Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އިންޓައިން ލީޑު ދެމެހެއްޓިއިރު، މިލާން ދެވަނައަށް

މިލާން މޮޅުވީ އެމްޕޯލީ އަތުން 4-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 ޑިސެމްބަރު 2021 | ބުރާސްފަތި 05:25
އިންޓަ އާއި ޓޮރީނޯ ބައްދަލުކުރި މެޗުގެ ތެރެއިން

އިންޓަ އާއި ޓޮރީނޯ ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން މޮޅުވިއިރު، އެމްޕޯލީ ބަލިކޮށް ތާވަލުގެ ދެވަނައަށް އޭސީ މިލާން ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ ޓޮރީނޯ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، ފުރަތަމަ ހާފުގައި ޓޮރީނޯގެ މާކޯ ޖަޓްސާ ފޮނުވާލި ނުރައްކާޔެރި ހަމަލާއެއް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި އޭގެ ފަހުން އިންޓަގެ އަލެސަންދްރޯ ބަސްޓޯނީއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުގައި އިންޓައިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމުން ޖަހާފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައެވެ. އެޑިން ޒެކޯގެ އެހީތެރިކަމާއެކު އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެންޒެލް ޑަމްފްރީސްއެވެ. އަދި އޭގެ ފަހުން ލީޑު ފުޅާކުރަން އިންޓަގެ ލަޓާރޯ މާޓިނޭޒަށް ހުސް ފުރުސައް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަވެސް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އިންޓަ އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން އެ ޓީމަށް ވަނީ ކުޅުނު 19 މެޗުން 46 ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން ތާވަލުގެ ދެވަނައަށް ޖެހިލި މިލާނުން ވަނީ ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން އެމްޕޯލީ އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އެމްޕޯލީގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ފްރޭންކް ކެސިއޭ ވަނީ މިލާނަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން އެމްޕޯލީން ނަތީޖާ އެއްވަރުކުރިއިރު، އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނެޑިމް ބައިރާމީއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެސިއޭ ވަނީ އިތުރު ލަނޑެއް ޖަހައި، މިލާނަށް އަލުން ލީޑު ނަގައިދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ގާތް ގާތުގައި ޖެހި ދެ ލަނޑާއެކު މިލާނުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލެސަންދްރޯ ފްލޮރެންޒީ އާއި ތެއޯ ހެނާންޑޭޒެވެ. ދެން މި މެޗުގައި އެމްޕޯލީން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަންދްރެއާ ޕިނަމޮންޓީއެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް މިލާން ޖެހިލީ 19 މެޗުން 42 ޕޮއިންޓާއެކުއެވެ. މީގެ ކުރިން ދެވަނައިގައި އޮތް ނާޕޮލީ ވަނީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ސްޕެޒިއާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެއާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައި 19 މެޗުން 39 ޕޮއިންޓާއެކުއެވެ.

އިޓާލިއަން ލީގުއިންޓަރ މިލާންއޭސީ މިލާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
06 މެއި 2025

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް
03 މެއި 2025

އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި

03 މެއި 2025
އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި
01 މެއި 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު

01 މެއި 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު