Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނޑުވެރިކަމާއި ބެހޭ ތަމްރީން ޕްރޮގްރާމް

ކުނބުރުދޫގައި ދަނޑުވެރިކަމާ ބެހޭ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

މި ތަމްރީނު ޕްރޮގްރާމްގެ މުއްދަތަކީ 10 ދުވަސްކަމަށާއި ފުރުޞަތު ދެވޭނީ ފުރަތަމަ ނަންނޯޓް ކުރާ 40 ފަރާތައްކަމަށް ކައުންސިލުން ބުނޭ

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 17 ޖެނުއަރީ 2022 | ހޯމަ 06:04
އދ.ކުނބުރުދޫ

އދ.ކުނބުރުދޫ

އދ. ކުނބުރުދޫގައި ދަނޑުވެރިކަމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައި އެޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ކުނބުރުދޫ ކައުންސިލުން ބުނި ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެން އަންނަ ފެބްރުއަރީ މަހުގެ ކުރީކޮޅުއެވެ.

Advertisement - newsAdvertisement

އެކައުންސިލުން އިތުރަށް ބުނީ މި ތަމްރީނު ޕްރޮގްރާމްގެ މުއްދަތަކީ 10 ދުވަސްކަމަށާއި، ތަމްރީނު ޕްރޮގްރާމްގެ ޖާގައަކީ ގިނަ ވެގެން 40 ބައިވެރިންކަމަށްވާތީ، ފުރުސަތު ދޭނީ ނަން ނޯޓު ކުރާ ތަރުތީބުންކަމަށެވެ.

ދަނޑުވެރިކަމާބެހޭ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި ކުނބުރުދޫ ކައުންސިލުގައި ނަން ނޯޓު ކުރުމަށް އެކައުންސިލުން ވަނީ އެދިފައެވެ. އަދި ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 20 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ނިޔަލަށް ކަމަށްވެސް ކުނބުރުދޫ ކައުންސިލުން ބުނެއެވެ.

އދ.ކުނބުރުދޫ

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2025

ކުނބުރުދޫގައި ރައީސް ހުޅުވައި ދެއްވި ފުޓުބޯޅަ ދަނޑަކީ ކުރީ ސަރުކާރުގެ މަޝްރޫއެއް

09 އޮކްޓޯބަރު 2025
ކުނބުރުދޫގައި ރައީސް ހުޅުވައި ދެއްވި ފުޓުބޯޅަ ދަނޑަކީ ކުރީ ސަރުކާރުގެ މަޝްރޫއެއް
08 އޮކްޓޯބަރު 2025

ޖެއްސެވި ޕެނަލްޓީ އާއެކު ބޯޅަ އަށް ވުރެ ބާރަށް ރައީސް މުއިއްޒުގެ ބޫޓު ކޮޅު ވިއްސައިގެން ހިނގައްޖެ

08 އޮކްޓޯބަރު 2025
ޖެއްސެވި ޕެނަލްޓީ އާއެކު ބޯޅަ އަށް ވުރެ ބާރަށް ރައީސް މުއިއްޒުގެ ބޫޓު ކޮޅު ވިއްސައިގެން ހިނގައްޖެ
06 ސެޕްޓެމްބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފުލުހަކު ވަޒީފާއިން ވަކިކޮށްފި

06 ސެޕްޓެމްބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފުލުހަކު ވަޒީފާއިން ވަކިކޮށްފި
21 ޖެނުއަރީ 2022

ކުނބުރުދޫގައި ބޭރަށްހިނގުން އިތުރުވެ، ހެލްތު ސެންޓަރު ފުރިފައި

21 ޖެނުއަރީ 2022
ކުނބުރުދޫގައި ބޭރަށްހިނގުން އިތުރުވެ، ހެލްތު ސެންޓަރު ފުރިފައި
20 ޑިސެމްބަރު 2021

ސަޅިބައިސާކެނޑި ދަނޑު، މެމްބަރު ތޯރިގަކަށް ނޭޅުނު!

20 ޑިސެމްބަރު 2021
ސަޅިބައިސާކެނޑި ދަނޑު، މެމްބަރު ތޯރިގަކަށް ނޭޅުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު