Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯޑެން އާއި ގްރީލިޝްގެ މައްސަލަ

ފޯޑެން އާއި ގްރީލިޝްއަށް ގާޑިއޯލާގެ އިންޒާރެއް

ނިއުކާސަލް މެޗުގައި އެ ދެ ކުޅުންތެރިން ބޭނުންކޮށްފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2021 | އަންގާރަ 13:29
ސިޓީގެ ޒުވާން ދެ ތަރިން ކަމުގައިވާ ފިލް ފޯޑެން އާއި ޖެކް ގްރީލިޝް

ސިޓީގެ ޒުވާން ދެ ތަރިން ކަމުގައިވާ ފިލް ފޯޑެން އާއި ޖެކް ގްރީލިޝް

އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނާތީ ކުލަބުތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފުވި މައްސަލައިގައި މެންޗެސްޓާ ސިޓީގެ ޒުވާން ދެ ތަރިން ކަމުގައިވާ ފިލް ފޯޑެން އާއި ޖެކް ގްރީލިޝްއަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އިންޒާރުދީފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި މަހުގެ 15 ވަނަ ދުވަހު ލީޑްސް ޔުނައިޓެޑް އަތުން 0-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސިޓީ މޮޅުވި މެޗަށްފަހު ފޯޑެން އާއި ގްރީލިޝް ބޭރުތެރޭގައި އުޅުނު ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. އެއާއެކު މިދިޔަ އާދީއްތަ ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑް އަތުން  4-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވި މެޗުގައި އެ ދެ ކުޅުންތެރިން ބޭނުންކޮށްފައެއް ނުވެއެވެ.

އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ އެ މެޗުގައި އެ ދެ ކުޅުންތެރިން ބެންޗުގައި ބޭތިއްބީ ކުޅުންތެރިންގެ ފަރާތުން ފެނުނު އަޚުލާގީ މައްސަލައެއްގައި ކަމަށެވެ. އަދި އެ މައްސަލަ އަޅާނުލައި ދޫކޮށްނުލާނެ ކަމަށާއި، އެގޮތުން ލީގުންނާއި ކުލަބުން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުނުކުރާ މައްސަލަތައް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހިއްޖެ ނަމަ އަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަޚުލާގީ މައްސަލައެއްގައި ފޯޑެން އާއި ގްރީލިޝްއަށް ގާޑިއޯލާގެ އިންޒާރެއް ލިބުނުއިރު، މީގެ ކުރިން މިދިޔއަ އަހަރުގެ ސެޕްޓެމްބަރު މަހު އައިސްލެންޑްގެ ކަރަންޓީން ގަވާއިދުތަކާ ޚިލާފުވުމުން އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުންވެސް ފޯޑެން ވަނީ އެ ފަހަރު ބޭރުކޮށްފައެވެ.

ކޮވިޑާ ގުޅިގެން ކުލަބުތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފުވި މައްސަލައެއްގައި ފޯޑެން އާއި ގްރީލިޝްއަށް އިންޒާރުދިންއިރު، ޕްރިމިއާ ލީގުގެ ކުލަބުތަކުގައި ކޮވިޑުގެ ކޭސްތައް އިތުރުވެ މިދިޔަ ހަފުތާ ބަންދުގައި ކުޅެން ތާވަލުކޮށްފައި ހުރި ގިނަ މެޗުތަކެއް ވަނީ ފަސްކޮށްފައެވެ.

ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ސިޓީން ވަނީ ނިއުކާސަލް ބަލިކޮށް ތާވަލުގެ އެއްވަނައިގައި ސިޓީން ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން ކުޅުނު 18 މެޗުން އެ ޓީމަށް ވަނީ 44 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް ލިވަޕޫލަށް 18 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޗެލްސީއަށް 18 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. ލީގުގައި ސިޓީން ދެން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ. އެރޭ އަމިއްލަ ދަނޑުގައި ސިޓީ ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.

ފިލް ފޮޑެންޖެކް ގްރީލިޝްމެންޗެސްޓަރ ސިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު