Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރީ ޓޮޕް ހޮސްޕިޓަލު

ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ޚިދުމަތް ތައާރަފްކޮށްފި

މި ޚިދުމަތުގެ އެހީގައި ކުޑަ ވަގުތުކޮޅެއް ތެރޭގައި އެއްވެސް އެލާރޖީއެއްގެ އަސަރެއް ހުރިތޯ ބަލައިލެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2021 | އަންގާރަ 06:31
ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ޚިދުމަތް

ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ޚިދުމަތް

ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ އެލާރޖީ ޓެސްޓިންގ އަދި އިމިއުނޮތެރަޕީގެ ޚިދުމަތްތަކެއް ތައާރަފްކޮށްފިއެވެ.  

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިއަރ، ނޯސް، ތްރޯޓް (އީ.އެން.ޓީ) އަދި ރެސްޕިރޭޓަރީ ޑިޕާޓްމަންޓްގެ ފަރާތުން ތައާރަފްކުރާ ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ޚިދުމަތުގެ އެހީގައި ކުޑަ ވަގުތުކޮޅެއް ތެރޭގައި އެއްވެސް އެލާރޖީއެއްގެ އަސަރެއް ހުރިތޯ ބަލައިލެވެއެވެ. އާންމު ގޮތެއްގައި ސްކިން ޕްރިކް އެލާޖީ ޓެސްޓް ހަދަނީ ތަފާތު ވައްތަރުގެ ކުނޑިއަށް، ކާ އެއްޗިއްސަށް ނުވަތަ ހިރަފުހަށް އެލާރޖިކްވޭތޯ ބެލުމަށެވެ. ބޮޑެތި މީހުންގެ ގައިގައި މި ޓެސްޓް ހަދާނީ މީހާގެ އަތުގައެވެ.

ސްކިން ޕްރިކް އެލާރޖީ ޓެސްޓިން ހެދުމަށްޓަކައި ހާއްސަ ކައްޓެއް ބޭނުންކުރެވިގެން ދާނެއެވެ. އަދި މި ޓެސްޓަކީ އެއްވެސް ވަރަކަށް ތަދު އިހުސާސް ނުކުރެވޭ އަދި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިންމާލެވޭ ޓެސްޓެކެވެ.  ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ޚިދުމަތްތައް ފޯރުކޮށްދެނީ 5 އަހަރުން މަތީގެ މީހުންނަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އީ.އެން.ޓީ ޑިޕާޓްމަންޓަކީ ކަންފަތް، ނޭފަތް ސައިނަސް، އަޑުފޮށި، އަނގަ އަދި ކަރުތެރޭގެ ބަލިތަކަށް ހާއްސަ ކުރެވިފައިވާ ޑިޕާޓްމަންޓެކެވެ. އެތެރެހަށީގެ ފަރުވާތަކުގެ ތެރޭގައި ހިމެނޭ ފުއްޕާމޭގެ ހާއްސަ ޑިޕާރޓްމަންޓަކީ ފުއްޕާމޭ، މޭ އަދި ނޭވާ ހޮޅިއާބެހޭ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓެކެވެ. މީގެ އިތުރުން ނޭވާލުމުގައި ދިމާވާ އުނދަގޫ ތަކާއި، ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިސީސް (ސީ.އޯ.ޕީ.ޑީ)، އިންޓަރސްށިއަލް ލަންގް ޑިސީސް، ލަންގް މެލިގްނެންސީސް، މޭގެ އިންފެކްށަންތައް އަދި ނިދުމުގެ މައްސަލަތައްކަށް ފަރުވާކޮށްދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުއްވަނީ އީ.އެން.ޓީ ސްޕެޝަލިސްޓް، ޑރ. ޗަންދްރަޝޭކަރް ރަވަލް އާއި ފުއްޕާމޭގެ ހާއްސަ ޑޮކްޓަރ ޑރ. ރަގުލާން ރާޖާލިންގަމްއެވެ. ޑރ. ރަވަލް އަކީ މެޑިކަލް މެނޭޖްމަންޓް އަދި އެޑްމިނިސްޓރޭޝަން، ކުއްލި ފަރުވާ، އައި.ސީ.ޔޫ އަދި އޮޓޮލޮޖީ ސާރޖަރީކުރުމުގައި އެތައް އަހަރެއްގެ ތަޖްރިބާ ހޯއްދައިފައިވާ ޑޮކްޓަރެކެވެ. މީގެ އިތުރުން ޑރ. ރަވަލް އަކީ ރަވަލް ސަރޖިކަލް ހޮސްޕިޓަލުގެ ވެރިފަރާތް ކަމުގައި ވެސް މެއެވެ. އަދި ދާދި ފަހުން ގަވަމަންޓް އޮފް މަހަރާސްޓްރަގެ ހެލްތް ޑިޕާޓްމަންޓްގައި އީ.އެން.ޓީ ސްޕެޝަލިސްޓެއްގެ ގޮތުގައިވެސް މަސަތްކަތް ކުރައްވާފައި ވެއެވެ.ފުއްޕާމޭގެ ހާއްސް ޑަކްޓަރު، ޑރ. ރަގުލާން އަކީ ސިއްހީ ދާއިރާގައި ދިހަ އަހަރައްވުރެ ގިނައިން ހިދުމައްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޑރ. ރަގުލާން އަކީ އިންޑިއާގެ ޗެޓިނާޑް މެޑިކަލް ކޮލެޖް އަދި ރިސަރޗް އިންސްޓިޓިއުޓްގައި އެސޯސިއޭޓް ޕްރޮފެސަރގެ މަގާމް އަދާކުރައްވާ ބޭފުޅެކެވެ.  

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ޚިދުމަތްތައް ތައާރަފުކުރަމުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އައި.ޔޫ.އައި: ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާއެއް

އައި.ޔޫ.އައި: ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާއެއް

24 މެއި 2023
ޓްރީ ޓޮޕް ހޮސްޕިޓަލުން ޓީޓީއެޗް ކްލިނިކެއް މާލޭގައި ހުޅުވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ޓީޓީއެޗް ކްލިނިކެއް މާލޭގައި ހުޅުވައިފި

22 ފެބުރުއަރީ 2023
ޗައިނާ އެމްބަސީން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޕީސީއާރު މެޝިނަކާއި ޓެސްޓު ކިޓު ހަދިޔާކޮށްފި

ޗައިނާ އެމްބަސީން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޕީސީއާރު މެޝިނަކާއި ޓެސްޓު ކިޓު ހަދިޔާކޮށްފި

09 ޖެނުއަރީ 2023
ޓްރީ ޓޮޕް ހޮސްޕިޓަލުން ހަކުރު ބަލި ސްކްރީނިންގ ޕެކޭޖުތަކެއް ތައާރަފްކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ހަކުރު ބަލި ސްކްރީނިންގ ޕެކޭޖުތަކެއް ތައާރަފްކޮށްފި

13 ޖުލައި 2022

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު