Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓޮރޭސް ބާސާއަށް ބަދަލުވުން

ބާސާއާއެކު ފެރާން ޓޮރޭސް އެއްބަސްވުމަކަށް

ޓޮރޭސް ސިޓީއަށް ބަދަލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2021 | އަންގާރަ 13:44
ސިޓީއަށް ކުޅެމުން އަންނަ ސްޕެއިނުގެ ފޯވާޑް ފެރާން ޓޮރޭސް

ސިޓީއަށް ކުޅެމުން އަންނަ ސްޕެއިނުގެ ފޯވާޑް ފެރާން ޓޮރޭސް

ބާސެލޯނާއަށް ބަދަލުވާން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ސްޕެއިނުގެ ޒުވާން ފޯވާޑް ފެރާން ޓޮރޭސް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން ވެލެންސިއާއަށްވެސް ކުޅުނު އުމުރުން 21 އަހަރުގެ ޓޮރޭސް ސިޓީއަށް ބަދަލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހު 23 މިލިޔަން ޔޫރޯގެ ފީއަކަށެވެ. އެ ފަހަރު އޭނާ ވަނީ ސިޓީއާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓޮރޭސް ބާސާގެ އައު ކޯޗު ޒަވީ ހެނާންޑޭޒް ފާރަލަމުން އަންނަ ކުޅުންތެރިއެކެވެ. އެއާއެކު ޓޮރޭސްގެ ޓްރާންސްފާއާ ގުޅޭ ގޮތުން މި މަހުގެ ކުރީކޮޅު ސިޓީ އާއި ބާސާއިން މަޝްވަރާކޮށްފައިވާއިރު، ބާސާއަށް ބަދަލުވާން ޓޮރޭސް ،މިހާރު އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އަދި ސިޓީން ޓޮރޭސް ވިއްކާނީ 40 މިލިޔަން ޔޫރޯގެ ފީއަކަށް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް ޖެނުއަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި ޓޮރޭސް ގަތުމަށް ބާސާއިން ބިޑުކުރާނެއެވެ.

ބާސާއިން ފޯވާޑެއް ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު، މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެ ޓީމުން ވަނީ މީގެ ކުރިން ސިޓީއަށް ކުޅުނު އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ގެނެސްފައެވެ. އެކަމަކު ދާދި ފަހުން ހިތުގެ މައްސަލަތަކެއް ފާހަގަވެގެން އަގުއޭރޯ ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލާފައެވެ.

ބާސާއިން ޓޮރޭސް ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު، ސްޕެއިންގެ ގައުމީ ޓީމާއެކު މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައިވެސް ކުޅެފައިވާ ޓޮރޭސްއަކީ ވެލެންސިއާގެ ޔޫތު އެކަޑަމީގެ އުފެއްދުމެކެވެ. އަދި އޭނާ ވަނީ ވެލެންސިއާއާއެކު ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ސިޓީއަށް ބަދަލުވެ އެ ޓީމަށް ކުޅެދިން 43 މެޗުގައި 16 ލަނޑު ޓޮރޭސް ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ސިޓީއާއެކު މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު އަދި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައެވެ.

ފެރާން ޓޮރޭސްބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު