Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް ކޭންޕެއް ކުރިއަށް ގެންދިއުން

ޓްރީ ޓޮޕް ހޮސްޕިޓަލުން ބ. އަތޮޅަށް ހުޅުވާލައިގެން އޭދަފުށީގައި ޚާއްސަ ހެލްތް ކޭންޕެއް ކުރިއަށް ގެންދަނީ

3 ސެޕްޓެމްބަރު 2021 | ހުކުރު 02:42

މިކޭންޕް ކުރިއަށް ގެންދަނީ މިމަހުގެ 10ން 11ށް

އަމްނާ އިމާދު
އަމްނާ އިމާދު | 3 ސެޕްޓެމްބަރު 2021 | ހުކުރު 02:42
މީގެ ކުރިން ބޭއްވި ހޭލްތް ކޭންޕެއްގެ ތެރެއިން،

މީގެ ކުރިން ބޭއްވި ހޭލްތް ކޭންޕެއްގެ ތެރެއިން،

ޓްރީ ޓޮޕް ހޮސްޕިޓަލުން ބ.އަތޮޅަށް ހުޅުވާލައިގެން ބ. އޭދަފުށީގައި ޚާއްސަ ހެލްތް ކޭންޕެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މަލްޓި ޑިސިޕްލިރަނީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވާ ހެލްތް ކޭންޕެއް ސެޕްޓެމްބަރ 10 އަދި 11 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ހެލްތް ކޭންޕްގައި އެ ހޮސްޕިޓަލުގެ އޯތޮޕީޑިކްސް ނުވަތަ ކަށީގެ ޚާއްސަ ޑޮކްޓަރުން އަދި ޔުރޯލޮޖީ ނުވަތަ ކުޑަކަމުދާ ނިޒާމުގެ ޚާއްސަ ޑޮކްޓަރުން ހަރަކާތްތެރިވާ ކަމަށެވެ. އެގޮތުން ބަލިމީހުންނަށް ހެލްތް ސްކްރީނިންގ ހަދައިދިނުމުގެ އިތުރުން މި ހެލްތް ކޭންޕްގައި އިތުރު ފަރުވާ ބޭނުންވާ މީހުންނަށް ރިފަރަލް ހަމަޖައްސައިދިނުމުގެ ފަސޭހަ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ޓްރީ ޓޮޕުން ބުނެއެވެ. އަދި މި ހެލްތް ކޭންޕްގެ ހެލްތް ސްކްރީނިންގ ޚިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި، ގިނަ މެހެމާނުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ހެލްތް ސްކްރީނިންގ ޚިދުމަތް ފޯރުކޮށްދެނީ ހިލޭކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.   

ހެލްތް ކޭންޕްގެ ސިއްހީ މާހިރުންގެ ތެރޭގައި ކޮންސަލްޓަންޓް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާޖަރީ ޑރ. މުހައްމަދު ހަބީބު، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. އަލީ މުޒްނީ، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ޑރ. ހުސެއިން ފައިސަލް އަދި ޔުރޯލޮޖީ ކޮންސަލްޓަންޓް ޑރ. މެހްމަތު އޯޑަރ ހިމެނިވަޑައިގަންނަވައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ޚިދުމަތްތައް ތައާރަފުކުރަމުންނެވެ.

މި ހެލްތް ކޭންޕަށް ބުކިން ހެދުމަށް އަދި އިތުރު މައުލޫމާތު ހޯދުމަށް 6600294 އަދި 6608309 ގުޅުމަށް އެދިފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
24 މެއި 2023

އައި.ޔޫ.އައި: ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާއެއް

24 މެއި 2023
އައި.ޔޫ.އައި: ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާއެއް
22 ފެބުރުއަރީ 2023

ޓްރީ ޓޮޕް ހޮސްޕިޓަލުން ޓީޓީއެޗް ކްލިނިކެއް މާލޭގައި ހުޅުވައިފި

22 ފެބުރުއަރީ 2023
ޓްރީ ޓޮޕް ހޮސްޕިޓަލުން ޓީޓީއެޗް ކްލިނިކެއް މާލޭގައި ހުޅުވައިފި
09 ޖެނުއަރީ 2023

ޗައިނާ އެމްބަސީން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޕީސީއާރު މެޝިނަކާއި ޓެސްޓު ކިޓު ހަދިޔާކޮށްފި

09 ޖެނުއަރީ 2023
ޗައިނާ އެމްބަސީން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޕީސީއާރު މެޝިނަކާއި ޓެސްޓު ކިޓު ހަދިޔާކޮށްފި
13 ޖުލައި 2022

ޓްރީ ޓޮޕް ހޮސްޕިޓަލުން ހަކުރު ބަލި ސްކްރީނިންގ ޕެކޭޖުތަކެއް ތައާރަފްކޮށްފި

13 ޖުލައި 2022
ޓްރީ ޓޮޕް ހޮސްޕިޓަލުން ހަކުރު ބަލި ސްކްރީނިންގ ޕެކޭޖުތަކެއް ތައާރަފްކޮށްފި
07 ޖެނުއަރީ 2022

ޓްރީ ޓޮޕް ހޮސްޕިޓަލުން އެލާރޖީ ފަރުވާއަށް އިމިއުނޯތެރަޕީގެ ޚިދުމަތް ތައާރަފް ކޮށްފި

07 ޖެނުއަރީ 2022
ޓްރީ ޓޮޕް ހޮސްޕިޓަލުން އެލާރޖީ ފަރުވާއަށް އިމިއުނޯތެރަޕީގެ ޚިދުމަތް ތައާރަފް ކޮށްފި
23 ޑިސެމްބަރު 2021

ޓްރީ ޓޮޕް ހޮސްޕިޓަލުން ފެމިލީ މެޑިސިން ކްލިނިކް ޚިދުމަތްތައް ފޯރުކޮށްދޭން ފަށައިފި

23 ޑިސެމްބަރު 2021
ޓްރީ ޓޮޕް ހޮސްޕިޓަލުން ފެމިލީ މެޑިސިން ކްލިނިކް ޚިދުމަތްތައް ފޯރުކޮށްދޭން ފަށައިފި
05 ޑިސެމްބަރު 2021

ޓްރީޓޮޕް ހިތާނީ ކޭމްޕް މިމަހު 15ގައި ފަށަނީ

05 ޑިސެމްބަރު 2021
ޓްރީޓޮޕް ހިތާނީ ކޭމްޕް މިމަހު 15ގައި ފަށަނީ
24 ނޮވެމްބަރު 2021

އަލަށް އުފަންފާ ކުދިންނަށް އެސްޓީއޯގެ ހަދިޔާއެއް

24 ނޮވެމްބަރު 2021
އަލަށް އުފަންފާ ކުދިންނަށް އެސްޓީއޯގެ ހަދިޔާއެއް
28 ސެޕްޓެމްބަރު 2021

ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ޚިދުމަތް ތައާރަފްކޮށްފި

28 ސެޕްޓެމްބަރު 2021
ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ޚިދުމަތް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް