Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭރަށްހިނގުން އިތުރުވުން

ކުނބުރުދޫގައި ބޭރަށްހިނގުން އިތުރުވެ، ހެލްތު ސެންޓަރު ފުރިފައި

ހެލްތު ސެންޓަރު ފުރުމުގެ ސަބަބުން ބައެއް މީހުން ކޮރިޑޯގައި ބޭއްވި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 21 ޖެނުއަރީ 2022 | ހުކުރު 12:35
ކުނބުރުދޫ ހެލްތު ސެންޓަރުގައި ޖާގައިގެ ދަތިކަން ދިމާވެ، ސެންޓަރުގެ ކޮރިޑޯގައި މީހަކު ބާއްވާފައި

ކުނބުރުދޫ ހެލްތު ސެންޓަރުގައި ޖާގައިގެ ދަތިކަން ދިމާވެ، ސެންޓަރުގެ ކޮރިޑޯގައި މީހަކު ބާއްވާފައި

އދ. ކުނބުރުދޫގައި ބޭރަށްހިނގުމާއި ހުމުގެ ރޯގާ އިތުރުވެ، ހެލްތު ސެންްޓަރު ފުރުމުގެ ސަބަބުން ޚިދުމަތްތައް ދިނުމުގައި ދަތިތަކެއް ކުރިމަތިވެއްޖެއެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުނބުރުދޫ ހެލްތު ސެންޓަރުގެ ޒިންމާދާރު ވެރިޔާ މަރިޔަމް ވަރުދާ ވިދާޅުވީ އެރަށުގައި ބޭރަށްހިނގުމާއި ހުމުގެ ރޯގާ އިތުރުވެ ގިނަ ބަޔަކު ފަރުވާ ހޯދުމަށް ހެލްތު ސެންޓަރަށް އަންނަމުންދާތީ ސެންޓަރު ފުރިފައިވާ ކަމަށެވެ. އެގޮތުން ސެންޓަރު ފުރުމުގެ ސަބަބުން ބައެއް މީހުން ކޮރިޑޯގައި އެޑްމިޓްކޮށްފައިވާ ކަމަށްވެސް ވަރުދާ ވިދާޅުވިއެވެ. މީގެ އިތުރުން ސެންޓަރުގައި ހުރީ އެންމެ ޑޮކްޓަރަކާއި ދެ ނަރުހުންކަން ފާހަގަކޮށް ވަރުދާ ވިދާޅުވީ އެއް ނަރުހަކުވެސް މި ބަލީގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކުނބުރުދޫ ހެލްތު ސެންޓަރުގައި މީހުން އެޑްމިޓް ކުރެވޭނެ މިހާރު ހުރީ އެންމެ ތިން އެނދެވެ. ގިނަ ބަޔަކު ބަލިވެގެން ފަރުވާ ހޯދުމަށް ސެންޓަރަށް ދާންފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެންނެވެ. ފަރުވާ ހޯދަންދާ މީހުން ގިނަވެ، އެޑްމިޓުކުރާނެ ޖާގަ ނެތިގެން ބައެއް މީހުންނަށް ބޭސް ދީފައި އަންނަނީ ގެއަށް ފޮނުވަމުންނެވެ. އަދި ޖާގައިގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށްޓަކައި ބެލެނިވެރިންގެ ހުއްދައާއެކު އެއް ގެއެއްގައި ދިރިއުޅޭ ދެކުދިން އެއް އެނދެއްގައި އެޑްމިޓްކުރިކަމަށްވެސް ވަރުދާ ވިދާޅުވިއެވެ.

މީގެ ކުރިން 2020 ވަނަ އަހަރުގައިވެސް އެރަށުގައި ބޭރަށް ހިނގުން ގިނަވެ ގިނަ ބަޔަކު ވަނީ ހެލްތު ސެންޓަރުގައި އެޑްމިޓްކޮށްފައެވެ. އަދި ސެންޓަރުގައި މީހުން އެޑްމިޓްކުރާނެ ޖާގަނެތުމުގެ މައްސަލަ އެފަހަރުވެސް ކުރިމަތިވިއެވެ. އެފަހަރުގެ ބަލިމަޑުކަމުގައި އެއަތޮޅުގެ ހޮސްޕިޓަލުން ވަނީ އިތުރު ވަސީލަތްތައް އެރަށަށް ފޯރުކޮށްދީފައެވެ.

ރަށުގައި ހަލުވިކަމާއެކު ބޭރަށް ހިނގުމާއި ހުމުގެ ރޯގާ އިތުރުވަމުން އަންނައިރު، މި ބަލިމަޑުކަން ފެތުރެން ފެށިފަހުން އެރަށުގައި ކޮވިޑުގެ ކޭހެއް ފެނިފައެއް ނުވެއެވެ.

އދ.ކުނބުރުދޫބޭރަށް ހިންގުމާއި ހޮޑުލުން

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2025

ކުނބުރުދޫގައި ރައީސް ހުޅުވައި ދެއްވި ފުޓުބޯޅަ ދަނޑަކީ ކުރީ ސަރުކާރުގެ މަޝްރޫއެއް

09 އޮކްޓޯބަރު 2025
ކުނބުރުދޫގައި ރައީސް ހުޅުވައި ދެއްވި ފުޓުބޯޅަ ދަނޑަކީ ކުރީ ސަރުކާރުގެ މަޝްރޫއެއް
08 އޮކްޓޯބަރު 2025

ޖެއްސެވި ޕެނަލްޓީ އާއެކު ބޯޅަ އަށް ވުރެ ބާރަށް ރައީސް މުއިއްޒުގެ ބޫޓު ކޮޅު ވިއްސައިގެން ހިނގައްޖެ

08 އޮކްޓޯބަރު 2025
ޖެއްސެވި ޕެނަލްޓީ އާއެކު ބޯޅަ އަށް ވުރެ ބާރަށް ރައީސް މުއިއްޒުގެ ބޫޓު ކޮޅު ވިއްސައިގެން ހިނގައްޖެ
06 ސެޕްޓެމްބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފުލުހަކު ވަޒީފާއިން ވަކިކޮށްފި

06 ސެޕްޓެމްބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފުލުހަކު ވަޒީފާއިން ވަކިކޮށްފި
17 ޖެނުއަރީ 2022

ކުނބުރުދޫގައި ދަނޑުވެރިކަމާ ބެހޭ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

17 ޖެނުއަރީ 2022
ކުނބުރުދޫގައި ދަނޑުވެރިކަމާ ބެހޭ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދަނީ
07 ޖެނުއަރީ 2022

ބޭރަށް ހިންގުމާއި ހޮޑުލުން: ފުރާނައަށް ނުރައްކާ ރޯގާއެއް

07 ޖެނުއަރީ 2022
ބޭރަށް ހިންގުމާއި ހޮޑުލުން: ފުރާނައަށް ނުރައްކާ ރޯގާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު