Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގައި ކޮވިޑް ފެތުރޭ މިންވަރު

އޮމިކްރޯންގެ ކޭސްތައް އިތުރުވެ، އެއާ ދެކޮޅަށް މަސައްކަތް ކުރާނެ އައު ޕްލޭނެއް އެމެރިކާއިން އިއުލާންކޮށްފި

22 ޑިސެމްބަރު 2021 | ބުދަ 09:29

1000ށް ވުރެ ގިނަ އަސްކަރީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިން ވަނީ ނެރެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ޑިސެމްބަރު 2021 | ބުދަ 09:29
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ނުޖަހާ ތިބުމުގެ ސަބަބުން އޮމިކްރޯންގެ ކޭސްތައް އެމެރިކާގައި އިތުރުވެފައިވާތީ، އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތުގެ އައު ޕްލޭނެއް އެމެރިކާއިން އިއުލާންކޮށްފިއެވެ.

މި ޕްލޭން އިއުލާންކުރެއްވީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއެވެ. އެގޮތުން ވެކްސިން ޖެހުން އިތުރުކޮށް ޓެސްޓްކުރުމުގެ ކަންކަން އިތުރުކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން އޮމިކްރޯންއާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ގޭގައި ތިބެގެން ކޮވިޑްގެ ޓެސްޓް ހަދާލެވޭ އިންތިޒާމް އަންނަ ޖެހުއަރީން ފެށިގެން ހަމަޖެހިގެންދާނެ ކަމަށެވެ.

ބައިޑެން ވަނީ ވެކްސިން ނުޖަހާ ތިބި ފަރާތްތަކަށް އިންޒާރެއް ވެސް ދެއްވާފައެވެ. ބައިޑެން ވިދާޅުވީ މިކަމުގައި ކަންބޮޑުވާންވީ ބޮޑު ސަބަބެއްވާ ކަމަށެވެ. މީގެ އިތުރުން ކްރިސްމަސް އަދި އައު އަހަރާ ގުޅިގެން އަންނަ ބަންދުތަކުގައި އެއްވެގެން ހަރަކާތްތައް ބޭއްވޭނީ ހަމައެކަނި ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިޑެން ވިދާޅުވީ މިއީ 2020 ވަނަ އަހަރުގެ މާޗް މަސް ނޫން ކަމަށާއި، މިހާތަނަށް 200 މިލިއަން މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި އެމެރިކާ އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

ބައިޑެން ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ އެމެރިކާގައި އޮމިކްރޯންގެ ކޭސްތައް ފެންނަން ފަށައި، ސިއްހީ މާހިރުންގެ ކަންބޮޑުވުންތަކާއެކު ބައެއް ސިޓީތަކުގައި އާންމުންގެ ރައްކަލަކަށް ހަރުކަށި ފިޔަވަޅުތައް އަޅައި ވެކްސިނަކީ މަޖްބޫރު އެއްޗެއްގެ ގޮތުގައި ކަނޑައަޅާފައިވަނިކޮށެވެ.

ބައިޑެން ވިދާޅުވީ ވެކްސިން ނުޖަހާ ތިބި މީހުންގެ ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކީ މިކަމުގެ ނުރައްކާ ބޮޑު މީހެއް ކަމަށާއި، ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭއިރު ބަލީގައި މަރުވަމުންދާ ކަމަށެވެ. އަދި ވެކްސިނާ ދެކޮޅުކަން ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވެކްސިން ފުރިހަމަ ކުރައްވާފައިވާ ކަމަށް ބައިޑެން ވިދާޅުވިއެވެ.

އަންގާރަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުން އެމަރޖެންސީ މެނޭޖްމަންޓް އެޖެންސީން ވެކްސިން ޖަހާނެ އިތުރު ސެންޓަރުތަކާއި ޓެސްޓް ކުރާނެ ކްލިނިކްތައް ވަނީ ހުޅުވާފައެވެ. ވަކިން ހާއްސަކޮށް ކޮވިޑް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ނިއުޔޯކް ސިޓީގައި ވެސް ހާއްސަ ސަމާލުކަމެއް ދެވިގެން މިކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި މި މަސައްކަތުގައި 1000ށް ވުރެ ގިނަ އަސްކަރީ ޑޮކްޓަރުންނާއި، ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިން ނެރެފައިވެއެވެ. އެމީހުން އެހީތެރިވެދޭނީ ކޭސްތަކުގެ ލޯޑް ގިނަ ހޮސްޕިޓަލްތަކުގައެވެ.

އެމެރިކާކޮވިޑް-19އޮމިކްރޯން ވޭރިއަންޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް