެރަލް ޕެރެކްޓިޝަނަރެއްގެ ގޮތުގައި 10 އަހަރުގެ ތަޖުރިބާ ހޯދައްވާފައެވެ. އަދި ޑރ. މަނާރްއަކީ އަޕަރ ރެސްޕިރޭޓޮރީ ޓްރެކްޓް އިންފެކްޝަންސް، ޑައެބެޓީޒް، ހައިޕަރ-ޓެންޝަން، ހައިޕަރ-ކޮލެސްޓްރޮލީމީއާ، އެނީމިއާ، އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ބަލިތަކަށް ފަރުވާ ފޯރުކުރުމަށް ގާބިލު ބޭފުޅުކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚުދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. ޓްރީ ޓޮޕް ހޮސްފިޓަލުގެ ފެމިލީ މެޑިކަލް ކްލިނިކްގެ އަމާޒަކީ ފަހުގެ ވަސީލަތްތަކާއެކު އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އައި.ޔޫ.އައި: ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާއެއް

އައި.ޔޫ.އައި: ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާއެއް

24 މެއި 2023
ޓްރީ ޓޮޕް ހޮސްޕިޓަލުން ޓީޓީއެޗް ކްލިނިކެއް މާލޭގައި ހުޅުވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ޓީޓީއެޗް ކްލިނިކެއް މާލޭގައި ހުޅުވައިފި

22 ފެބުރުއަރީ 2023
ޗައިނާ އެމްބަސީން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޕީސީއާރު މެޝިނަކާއި ޓެސްޓު ކިޓު ހަދިޔާކޮށްފި

ޗައިނާ އެމްބަސީން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޕީސީއާރު މެޝިނަކާއި ޓެސްޓު ކިޓު ހަދިޔާކޮށްފި

09 ޖެނުއަރީ 2023
ޓްރީ ޓޮޕް ހޮސްޕިޓަލުން ހަކުރު ބަލި ސްކްރީނިންގ ޕެކޭޖުތަކެއް ތައާރަފްކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ހަކުރު ބަލި ސްކްރީނިންގ ޕެކޭޖުތަކެއް ތައާރަފްކޮށްފި

13 ޖުލައި 2022

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު