Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައި.ޔޫ.އައިގެ ޚިދުމަތް

އައި.ޔޫ.އައި: ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާއެއް

އައި.ޔޫ.އައިގެ މައިގަނޑު މަގްސަދަކީ ފެލޯޕިއަން ޓިއުބް އާއި ހަމައަށް ވާސިލްވާ ދަރިފަނީގެ އަދަދު އިތުރުކޮށްދިނުން

އަމްނާ އިމާދު
އަމްނާ އިމާދު | 24 މެއި 2023 | ބުދަ 17:17
ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުޅުވަން ނިންމާފައިވާ ފާރޓިލިޓީ ސެންޓަރުން އައި.ޔޫ.އައިގެ ޚިދުމަތްތައް ލިބޭނެ ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

ދަރިމައިވުމުގެ މައްސަލަތައް މުޖްތަމައުގައި ގިނަވަމުން ދާއިރު، މި މައްސަލަތަކަށް ފަރުވާ ނުވަތަ ހައްލުތަކެއް ވާކަން އެނގުން މުހިންމެވެ. އެގޮތުން މި ފަރުވާތަކުގެ ތެރޭގައި ހިމެނޭ މަގުބޫލު އެއްފަރުވާއަކީ އިންޓްރާ ޔުޓެރައިން އިންސެމިނޭޝަން ( އައި.ޔޫ.އައި) އެވެ.

Advertisement - newsAdvertisement

އައި.ޔޫ.އައިގެ މައިގަނޑު މަގްސަދަކީ ފެލޯޕިއަން ޓިއުބް އާއި ހަމައަށް ވާސިލްވާ ދަރިފަނީގެ އަދަދު އިތުރުކޮށްދިނުމެވެ. މީގެ ސަބަބުން ބަލިވެ އިނުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އައިޔޫއައި އަކީ އޮވިޔުލޭޓް ވާ ދުވަސްވަރުގައި ކެތިޓާރ އެއްމެދުވެރިކޮށް އަނބިމީހާގެ ރަހިމުގެ ތެރެއަށް ފިރިމީހާގެ ދަރިފަނިލައިގެން ދަރިމައިވުމަށް ދެވޭ ފަރުވާއެކެވެ. މިއީ ބަލިވެއިނުމުގެ ފުރުސަތު ތަނަވަސް ކުރުމަށްޓަކައި ދެވޭ ފަރުވާއެކެވެ. އާންމު ގޮތެއްގައި ޑޮކްޓަރުން އައިޔޫއައި ހެދުމަށް ލަފާދޭނީ އެއްއަހަރަށްވުރެ ގިނަ ދުވަސްވަންދެން ބަލިވެ އިނުމަށް މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ ދެމަފިރިންނަށާއި އަދި މިނޫންވެސް ދަރިމައިވުމުގެ އެހެނިހެން މައްސަލަތައް ހުންނަ ފަރާތްތަކަށެވެ. މީގެތެރޭގައި ދަރިފަނީގެ އަދަދު މަދުވުން ކަހަލަ މައްސަލަތައް ހިމެނެއެވެ.

އައި.ޔޫ.އައި ކުރިއަށް ގެންދާ ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ އަނބިމީހާގެ ހައިޟުގެ ގެ މުއްދަތު ރަނގަޅަށް މޮނިޓާރކޮށް، ބަލައި އޮވިއުލޭޓް ވާ ދުވަސްކޮޅު ދެނެގަންނާނީއެވެ. އެގޮތުން ބައެއް ބޭފުޅުން ގެ އޯވަރީ ސްޓިމިއުލޭޓް ކުރުމަށްޓަކައި ޑޮކްޓަރ ކާ ބޭސް ނުވަތަ އިންޖެކްޝަން ދެއްވާނެއެވެ. މި ޕްރޮސެސް އަށް ކިޔަނީ އޯވަރީ ސްޓިމިއުލޭޝަންއެވެ. އެއަށްފަހު އޮވިއުލޭޝަން ފެށޭ ހިސާބުން ފިރިމީހާގެ ދަރިފަނި ލެބޯރަޓަރީގައި ސާފްކޮށް، ކޮންސެންޓްރޭޓް ކުރުމަށްފަހު، ކުޑަ ކެތީޓާރ އެއް މެދުވެރިކޮށް ސާފުކޮށްފައިވާ ދަރިފަނި އަނބިމީހާގެ ރަހިމުގެ ތެރެއަށް ދޫކޮށްލެވެއެވެ. މި ޕްރޮސީޖަރ އަކީ ތަދެއްނުވާ އަދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހަދާލެވޭ ޕްރޮސީޖަރ އެކެވެ.

އައި.ޔޫ.އައި އަކީ އާންމު ގޮތެއްގައި އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް މެދުވެރިވާ ޕްރޮސީޖާއެއް ނޫނެވެ. އެގޮތުން އައި.ޔޫ.އައި ގައި މައިގަނޑު ނުރައްކަލެއްގެ ގޮތުގައި ބެލެވޭ ކަމަކީ އެެއްފަހަރާ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ބަލިވެއިނުމުގެ ފުރުސަތު ބޮޑުވުމެވެ. ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި، މިކަން ދިމާވަނީ އައިޔޫއައި ހަދާ ކޮންމެ ފަސްމީހުންގެ ތެރެއިން އެކަކަށެވެ. ހަމަ މިއާއެކު އައިޔޫއައި މެދުވެރިކޮށް ބަލިވެ އިނުމުގެ ފުރުސަތު ކޮންމެ އައި.ޔޫ.އައި ސައިކަލްއެއްގައި 10 އިންސައްތަ އާއި 20 އިންސައްތަ އާއި ދެމެދުގައި އޮވެއެވެ. އެހެންކަމުން ހަ ސައިކަލްއަށްފަހު ބަލިވެއިނުމުގެ ފުރުސަތަކީ 60 އިންސައްތަ އާއި 80 އިންސައްތަ އާމެދުގެ އަދަދެކެވެ. ނަމަވެސް ބަލިވެ އިނުމުގެ ފުރުސަތަށް އެހެނިހެން ކަންކަމުން އަސަރުކުރެއެވެ. މީގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅިއާއި، ހަށިގަނޑަށް ބޭނުންވާ ވިޓަމިން އަދި މިނެރަލްސްފަދަ ތަކެތި މަދުވުމާއި މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ހިމެނެއެވެ. ހަމަ އެހެންމެ އައ.ިޔޫ.އައި ކާމިޔާބުވާ ނިސްބަތް އެކި މީހުންގެ މެދުގައި ތަފާތުވެގެންދާނެއެވެ. އެހެންކަމުން އެމީހަކު ބަލިވެއިނުމުގެ ފުރުސަތު އޮތް މިންވަރު ބެލުމަށް ޑޮކްޓަރަކާއި މަޝްވަރާކުރުން ވަރަށް މުހިންމުކަމެކެވެ.

އެހެންކަމުން އައި.ޔޫ.އައިގެ ފަރުވާއަށް އެދިލައްވާނަމަ ތަޖުރިބާކާރު ފާރޓިލިޓީ ޑޮކްޓަރއެއްގެ ލަފާ އާއި އިރުޝާދު ހޯދުން ވަރަށް މުހިންމު ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ގައި އާއިލާއެއްގެ ހުވަފެން ދެކެމުން އަންނަ ދެމަފިރިންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެހީތެރިވެދޭނެ ތަޖުރިބާކާރު ހުނަރުވެރި، އޯގާތެރި ސްޕެޝިއަލިިސްޓުން ތިއްބަވާނެއެވެ. އެގޮތުން މި ޚިދުމަތްތައް ކޮންމެ މީހަކަށް އެމީހާކާއި އެންމެ އެކަށޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދެވޭނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ފާރޓިލިޓީ ސެންޓަރ ގެ އަމަލީ މަސައްކަތްތައް ނިމި ހުޅުވަން ތައްޔާރުވެފައެވެ. މި ސެންޓަރ މެދުވެރިކޮށް އައި.ޔޫ.އައި އަދި އައި.ވީ.އެފްގެ ޚިދުމަތްތައް ލިބިގެންދާނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ތަޖުރިބާކާރު ޑރ. ޒަކިޔާ އަކީ ދަރިމައިވުމުގެ ދާއިރާއިން ވަރަށް ތަޖުރިބާކާރު ޑޮކްޓަރެކެވެ. ޑރ ޒާކިޔާގެ މަގްސަދަކީ ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައިދިނުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްޚީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލްއެކެވެ. އެގޮތުން މިހާރުވެސް މި ހޮސްޕިޓަލްއިން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ޚިދުމަތްތައް ތައާރަފުކުރަމުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
22 ފެބުރުއަރީ 2023

ޓްރީ ޓޮޕް ހޮސްޕިޓަލުން ޓީޓީއެޗް ކްލިނިކެއް މާލޭގައި ހުޅުވައިފި

22 ފެބުރުއަރީ 2023
ޓްރީ ޓޮޕް ހޮސްޕިޓަލުން ޓީޓީއެޗް ކްލިނިކެއް މާލޭގައި ހުޅުވައިފި
09 ޖެނުއަރީ 2023

ޗައިނާ އެމްބަސީން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޕީސީއާރު މެޝިނަކާއި ޓެސްޓު ކިޓު ހަދިޔާކޮށްފި

09 ޖެނުއަރީ 2023
ޗައިނާ އެމްބަސީން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޕީސީއާރު މެޝިނަކާއި ޓެސްޓު ކިޓު ހަދިޔާކޮށްފި
13 ޖުލައި 2022

ޓްރީ ޓޮޕް ހޮސްޕިޓަލުން ހަކުރު ބަލި ސްކްރީނިންގ ޕެކޭޖުތަކެއް ތައާރަފްކޮށްފި

13 ޖުލައި 2022
ޓްރީ ޓޮޕް ހޮސްޕިޓަލުން ހަކުރު ބަލި ސްކްރީނިންގ ޕެކޭޖުތަކެއް ތައާރަފްކޮށްފި
07 ޖެނުއަރީ 2022

ޓްރީ ޓޮޕް ހޮސްޕިޓަލުން އެލާރޖީ ފަރުވާއަށް އިމިއުނޯތެރަޕީގެ ޚިދުމަތް ތައާރަފް ކޮށްފި

07 ޖެނުއަރީ 2022
ޓްރީ ޓޮޕް ހޮސްޕިޓަލުން އެލާރޖީ ފަރުވާއަށް އިމިއުނޯތެރަޕީގެ ޚިދުމަތް ތައާރަފް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު