Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އދ.ކުނބުރުދޫ

ކުނބުރުދޫގައި ރައީސް ހުޅުވައި ދެއްވި ފުޓުބޯޅަ ދަނޑަކީ ކުރީ ސަރުކާރުގެ މަޝްރޫއެއް

ކުނބުރުދޫގެ ބޮޑު ފުޓުބޯޅަ ދަނޑު ޤާއިމު ކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ހަވާލު ކޮށްފައި ވަނީ ނެގާއި އިންވެސްޓްމަންޓާ އެވެ. އޭރުގެ ކުޅިވަރު ވުޒާރާ އާއި އެ ކުންފުންޏާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2025 | ބުރާސްފަތި 06:02
ރައީސް މުޢިއްޒު ކުނބުރުދޫގެ ފުޓުބޯޅަ ދަނޑު ހުޅުވައި ދެއްވަނީ

ރައީސް މުޢިއްޒު ކުނބުރުދޫގެ ފުޓުބޯޅަ ދަނޑު ހުޅުވައި ދެއްވަނީ

އދ.ކުނބުރުދޫގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހުޅުވައި ދެއްވި ބޮޑު ފުޓުބޯޅަ ދަނޑަކީ ކުރީ ސަރުކާރުގެ މަޝްރޫއެއް ކަމަށް ހާމަވެއްޖެ އެވެ.

އދ.އަތޮޅުގެ ރަށްތަކަށް ރައީސް މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި ބުދަ ދުވަހު ވަނީ ކުނބުރުދޫ އަށް ވަޑައިގެން އެ ރަށުގެ ބޮޑު ފުޓުބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައި ދެއްވައިފަ އެވެ. މި މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއެކެވެ.

ކުނބުރުދޫގެ ބޮޑު ފުޓުބޯޅަ ދަނޑު ޤާއިމު ކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ހަވާލު ކޮށްފައި ވަނީ ނެގާއި އިންވެސްޓްމަންޓާ އެވެ. އޭރުގެ ކުޅިވަރު ވުޒާރާ އާއި އެ ކުންފުންޏާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު އެވެ.

އެއީ ކުރީގެ ރައީސް އިބޫގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބޮޑު ފުޓުބޯޅަ ދަނޑުތައް ޤާއިމު ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައިރު، އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. ނަމަވެސް މި ސަރުކާރުން ވަނީ ފަހުން އެ މަޝްރޫއު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ ހަވާލު ކޮށްފަ އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން އެ މަޝްރޫއު އާރުޑީސީއާ ހަވާލު ކޮށްފައި ވަނީ ނުނިމި ހުރި ކުޅިވަރު މަޝްރޫއުތައް ނިންމުމުގެ ދަށުން ކަމަށް ބުނެ އެވެ. އެގޮތުން ކުނބުރުދޫ ފުޓުބޯޅަ ދަނޑުގެ ނުނިމި ހުރި މަސައްކަތް ކުރުމަށް އާރުޑީސީއާ ހަވާލު ކޮށްފައި ވަނީ 4،900،741.92 (ހަތަރު މިލިއަން ނުވަ ލައްކަ، ހަތް ސަތޭކަ ސާޅީސް އެއް ރުފިޔާ ނުވަދިހަ ލާރި) އަށެވެ.

ކުރީގެ ރައީސް އިބޫގެ ސަރުކާރު ނިމުނުއިރު ވެސް ކުނބުރުދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ދިޔައީ ކުރިއަށެވެ. އަދި އެ ދަނޑުގެ މަސައްކަތުގެ ބޮޑު އިންސައްތައެއް އޮތީ ނިންމައިފަ އެވެ. މި ސަރުކާރުން އާރުޑީސީއާ ހަވާލުކުރީ ދަނޑުގެ ސަބް ބޭސް ތައްޔާރުކޮށް، ޓާފު އެޅުމާއި، ދަނޑުގެ ލައިޓިންގެ މަސައްކަތް ކުރުމުގެ އިތުރުން، ފަހުން ދަނޑަށް އިތުރު ކުރި ބައިގެ ވަށާފާރު މަރާމާތު ކުރުމުގެ މަސައްކަތެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން އަންނަނީ ކުރިން ފަށާފައިވާ ކުޅިވަރު މަޝްރޫއު ތަކާއި، ނިންމާފައިވާ މަޝްރޫއުތައް އިފުތިތާހު ކުރަމުންނެވެ. އެގޮތުން ބޮޑު ފުޓުބޯޅަ ދަނޑުތައް ޤާއިމު ކުރުމާއި، އައުޓްޑޯ ވޮލީ ކޯޓުތައް ޤާއިމު ކުރުމާއި، ކުޑަ ކުދިންގެ ޕާކު އަދި އައުޓްޑޯ ޖިމް ޤާއިމު ކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ.

ކުޑަ ކުދިންގެ ޕާކާއި، އައުޓްޑޯ ޖިިމް އަކީ ވެސް ކުރީ ސަރުކާރުން އިންޑިއާ ސަރުކާރުގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން، އެތައް ރަށަކަށް އޭރު ވަނީ ޕާކު އަދި ޖިމް ސާމާނު ވެސް ފޮނުވައިފަ އެވެ.

ކުރީގެ ސަރުކާރުން ކޮށްފައިވާ މިފަދަ މަސައްކަތްތައް ރައީސް މުޢިއްޒު ހުޅުވަމުން ގެންދަވާއިރު، އޭރު ވަޒީރަކަށް ހުންނެވި އަޙުމަދު މަޚްލޫފް ގެންދެވީ އެކަންކަމުގެ ތަފްސީލް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ނަމަވެސް، އެމްޑީޕީ އިން ވަކިވުމަށް ފަހު، މަޚްލޫފް ވަނީ އެފަދަ ޕޯސްޓުތައް ކުުރުން ހުއްޓާލައިފަ އެވެ.

އދ.ކުނބުރުދޫރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު