Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނބުރުދޫ ދަނޑު

ސަޅިބައިސާކެނޑި ދަނޑު، މެމްބަރު ތޯރިގަކަށް ނޭޅުނު!

2020 ވަނަ އަހަރު ދަނޑު ނޭޅިއްޖެނަމަ ތޯރިގުގެ އަމިއްލަ ޚަރަދުގައި އަޅައިދޭނެކަމަށް ވިދާޅުވި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 20 ޑިސެމްބަރު 2021 | ހޯމަ 07:05
ކުނބުރުދޫގައި އަޅައިދިނުމަށް ވައުދުވީ ފުޓްބޯޅަ ދަނޑު މެމްބަރު ތޯރިގަށް އަޅައިނުދެވުނު

ކުނބުރުދޫގައި އަޅައިދިނުމަށް ވައުދުވީ ފުޓްބޯޅަ ދަނޑު މެމްބަރު ތޯރިގަށް އަޅައިނުދެވުނު

އދ. ކުނބުރުދޫގައި ފުޓްބޯޅަ ދަނޑެއް އަޅައިދޭނެކަމަށް ވައުދުވެ ސަޅިބާސާކެނޑި ނަމަވެސް މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގަކަށް އެކަމެއް ނުކޮށްދެވުނެވެ.

ކުރީގެ ރައީސް ޔާމީނުގެ އަރިހުގައި 2019 ވަނަ އަހަރު ކުނބުރުދޫއަށް ކުރެއްވި ދަތުރެއްގައި އެ ދާއިރާގެ މަޖިލިސް މެމްބަރު ތޯރިގު ވަނީ 2020 ވަނަ އަހަރުގެ ބަޖެޓުގައި އެ މަސައްކަތް ހިމަނައިގެން ކޮށްދޭނެކަމަށް ވިދާޅުވެފައެވެ. އަދި 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ މަސައްކަތް ނުކުރެވިއްޖެ ނަމަ 2020 ވަނަ އަހަރު ތޯރިގުގެ އަމިއްލަ ބަޖެޓުން ކުނބުރުދޫގައި ފުޓްބޯޅަ ދަނޑެއް އަޅައިދޭނެކަމަށް ވައުދުވެވަޑައިގަތެވެ.

Advertisement - newsAdvertisement

2020 ވަނަ އަހަރުގެ ބަޖެޓުގައި ކުނބުރުދޫގެ ދަނޑު ހެދުމަށް ބަޖެޓް ކުރެވުނު ނަމަވެސް ކޮވިޑްގެ ސަބަބުން މި ސަރުކާރަށް އެކަން ކޮށްދެވޭގޮތެއް ނުވިއެވެ. ހަމަ އެފަދައިން މެމްބަރު ތޯރިގަށް ވެސް އެކަންތައް ނިންމައި ނުދެވުނީ ކޮވިޑުގެ ސަބަބުންނެވެ. ކުނބުރުދޫ ދަނޑުގެ މަސައްކަތް 2020 ވަނަ އަހަރު ނުނިމުމުން މި އަހަރުގެ ބަޖެޓުގައި ވެސް އެ މަސައްކަތް ހިމަނާފައިވެއެވެ.

މި އަހަރު ނިމުމަކާ ގާތްވިއިރުު ވެސް އެދަނޑު ހެދިފައި ނުވާތީ ކުނބުރުދޫގެ ޒުވާނުން އަންނަނީ އެކަމާ ކަނބޮޑުވުން ފާޅުކޮށް ޝަކުވާ ކުރަމުންނެވެ. އަދި މެމްބަރު ތޯރިގު ހަދައިދޭން ބުނި ދަނޑު ހަދައިދިނުމަށް އެރަށު ރައްޔިތުން އެތައް ފަހަރެއްގެ މަތިން ތޯރިގާ މަޝްވަރާކުރިއެވެ.

އެންމެ ފަހުން މެމްބަރު ތޯރިގު އަޅައިދޭނެކަމަށް ވިދާޅުވި ދަނޑު ސަޅިބައިސާއަށް ވެފައިވަނިކޮށް މި ސަރުކާރުން މިހާރު ވަނީ ކުނބުރުދޫގެ ދަނޑު ހެދުމަށް ކުންފުންޏަކާ ހަވާލުކޮށްފައެވެ. އަދި މި މަސައްކަތުގެ އެއްބަސްވުމުގައި މި އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

މިކަމާ ގުޅިގެން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މެމްބަރު ތޯރިގު ވިދާޅުވީ އަދިވެސް ސަރުކާރުން މި ދަނޑު ނުނިންމައިފި ނަމަ ތޯރިގުގެ މަސައްކަތުން އެ ދަނޑު ހަދައިދޭނެ ކަމަށެވެ.

ކުނބުރުދޫގެ ފުޓްބޯޅަ ދަނޑު ނުހެދި، ދާއިރާގެ މެމްބަރުގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ދަނޑު ހަދައިދިިނުމަށްވީ ވައުދު ނުފުއްދުމުން އެރަށު ރައްޔިތުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި ތޯރިގަކީ އާންމުކޮށް މަޖިލީހަށް ހާޒިރުވާ މެމްބަރެއް ނޫންކަން ފާހަގަކޮށް، އެ ރަށުގެ ޒުވާނުން ބުނީ ދަނޑުގެ އަޕްޑޭޓް ހޯދުމަށް ގުޅުމުން ވެސް ތޯރިގު ފޯނު ނުނަގާކަމަށެވެ.

އދ.ކުނބުރުދޫއަޙްމަދު ޠާރިޤް

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2025

ކުނބުރުދޫގައި ރައީސް ހުޅުވައި ދެއްވި ފުޓުބޯޅަ ދަނޑަކީ ކުރީ ސަރުކާރުގެ މަޝްރޫއެއް

09 އޮކްޓޯބަރު 2025
ކުނބުރުދޫގައި ރައީސް ހުޅުވައި ދެއްވި ފުޓުބޯޅަ ދަނޑަކީ ކުރީ ސަރުކާރުގެ މަޝްރޫއެއް
08 އޮކްޓޯބަރު 2025

ޖެއްސެވި ޕެނަލްޓީ އާއެކު ބޯޅަ އަށް ވުރެ ބާރަށް ރައީސް މުއިއްޒުގެ ބޫޓު ކޮޅު ވިއްސައިގެން ހިނގައްޖެ

08 އޮކްޓޯބަރު 2025
ޖެއްސެވި ޕެނަލްޓީ އާއެކު ބޯޅަ އަށް ވުރެ ބާރަށް ރައީސް މުއިއްޒުގެ ބޫޓު ކޮޅު ވިއްސައިގެން ހިނގައްޖެ
06 ސެޕްޓެމްބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފުލުހަކު ވަޒީފާއިން ވަކިކޮށްފި

06 ސެޕްޓެމްބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފުލުހަކު ވަޒީފާއިން ވަކިކޮށްފި
24 ޖުލައި 2024

މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތް ކުރަން ކުރަންހުރި މަސައްކަތް އަދިވެސް މަދެއްނޫން - ޓޮމް

24 ޖުލައި 2024
މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތް ކުރަން ކުރަންހުރި މަސައްކަތް އަދިވެސް މަދެއްނޫން - ޓޮމް
18 މާރިޗު 2024

އެފްއޭއެމްގައި އޮތީ މުޅިން ވެސް ފޮރުވުން! ކީއްވެ؟

18 މާރިޗު 2024
އެފްއޭއެމްގައި އޮތީ މުޅިން ވެސް ފޮރުވުން! ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު